Roadha Mihaaru
ފްރާންސްގައި ލޮރީއަކުން ޖައްސާ 84 މީހުން މަރު

ފްރާންސްގައި ލޮރީއަކުން ޖައްސާ 84 މީހުން މަރާލައިފި

15 ޖުލައި 2016

ނީސް (ޖުލައި 15) - ފްރާންސްގެ ދެކުނުގެ ސިޓީ ނީސްގައި ބަސްޓީލް ޑޭ ނުވަތަ ގައުމީ ދުވަސް ފާހަގަކުރަން ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށް މީހުންގަނޑު ތެރެއަށް ލޮރީއެއް ވަދެ ޖެއްސުމުން މިހާތަނަށް 84 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލޮރީ ވަދެ ޖައްސާފައި ވަނީ ހަވާ އެރުވުމުގެ ކުޅިވަރުތައް ނިމުމާ އެކު އެވެ. ލޮރީގެ ޑްރައިވަރުގެ ގަޔަށް ބަޑިޖަހާ ވަނީ މަރާލައިފަ އެވެ. އަދި ލޮރީ ތެރޭން އަތު ބޮމާއި ބަޑިތަކެއް ފެނިފައިވެ އެވެ. އޮފިޝަލުން ބުނީ ލޮރީ ވަނީ މީހުންތަކުގެ ތެރޭގައި ދެ ކިލޯ މީޓަރަށް ލޮރީ ދުއްވައިފަ އެވެ.

ލޮރީން ޖެއްސުމުން ޒަޚަމްވި ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން. --ފޮޓޯ:އޭއެފްޕީ

ލޮރީން ޖެއްސުމުން ޒަޚަމްވި ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން. --ފޮޓޯ:އޭއެފްޕީ

ރައީސް ފްރާންސުވާ އޮލެންޑާ ވިދާޅުވީ މިއީ "ޓެރަރިސްޓް ޒާތެއްގެ" ހަމަލާއެއް ކަމަށެވެ. ކުއްލި ހާލަތުގެ މުއްދަތު ތިން މަސް ދުވަހަށް މިހާރު ވަނީ އިތުރު ކުރައްވައިފަ އެވެ.

"ފްރާންސް އަނެއްކާވެސް މިވަނީ އިސްލާމިކް ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައި. މި ބާވަތުގެ ހަމަލާތަކާ ދެކޮޅަށް ފްރާންސަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭނެ،" އޮލެންޑާ ވިދާޅުވި އެވެ.

ހަމަލާ އަށް ފަހު ސިފައިންނާއި ސަލާމަތީ ފަރާތްތަކަށް އެހީވުމަށް ރިޒާވް ސިފައިން ނެރުމަށް ވެސް އޮލެންޑާ ވަނީ ނިންމަވައިފަ އެވެ. ޚާއްސަކޮށް ސަރަހައްދީ ރޮނގު ރަނގަޅަށް ބަލަހައްޓަވާނެ ކަމަށް އޮލެންޑާ ވިދާޅުވި އެވެ.

ލޮރީން ޖެއްސުމުން ޒަޚަމްވި ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލްތަކުން ފަރުވާ ދެމުން. --ފޮޓޯ:އޭއެފްޕީ

ލޮރީން ޖެއްސުމުން ޒަޚަމްވި ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލްތަކުން ފަރުވާ ދެމުން. --ފޮޓޯ:އޭއެފްޕީ

މިދިޔަ ނޮވެމްބަރު މަހު ޕެރިހުގައި ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ފްރާންސްގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެ ފަހަރުގެ ހަމަލާގައި 130 މީހުން މަރުވި އެވެ. ޕެރިހުގެ ހަމަލާއާ ގުޅިގެން އިއުލާންކުރި ކުއްލި ހާލަތުގެ މުއްދަތު ހަމަވާން އޮތީ މި މަހު 26 އަށެވެ.

ލޮރީއެއް ބޭނުންކޮށްގެން ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެ އެވެ. ފްރާންސްގެ ދާޚިލީ ވުޒާރާ އިން ބުނީ މިއީ އެކަކު އަމިއްލަ އަށް ކުރި ކަމެއް ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. ޕްރޮސެކިއުޓަރުން މިހާރު ވަނީ މި މައްސަލަ ތަހުގީގު ކުރަން އެންޓި-ޓެރާ ޔުނިޓަށް ހަވާލުކޮށްފަ އެވެ.

ހަމަލާ އަށް ފަހު ބައެއް މީހުން ބިރުން މަގުތަކުގައި ދުވާ މަންޒަރު ސޯޝަލް މީޑިއާގެ ބައެއް ވީޑިއޯތަކުން ފެނެ އެވެ. އޭއެފްޕީގެ ރިޕޯޓަރަކު ބުނީ ލޮރީ ވައްދާލީ އަވާ އެރުވުމުގެ ކުޅިވަރުތައް ނިމެން އުޅެނިކޮށް ކަމަށެވެ. ބީބީސީގެ ރިޕޯޓަރަކު ބުނީ ލޮރީން ޖެއްސީ ގައުމީ ދުވަހުގެ ކުޅިވަރުތައް ބަލަން އެތައް ހާސް ބަޔަކު ޖަމާވެފައިވަނިކޮށެވެ.

ނީސް އަށް ދިން ހަމަލާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ. ނޭޝަނަލް ސިކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ ނޭޝަނަލް ސެކިއުރިޓީ ޓީމުން ދަނީ ފްރާންސްގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރައީސް އޮބާމާ އަށް ދެއްވަމުން ކަމަށެވެ.

އިނގިރޭސި ވިލާތުގެ އާ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވަނީ ނީސްގެ ހަމަލާގެ ޚަބަރު ލިބުމުން ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.