ބީއެމްއެލްގެ މުވައްޒަފުން މާލޭގެ ސުވިމިން ޓްރެކާއި ހުޅުމާލޭގެ ދެވަނަ ފިޔަަހީގެ ބީޗް ސަރަހައްދު މިއަދު ސާފުކޮށްފި އެވެ.
18 މާޗް 2022
ބީއެމްއެލްގެ މުވައްޒަފުން މާލޭގެ ސުވިމިން ޓްރެކާއި ހުޅުމާލޭގެ ދެވަނަ ފިޔަަހީގެ ބީޗް ސަރަހައްދު މިއަދު ސާފުކޮށްފި އެވެ.
އަންނަ އާދިއްތަ ދުވަހު ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސް" އާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތުގައި ސްވިމިން އެސޯސިއޭޝަނާއި ޑައިވް ކްލަބް މޯލްޑިވްސް އާއި ޑައިވް ޑެސްކް އަދި ޕާލޭ އިން ވެސް ބައިވެރިވި އެވެ.
ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މީގެ ތިން އަހަރު ކުރިން ވެސް ސްވިމިންގް ޓްރެކް ސާފްކުރި ކަމަށާއި އެ ފަހަރާ އަޅާބަލާއިރު މިހާރު އެ ސަރަހައްދު ސާފުކަން ފާހަގަކުރެވުނު ކަމަށެވެ.
ބީއެމްއެލްގެ 80 މުވައްޒަފުން ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވި--ފޮޓޯ:ބީއެމްއެލް
"އަދިވެސް ކޮންމެވެސް ވަރަކަށް ދަޅާއި ޕްލާސްޓިކް ފުޅި މޫދަށް އަޅާފައި ހުންނަ ތަން މި ފެންނަނީ. އަޅުގަނޑުމެންގެ އެދުމަކީ އެންމެހާ ބޭފުޅުން ވެސް މި ތާނގައި ހުންނަ ޑަސްބިން ބޭނުން ކުރެއްވުން. އަދި މޫދަށް ކުނި ނޭޅުން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ މުވައްޒަފުން މިއަދު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ވެސް ސާފުކޮށް، އެ ތަނުން 500 ކިލޯގެ ކުނި ނަގައިފަ އެވެ.
މި ދެ ސަރަހައްދުން 755 ކިލޯގެ ކުނި ނެގި އިރު އޭގެ ތެރެއިން 84 ކިލޯގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ފާލޭއާ ހަވާލުކޮށްފަ އެވެ.
މި ހަރަކާތުގައި ބީއެމްއެލްގެ 80 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިި އެވެ.
"ފޮތް ގާޑިޔާ" ހިޔާކުރަން ބީއެމްއެލްގެ އެހީތެރިކަން
ހުޅުމާލޭގައި ބައިސިކަލް ކުއްޔަށް ދޭ ޕްރޮޖެކްޓެއް
ބީއެމްއެލްގެ އޮފީސް އިމާރާތަށް ހުޅުމާލެ އިން ބިން ދީފި
ބީއެމްއެލްގެ ތިމާވެށި ކެމްޕެއިން 'ޓްރޭޝްޓެގްއެމްވީ'
ބީއެމްއެލުން ހުޅުމާލޭގައި އިތުރު އޭޓީއެމް ބަހައްޓައިފި
ފަތާ ޓްރެކް ބީއެމްއެލް އިން ސާފުކޮށްފި
ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އަށް ހާއްސަ ލައިބްރަރީއެއް
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި