Roadha Mihaaru
ފަތާ ޓްރެކް ބީއެމްއެލް އިން ސާފުކޮށްފި

ފަތާ ޓްރެކް ބީއެމްއެލްއިން ސާފުކޮށް، 180 ކިލޯގެ ކުނި ނަގައިފި

24 ފެބުރުއަރީ 2018

މާލޭ ފަތާ ޓްރެކް ސަރަހައްދު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ސާފުކޮށް، އެ ސަރަހައްދުން 180 ކިލޯގެ ކުނި ނަގައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މާލޭ ފަތާ ޓްރެކް ސަރަހައްދު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ސާފުކޮށް، އެ ސަރަހައްދުން 180 ކިލޯގެ ކުނި ނަގައިފި އެވެ.

ގަައުމީ ބޭންކުން އެ ސަރަހައްދު ސާފުކުރީ، ސްވިމިން އެސޯސިއޭޝަނާއި، ޑައިވް ކްލަބް މޯލްޑިވްސް އަދި ޑައިވް ޑެސްކް އާ ގުޅިގެންނެވެ. މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 2 ޖަހަންދެން ކުރިއަށް ގެންދިޔަ ހަރަކާތުގައި އެންމެ ގިނައިން ނެގީ ޕްލާސްޓިކް ފުޅި އާއި ރަބަރު ކޮތަޅު ފަދަ ތަކެއްޗެވެ.

ޑައިވް ކޮށްގެން ޓްރެކް ސަރަހައްދު ސާފު ކުރުމުގައި ބައިވެރިވި ބީއެމްއެލްގެ މުވައްޒަފުންތަކެއް.

ޑައިވް ކޮށްގެން ޓްރެކް ސަރަހައްދު ސާފު ކުރުމުގައި ބައިވެރިވި ބީއެމްއެލްގެ މުވައްޒަފުންތަކެއް.

"މި އިވެންޓުގެ މަގްސަދަކީ ސްވިމިން ޓްރެކަކީ ގިނަ އަދަދެއްގެ މީހުންނާއި، ކުޑަ ކުދިން ބޭނުންކުރާ ތަނަކަށް ވެފައި އެ ސަރަހައްދު ސާފުކޮށް ރީތިކޮށް މުޖްތަމައުއަށް ބޭނުންތެރި ގޮތަކަށް ބޭއްވުން،" ބީއެމްއެލް އިން ބުންޏެވެ.

އެ ސަރަހައްދުން ނެގި ކުނި:

- 250 ދަޅު

- 492 ޕްލާސްޓިކް ފުޅި

- 310 ރަބަރު ކޮތަޅު

- އެއް ކިލޯގެ ސިނގިރޭޓު ފޮށި

- ބިއްލޫރި އާއި ލަކުޑި

ޖުމްލަ 180 ކިލޯގެ ކުނި އެ ސަރަހައްދުން ވަނީ ނަގާފައި.

ޖުމްލަ 180 ކިލޯގެ ކުނި އެ ސަރަހައްދުން ވަނީ ނަގާފައި.

މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ފަށާފައިވާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ތެރެއިން މިއަދު ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގައި ބޭންކްގެ މުވައްޒަފުން ވަނީ ބައިވެރި ވެފަ އެވެ. އަދި ބީއެމްއެލްގެ މުވައްޒަފުން ވަނީ ޑައިވިން އަށް ގޮސްގެން ވެސް އެ ސަރަހައްދުން ކުނި ނަގާފަ އެވެ.

ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލް އިން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.