ޑްރަގުން ސަލާމަތްވާން ފަރުވާ ހޯދަން ޝަރުތުކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ފަހު ދޫކޮށްލާފައި ހުއްޓާ މަގުމަތީ މަސްތުވާތަކެތި ވިއްކަނިކޮށް ހައްޔަރުކުރި މީހާގެ ފަރުވާގެ އެއްބަސްވުން އުވާލައި ޖަލު ހުކުމް ތަންފީޒުކުރަން ޑްރަގް ކޯޓުން އަމުރުކޮށްފި އެވެ.
30 މެއި 2023
ޑްރަގުން ސަލާމަތްވާން ފަރުވާ ހޯދަން ޝަރުތުކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ފަހު ދޫކޮށްލާފައި ހުއްޓާ މަގުމަތީ މަސްތުވާތަކެތި ވިއްކަނިކޮށް ހައްޔަރުކުރި މީހާގެ ފަރުވާގެ އެއްބަސްވުން އުވާލައި ޖަލު ހުކުމް ތަންފީޒުކުރަން ޑްރަގް ކޯޓުން އަމުރުކޮށްފި އެވެ.
މި މީހާގެ މައްސަލަ ފެންމަތިވީ މާލޭގެ މަގުމަތީގައި ވަރަށް ފާޅުގައި މަސްތުވާތަކެތި ވިއްކަނިކޮށް މިދިޔަ ފެބްރުއަރީ މަހު އާންމުވި ވީޑިއޯއަކާ އެކުގަ އެވެ. ވީޑިއޯގައި ފެންނަ، މަސްތުވާތަކެތި ވިއްކާ މީހާ އަކީ ޑްރަގް ކޯޓުން ފަރުވާއަށް ޝަރުތުކޮށް ދޫކޮށްލާފައި ހުރި ގއ. ކޮލަމާފުށި، ވަކާރުގެ، އަހުމަދު އުދޭ ސިއްދީގު، 26، އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ހަދާ ފަރުވާގެ އެއްބަސްވުމާ އެކު، އެ މީހެއްގެ މައްޗަށް ސާބިތުވި ކުށުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ޑްރަގް ކޯޓުން އަމުރުކުރާނެ އެވެ. އެކަމަކު އެއްބަސްވުމުގެ ޝަރުތަކާ ހިލާފުވެއްޖެ ނަމަ އެ ހުކުމެއް އަލުން ތަންފީޒުކުރަން ފަށާނެ އެވެ.
ވީޑިއޯގައި ފެންނަ މީހާ ޝަރުތާ ހިލާފްވުމުން ފަރުވާގެ އެއްބަސްވުން އުވާލައި އޭނާގެ ހުކުމް ތަންފީޒުކުރަން ފެށުމަށް ޑްރަގް ކޯޓުން އަންގާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އޭނާގެ މައްޗަށް 2022 ވަނަ އަހަރު ކޮށްފައި އޮތީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެވެ.
ފަރުވާގެ އެއްބަސްވުމާ ހިލާފްވެފައި ވާތީ ޑްރަގް ކޯޓުން މި މަހުގެ 22 ވަނަ ދުވަހު ވަނީ އުދޭގެ ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް އަމުރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އުދޭ މިހާރު ވަނީ ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
އަނިޔާގެ ރިޕޯޓަކާހެދި ވަންއިރު ފެނުނީ 17 ކިލޯ ޑްރަގް
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލަ ފެންމަތިވެއްޖެ
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަކިކުރަނީ
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް މައްސަލައެއްގައި ނިލަންދޫން ނުވަ މީހަކު ހަައްޔަރު
ހަތަރު ކިލޯގެ ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި