Roadha Mihaaru
ފްރާންސްގެ ފާދިރީ މަރާލީ ޓެގް އަޅުވާފައި ހުރި މީހެއް

ފްރާންސްގެ ފާދިރީ މަރާލީ ޓެގް އަޅުވާފައި ހުރި މީހެއް

27 ޖުލައި 2016

ޕެރިސް (ޖުލައި 27) - ފްރާންސްގެ އުތުރުގެ ފައްޅިއެއްގެ ފާދިރީގެ ކަރު ކަނޑާލައިގެން މަރާލި ދެ މީހުންގެ ތެރޭގައި ޓެކް އަޅުވާފައި ހުރި މީހަކު ހިމެނޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (ޖުލައި 27) - ފްރާންސްގެ އުތުރުގެ ފައްޅިއެއްގެ ފާދިރީގެ ކަރު ކަނޑާލައިގެން މަރާލި ދެ މީހުންގެ ތެރޭގައި ޓެކް އަޅުވާފައި ހުރި މީހަކު ހިމެނޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕްރޮސެކިއުޓާ ފްރާންސުވާ މޮލިންސް ވިދާޅުވީ އަދަލް ކާމިޗް، 19، ވަނީ ސީރިއާ އަށް ދާން އުޅެނިކޮށް މިދިޔަ އަހަރު ދެ ފަހަރަށް ހިފަހައްޓާފައިވާ ކަމަށެވެ. އަދި މި ހަމަލާ ދިން އިރު އޭނާ އަކީ އިލެކްޓްރޯނިކް ޓެގު އަޅުވައިގެން މޮނިޓާ ކުރަމުން ދިޔަ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްރާންސްގެ ފައްޅިއަކަށް ދެ މީހަކު ވަދެ ވަޅިން ހަމަލާދީ މަރާލި 86 އަހަރުގެ ފާދިރީ. --ފޮޓޯ:އޭއެފްޕީ

ފްރާންސްގެ ފައްޅިއަކަށް ދެ މީހަކު ވަދެ ވަޅިން ހަމަލާދީ މަރާލި 86 އަހަރުގެ ފާދިރީ. --ފޮޓޯ:އޭއެފްޕީ

ކާމިޗް އާއި އެހެން މީހަކު ފައްޅި އަށް ވަނީ ގިނަ ބަޔަކު ހެނދުނުގެ އަޅުކަމަށް ޖަމާވެފައި ވަނިކޮށެވެ. އެ ދެ މީހުން ވަނީ އުމުރުން 86 އަހަރުގެ ފާދިރީ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފަ އެވެ. ފުލުހުން ހަމަލާދީ ވަނީ އެ ދެ މީހުން ވެސް މަރާލައިފަ އެވެ.

މޮލިންސް ވިދާޅުވީ އެ ދެ މީހުން ފައްޅި އަށް ވަނީ އެލްމިނިއަމް ފޮއިލެއްގައި ހުރި ފޭކް ގޮވާ ތަކެތި ހިފައިގެން ކަމަށެވެ. އެ މީހުން ވަނުމާ އެކު ބައެއް މީހުން ވަނީ ފައްޅިތެރޭން ރަހީނުކޮށްފަ އެވެ. އަދި ފައްޅިން ސަލާމަތްވި މީހުން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. ރަހީނުކުރި ބައެއް މީހުން ވަނީ އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކޮށްފަ އެވެ.

ފްރާންސްގެ ފައްޅިއަކަށް ވަދެ ފާދިރީއަކު މަރާލުމާ ގުޅިގެން ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ފްރާންސްގެ ފައްޅިއަކަށް ވަދެ ފާދިރީއަކު މަރާލުމާ ގުޅިގެން ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ފައްޅީގައި ފާދިރީ މަރާލީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

މޮލިންސް ވިދާޅުވީ ފާދިރީ މަރާލި ދެ ވަނަ މީހާއާ ބެހޭ މައުލޫމާތު ފުލުހުން ހޯދަމުންދާ ކަމަށެވެ. ކާމިޗު ވަނީ މިދިޔަ އަހަރުގެ މާޗު މަހު ސީރިއާ އަށް ދާން މަސައްކަތްކޮށްފައި ކަމަށާއި އޭނާ ގެއްލިގެން އާއިލާ އިން ރިޕޯޓް ކުރުމުން ހައްޔަރުކުރީ ބޭބެ އައިޑީ ކާޑު ބޭނުންކޮށްގެން ޖަރުމަނުގައި އުޅެނިކޮށް ކަމަށް މޮލިންސް ވިދާޅުވި އެވެ. އޭގެ ފަހުން ފްރާންސަށް ގެނެސް އޭނާ ހުރީ ޝަރުއީ ބަންދެއްގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ މެއި މަހު ސީރިއާ އަށް ދާން އުޅެނިކޮށް އޭނާ އަތުލައިގަތީ ތުރުކީންނެވެ. މި އަހަރުގެ މާޗު މަހާ ހަމައަށް ކާމިޗް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފަހުން އޭނާ ދޫކޮށްލީ ޓެގް އަޅުވައިފަ އެވެ. އަދި ހަފުތާގެ ބަންދު ދުވަސްތައް ނޫން ދުވަސްތަކުގައި ބޭރަށް ނުކުމެވޭނީ ހެނދުނު 8:00 އިން މެންދުރު 12:30 އަށް ކަމަށް ޝަރުތުކޮށްފައިވެ އެވެ.

ފްރާންސްގެ ފައްޅިއެއްގައި ފާދިރީއަކު މަރާލި ހާދިސާއާ ގުޅިގެން ފުލުުހުން ހިންގާ އޮޕަރޭޝަނުގައި މީހަކު ހައްޔަރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ފްރާންސްގެ ފައްޅިއެއްގައި ފާދިރީއަކު މަރާލި ހާދިސާއާ ގުޅިގެން ފުލުުހުން ހިންގާ އޮޕަރޭޝަނުގައި މީހަކު ހައްޔަރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ފްރާންސުވާ އޮލެންޑާ ވަނީ ގައުމީ އެއްބައިވަންތަކަން މަތީ ރައްޔިތުން ތިބުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށާއި ގައުމުގެ އައްޑަނަ އަކީ ޑޮމޮކްރެސީ ކަމަށް ވިދާޅުވި އެވެ.

ފްރާންސްގެ ނީސްގައި މި މަހު ކުރީކޮޅު ވެސް ވަނީ ގައުމީ ދުވަސް ފާހަގަ ކުރަން ގިނަ ބަޔަކު އެއްވެފައި ވަނިކޮށް ލޮރީއަކުން ޖައްސާ 84 މީހުން މަރާލާ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ. މިދިޔަ ނޮވެމްބަރު މަހު ޕެރިހުގައި ދިން ޓެރަރިސްޓް ހަމަލާގައި ވަނީ 130 މީހުން މަރާލައިފަ އެވެ.