Roadha Mihaaru
ޕިއާނޯ ރައުންޑްގެ ގަދަ 16 ކަށަވަރު، ދެން އޮތީ ގަދަ 12

މޯލްޑިވިއަން އައިޑޮލް: ޕިއާނޯ ރައުންޑްގެ 16 ކަށަވަރުވެއްޖެ، ދެން އޮތީ ގަދަ 12 ހޮވުން

25 ފެބުރުއަރީ 2018

މޯލްޑިވިއަން އައިޑޮލްގެ އަސްލު ފެށުމާ ކައިރިވަމުން އަންނަ އިރު، ތިއޭޓަ ރައުންޑް ނިންމާލައި މިހާރު ވަނީ ޕިއާނޯ ރައުންޑުން 16 ބައިވެރިންނަށް ޖާގަ ކަށަވަރުވެފަ އެވެ. ހަފުތާ ބަންދުގައި ތިއޭޓަ ރައުންޑް ނިންމައިލީ 33 ބައިވެރިންގެ ހުށަހެޅުންތަކަށް ފަހު އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލްގެ އަސްލު ފެށުމާ ކައިރިވަމުން އަންނަ އިރު، ތިއޭޓަ ރައުންޑް ނިންމާލައި މިހާރު ވަނީ ޕިއާނޯ ރައުންޑުން 16 ބައިވެރިންނަށް ޖާގަ ކަށަވަރުވެފަ އެވެ. ހަފުތާ ބަންދުގައި ތިއޭޓަ ރައުންޑް ނިންމައިލީ 33 ބައިވެރިންގެ ހުށަހެޅުންތަކަށް ފަހު އެވެ.

ރޭ ޓީވީއެމުން ތިއޭޓަ ރައުންޑްގެ ދެވަނަ ޝޯއިން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ ހަތަރު ބައިވެރިއަކު ގަދަ 16 އިން ޖާގަ ހޯދީ ސޯލޯކޮށް ލަވަ ހުށަހަޅައިގެން ގޯލްޑެން މައިކާ ވެސް އެކުގައި ކަމެވެ. އެއީ އޯޕަން އޮޑިޝަނުގައި ގޯލްޑެން މައިކް ހޯދި ހަމައެކަނި ބައިވެރިޔާ ސައިނާ މުހައްމަދު ރަޝީދާއި ހަސަން ޝަހްދާން، އިބްރާހީމް ޝަމީލް އަދި ރައިހާން އާދަމެވެ.

މި ރައުންޑުން ޖާގަ ހޯދި އަނެއް 12 ބައިވެރިންނަކީ އިޝާން، މައިޝާ، ސަލްވާ، ނިޝްފާ، އަޒަލް، ނާޒިހް، މުރްޝިދު، ނައުޝާދު، ޝާން، ތަސްލީމް، އިޝާމް އަދި މުނާޒެވެ.

މޯލްޑިވިއަން އައިޑޮލް 3 ގެ ޕިއާނޯ ރައުންޑަށް ހޮވުނު 16 ބައިވެރިން.

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ކުރިއަށް އޮތް ދެ ޝޯ ނިމޭއިރު ގާލާ ރައުންޑުން ހޮވޭ 12 ބައިވެރިން ކަށަވަރުވާނެ އެވެ. އައިޑޮލްގެ ބޮޑު ދަތުރު ފެށޭނީ އަސްލު އެ ހިސާބުންނެވެ.

މި ފަހަރު އައިޑޮލްގެ ޖަޖުންގެ ތެރޭގައި ހިމެނެނީ އަލަށް ޕެނަލާ ގުޅުނު ޒާރާ މުޖުތަބާއާ އެކު، ކުރީގެ ޖަޖުން ކަމަށްވާ އިސްމާއީލް އައްފާނާއި މަރިޔަމް އުނޫޝާ (ކިޑީ) ގެ އިތުރުން އަހުމަދު އިބްރާހީމް (އަންމަޑޭ) އެވެ.

ތިއޭޓަ ރައުންޑްގައި ޝަހްދާން ލަވަ ކިޔަނީ.

ޝޯގެ ދެ ހޯސްޓުންނަކީ މޫސާ ވަސީމާއި ޝައިނާ ޝަރީފެވެ.

މޯލްޑިވިއަން އައިޑޮލްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޝޯ އެވެ.