Roadha Mihaaru
މުޒާހަރާއަށް ހިތްވަރު ދިން ކަމަށް ބުނެ އިންތި ފޮލިހަށް

ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ހިތްވަރު ދެއްވި ކަމަށް ބުނެ އިންތި ފުލުހަށް

19 މާޗް 2018

ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރައްވާ އިންތި ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު 1:30 އަށް ކަމަށެވެ.

އިންތި ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަ ފަހު، ތަފާތު ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުންތަކެއް ދަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަމުންނެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ރޭވުމާއި އެކަމަށްޓަކައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ތުހުމަތުގައި ވެސް އިދިކޮޅު ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ފުލުހުން މިހާރު ހައްޔަރުކޮށްފައި ވަނީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުﷲ ރިޔާޒެވެ.