Roadha Mihaaru
ގަދަ 5 ފިނާލޭއަށް، ވާދަވެރިކަމާއި ފޯރި ގަދަވެއްޖެ

ގަދަ 5 ފިނާލޭއަށް، ވާދަވެރިކަމާއި ފޯރި ވެސް ގަދަވެއްޖެ

29 އެޕްރީލް 2018

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ރޭގެ ޝޯ އަކީ ގަދަ ފަހެއްގެ ތެރެއިން ދެ ބައިވެރިން ވަކިކޮށް، ގަދަ ތިނެއް ހޮވަން އޮތް ރޭ ނަމަވެސް ފަސް ބައިވެރިން ވެސް މިވަގުތަށް ވަނީ ސަލާމަތްވެފަ އެވެ. ހުރިހާ ބައިވެރިން ވެސް ފިނާލޭގައި ވާދަކުރާ ގޮތަށް ނިންމައި އެކަން އިއުލާނުކުރުމާ އެކު ފޯރި ވަނީ ގަދަވެފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ރޭގެ ޝޯ އަކީ ގަދަ ފަހެއްގެ ތެރެއިން ދެ ބައިވެރިން ވަކިކޮށް، ގަދަ ތިނެއް ހޮވަން އޮތް ރޭ ނަމަވެސް ފަސް ބައިވެރިން ވެސް މިވަގުތަށް ވަނީ ސަލާމަތްވެފަ އެވެ. ހުރިހާ ބައިވެރިން ވެސް ފިނާލޭގައި ވާދަކުރާ ގޮތަށް ނިންމައި އެކަން އިއުލާނުކުރުމާ އެކު ފޯރި ވަނީ ގަދަވެފަ އެވެ.

އާންމުންގެ 50 ޕަސެންޓާއި ހަތަރު ޖަޖުންގެ 50 ޕަސެންޓް މާކުހާ އެކު، އެންމެ ދަށްކޮށް ލިބިގެން ކަޓާނީ ކޮން ދެ ބައިވެރިންނެއްތޯ ބަލަން ތިއްބާ އެންމެން ފިނާލޭއަށް ދިއުމަކީ މޯލްޑިވިއަން އައިޑޮލްގައި އަލަށް ކުރި ކަމެކެވެ. މިހާރު ނިންމާފައި ވަނީ ރޭގެ ޝޯއަށް ޖަޖުން ދިން މާކުހާއި އާންމުންގެ އެސްއެމްއެސް ވޯޓު ވެސް ފިނާލޭގައި ގުނާ ގޮތަށެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރޭ ބާއްވާ ގްރޭންޑް ފިނާލޭގައި ފަސް ބައިވެރިން ވާދަކުރާ ގޮތަށް ވުމުން މުބާރާތުގެ އެންމެ ފަހު ވަގުތު މި ވަނީ ފޯރި ގަދަވެފަ އެވެ. މިހާރު ބާކީ ތިބި ބައިވެރިން ކަމަށްވާ އައިޝަތު އަޒަލް، މަރިޔަމް މައިޝާ، އައިމިނަތު ސައިނާ، ތަސްލީމް އަބްދުލްކަރީމް އަދި ނައުޝާދު އަބްދުއްލަތީފަކީ ވެސް ހުނަރުން ފުރިގެންވާ ބައިވެރިން ކަމަށް ޖަޖުން އެއްބަސްވެ އެވެ. އެ ބައިވެރިންނާ އެކު ނަތީޖާ ފާޅު ކުރުން އޮންނާނީ މެއި 12 ގަ އެވެ.

ފިނާލޭގައި ވާދަ ކުރާނީ ގަދަ 5 ބައިވެރިން.

ގަދަ ފަސް ބައިވެރިންނަށް ބަލާ އިރު، ޖަޖުން ބުނެފައި ވަނީ މި ހިސާބުން ކަޓައިގެން ދާން ޖެހޭ ވަރުގެ ބައިވެރިއެއް ނެތް ކަމަށެވެ. އެހެންވެ ކޮންމެ ބައިވެރިއަކަށް ވެސް، ފިނާލޭ އިން ފުރުސަތު ލިބުން ހައްގު ކަމަށް ބުނެފައިވެ އެވެ.

ފިނާލޭގެ މެޖޯރިޓީ އޮތީ އަންހެން ބައިވެރިންނަށެވެ. ގިނަ ބަޔަކު ލަފާ ކުރާ ގޮތުގައި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް ވެގެން ދާނީ އަންހެން ބައިވެރިއަކު ތާރީހު އިޔާދަ ކުރާނެ ފަހަރަކަށެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ވެސް ކާމިޔާބު ކުރީ އަންހެނެކެވެ. އެއީ 2015 ގައި ލައިޝާ ޖުނައިދެވެ. ދެހާސް ސޯޅައިގައި ދެވަނަ ސީޒަން ކާމިޔާބު ކުރީ ތަސްނީމް (ބޮބް) އަހުމަދެވެ.