Roadha Mihaaru
އިދިކޮޅު އެއްވުން ރޫޅާލައި މަހްލޫފް ހައްޔަރުކޮށްފި

އިދިކޮޅު އެއްވުން ރޫޅާލައި މަހްލޫފް ހައްޔަރުކޮށްފި

22 ފެބުރުއަރީ 2018

އިދިކޮޅު ޕާޓީތަކުން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މިރޭ ފެށި އެއްވުން، ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ހައްޔަރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީތަކުން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މިރޭ ފެށި އެއްވުން، ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ހައްޔަރުކޮށްފި އެވެ.

އެއްވުމުގައި މިރޭ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މަހްލޫފް ހައްޔަރުކުރީ، އެމްޑީޕީގެ ހަރުގެ ތެރޭގައި ހުންނަވަނިކޮށް، ގިނަ އަދަދެއްގެ ފުލުހުން އެތަނަށް ވަދެ އެވެ. އެއްވުމަށް މަހްލޫފް ވަޑައިގަތުމަށް ފަހު، އެތަނުގައި ތިބި މީހުންނަށް މާސްކް ބެއްސެވި އެވެ.

ފުލުހުން އާއްމުކޮށް އަމަލުކުރަމުން އަންނަ އުސޫލުން މިރޭ ވެސް އެއްވުން ރޫޅާލީ، ޕެޕާ ސްޕްރޭ ޖަހައިގެންނެވެ. އެއްވުން ރޫޅާލިތަން ޓީވީތަކުން ލައިވްކުރިއިރު، ހަރުކަށިކޮށް މީހުންނާ ދޭތެރޭ ފުލުހުން އަމަލުކުރި މަންޒަރު ވެސް ފެނުނެވެ.

އިދިކޮޅު ޕާޓީތަކުން ސިލްސިލާކޮށް އެއްވުން މި ބާއްވަނީ އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަން މި މަހު 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގޮވާލަ އެވެ.