12 މާޗް 2018
ރޮހިންޖާގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބަނގްލަދޭޝް ރެޑް ކްރެސެންޓާ ހަވާލުކުރިތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރި މަސައްކަތުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ދޭނެ މީހަކު ނުވި އެވެ.
ރޮހިންޖާގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބަނގްލަދޭޝް ރެޑް ކްރެސެންޓާ ހަވާލުކުރިތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރި މަސައްކަތުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ދޭނެ މީހަކު ނުވި އެވެ.
އެ ފަންޑަށް ފައިސާ ހޯދުމަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވަނީ މީޑިއާތައް ގުޅިގެން ޓެލެތޯނެއް އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުޓްބޯޅަ މުބާރާތެއް ބާއްވައިފަ އެވެ. އަދި ސަރުކާރުގެ އެކި ކުންފުނިތަކުން ފަންޑަށް ގިނަ އަދަދެއްގެ ފައިސާ ހަދިޔާ ކުރި އެވެ.
އެ ފައިސާ ހަފުތާއެއްގެ ތެރޭގައި ބަނގްލަދޭޝްގެ ރެޑް ކްރެސެންޓާ ހަވާލު ކުރާނެ ކަމަށް މިދިޔަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިިރު ވަނީ ވިދާޅުވެފަ އެވެ.
Rohingya ah eheevaan hingi harakaaiythakun MVR 18 million ahvvure gina, hafuthaaehge thereygai
The most trusted news source in the Maldives
Mihaaru
ރޮހިންޖާ އަށް ލިބުނު ފައިސާ ފޮނުވާނެ ކަމަށް ބުނުން--
އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެ ފައިސާ މިހާތަނަށް ބަނގްލަދޭޝްގެ ރެޑްކްރެސެންޓާ ހަވާލެއް ނުކުރެ އެވެ. ނަމަވެސް އެ ފައިސާ ހަވާލު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ސަރުކާރުން ރަސްމީކޮށް ނުބުނެ އެވެ. އެ މައުލޫމާތު ހޯދުމަށް އެތައް މަސައްކަތެއް ކޮށް އެކަން ވަނީ ކާމިޔާބު ނުވެފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މުހައްމަދު އަހުސަނަށް ގުޅުމުން، އޭނާ ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. މީގެ ކުރިން އަހްސަން ވިދާޅުވެފައިވަނީ އެ މައުލޫމާތު ދޭނީ އެކަން އިންތިޒާމު ކުރާ ކޮމެޓީގެ މެމްބަރު އަދި ފަތުވާ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރިޒާ އަށް ކަމަށެވެ.
ނަމަވެސް ރިޒާ އަށް މިއަދު ގުޅުމުން އޭނާ ވިދާޅުވީ އޭނާ އަށް މީޑިއާ އަށް މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ކަމަށެވެ.
ރިހިންޖާ ހާލުގައި ޖެހިފައިވާ މީހުން--
ރިޒާގެ އެ ޖަވާބާއެކު މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުސަނަށް ގުޅުމުން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވެފައިވަނީ "އަހްސަނަކަށް މައުލޫމާތެއް ނޭނގޭ،" ކަމަށެވެ. މި ހަބަރަށް ފުރިހަމަ މައުލޫމާތު ހޯދުމަށް ޓަކައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވައިގެން "މިހާރު" އިން މަސައްކަތް ކުރާތާ ދެ މަހެއްހާ ދުވަސްވީ އިރު ވެސް އެކަމާ ގޮތުން ވާހަކަ ދައްކާނެ އެއްވެސް ބޭފުޅަކު ނުވި އެވެ.
ރޮހިންޖާ ފަންޑަށް ލިބުނު ފައިސާ ބަނގްލަދޭޝްގެ ރެޑް ކްރެސެންޓާ ހަވާލުކުރި ކަމުގެ މައުލޫމާތު ލިބިފައިވޭތޯ ބެލުމަށް މިދިޔަ ހަފުތާގައި ފޮރިން މިނިސްޓްރީއާ ގުޅުމުން އެ މިނިސްޓްރީން ބުނީ އެ ފައިސާ ފޮނުވިކަން ނޭނގޭ ކަމަށާއި، ޔަގީނުން ވެސް އެ މިނިސްޓްރީ މެދުވެރިކޮށް އެފަދަ މުއާމަލާތެއް ބަނގްލަދޭޝްއާ ކޮށްފައިނުވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އެއްކުރި ފައިސާ އަށް ވީ ގޮތް ސާފު ވެފައި ނުވާއިރު، ރާއްޖެ ޓީވީ އާއި ދިވެހި ރެޑް ކްރެސެންޓާއި ބައެއް ކައުންސިލްތަކާއި އާންމުން އެއްކުރި 500،000 އަށް ވުރެ ގިނަ ޑޮލަރު ވަނީ ރެޑް ކްރެސެންޓް ފެޑެރޭޝަނާ ހަވާލުކޮށްފަ އެވެ.
މިޔަންމާ ސިފައިން ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް އުދުވާނީ ހަމަލާތަކެއް ދީ އެތައް ބައެއްގެ ގެދޮރުގައި ހުޅުޖެހުމުގެ ސަބަބުން، ރޮހިންޖާ ސްޓޭޓް ދޫކޮށް މިދިޔަ އަހަރުގެ ފަހުކޮޅު އެތައް ބަޔަކު ބަނގްލަދޭޝް އަށް ހިޖުރަކުރި އެވެ. އަދި އެ ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.
"ރޮހިންޖާ ފަންޑުގެ ބާކީ ފައިސާ މިމަހު ހަވާލުކުރާނަން"
ރޮހިންޖާފަންޑަށް ލިބުނު އެހީ ހަފުތާއެއް ތެރޭ ފޮނުވަނީ
ރޮހިންޖާ އަަށް އެހީވާން ހާއްސަ ހަރަކާތްތަކެއް ހިންގަނީ
އަފްރާޝީމްގެ ހަނދާނީ އިސްލާމީ މަރުކަޒު މަޝްރޫއު ފަށަނީ
ކުރީގެ މިނިސްޓަރު ޒިޔާދަށް ކޮރަޕްޝަންގެ ދައުވާ!
އިމާމުންނާ ހެދި، މިސްކިތަށް ދާ މީހުންގެ އަދަދު މަދުވޭ
ޒިކުރާ މިސްކިތް 10 ބުރިއަށް ހަދަން ހަވާލުކޮށްފި
ދީނީ ޚިޔާލުތަފާތުވުންތަކަށް ހައްލު ހޯދަން ބައްދަލުވުމެއް
ރޮހިންޖާ ފަންޑާ ގުޅޭ ހަބަރު ޖެހުމުން، މައްސަލަ ހުށަހަޅައިފި
ރޮހިންޖާ ފަންޑުގެ ފައިސާ އެންމެ ފަހުން ހަވާލުކޮށްފި