ޑްރަގް މައްސަލައެއްގައި ހިމެނޭ މީހަކު ހޯދަން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ އެޕާޓްމެންޓަށް ފުލުހުން މިއަދު ވަދެއްޖެ އެވެ.
21 ފެބުރުއަރީ 2018
ޑްރަގް މައްސަލައެއްގައި ހިމެނޭ މީހަކު ހޯދަން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ އެޕާޓްމެންޓަށް ފުލުހުން މިއަދު ވަދެއްޖެ އެވެ.
ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފާރިސްގެ ގާތް ބޭފުޅަކު ވިދާޅުވީ ޑްރަގު މައްސަލައެއްގައި ހިމެނޭ މީހަކު ހޯދަން ކަމަށް ބުނެ މ. ސްނޯ ރޯސްގައި ހުންނަ ފާރިސްގެ އެޕާޓްމެންޓަށް ފުލުހުން ވަދެ އިރުތަކެއް ވަންދެން މަޑުކޮށްގެން ތިބި ކަމަށެވެ. ފާރިސްގެ ވަކީލަކު އެ ގެއަށް ގޮސް ސުވާލުކުރުމުން، އެ މީހުން ދިޔައީ ޑްރަގު މައްސަލައެއްގައި ހިމެނޭ މީހަކު ހޯދަން ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާރިސް ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ/މިހާރު
ފާރިސްގެ އެޕާޓްމެންޓަށް ފުލުހުން ދިޔައީ، ޑްރަގު ކޯޓުގެ އަމުރެއް ހިފައިގެންނެވެ. މަސްތުވާތަކެތި ބޭނުންކޮށްގެން ތިން އަހަރަށް ޖަލަށް ލާފައިވާ މީހަކު ހާޒިރުކުރަން ނެރެފައިވާ އަމުރުގައި ޖަހާފައި ވަނީ ކޯރުކެނޑި މަގު، ސްނޯރޯސް އެވެ. އަމުރުގައި އެ ގޭގެ ނަން ލިއެފައި ވަނީ ގަލަމަކުންނެވެ.
އެކަމަކު އެ އަމުރުގައި، ޑްރަގު ކޯޓަށް ހާޒިރުކުރަން ޖެހޭ މީހާ ދިރިއުޅެނީ މ.ސެނަރޯސްގަ އެވެ.
ފާރިސް ތިން ވަނަ ފަހަރަށް ހައްޔަރުކޮށްފައިވާއިރު އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވީ ހައްޔަރު ކޮށް ދޫނިދޫގައި ބަންދުކޮށްފަ އެވެ.
ފަރުވާގެ އެއްބަސްވުމާ ހިލާފުވި މީހާ ތިންއަހަރަށް ޖަލަށް
ބިޑިއަޅުވަން އުޅުމުން ގަދަ ދެއްކި މީހަކަށް އަނިޔާވެއްޖެ
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ފުވައްމުލަކަށް ޑްރަގް އެތެރެކުރަންއުޅުނު މީހަކު ހައްޔަރު
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި