14 އެޕްރީލް 2018
އިސްލާމްދީނުގެ ބައެއް އަސްލުތަކާ ޚިލާފަށް މައުލޫމާތު ފެތުރުމާއި ދީނުގެ އެކި ކަންކަމާ ގުޅޭ ޚިޔާލުތަފާތުވުންތަކަށް މަޝްވަރާކޮށް ހައްލުތަކެއް ހޯދަން ބައިނަލްއަގުވާމީ ބައްދަލުވުމެއް ރާއްޖޭގައި މިއަދު ފަށައިފި އެވެ.
އިސްލާމްދީނުގެ ބައެއް އަސްލުތަކާ ޚިލާފަށް މައުލޫމާތު ފެތުރުމާއި ދީނުގެ އެކި ކަންކަމާ ގުޅޭ ޚިޔާލުތަފާތުވުންތަކަށް މަޝްވަރާކޮށް ހައްލުތަކެއް ހޯދަން ބައިނަލްއަގުވާމީ ބައްދަލުވުމެއް ރާއްޖޭގައި މިއަދު ފަށައިފި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި ބައްދަލުވުމުގައި، ގައުމުތަކުގައި ފިތުނައުފެދެން މެދުވެރިވާ ސަބަބުތަކާއި ދީނީ އެކި ޚިޔާލުތަފާތުވުންތަކުގެ މައްޗަށް ކަރުދާސްތައް ހުށަހަޅައި މަޝްވަރާކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި، އޯއައިސީ އާއި އަރަބި ލީގާއި އަޒުހަރު ޔުނިވާސިޓީ އާއި މެލޭޝިއާ އާއި ޕާކިސްތާނުގެ ޔުނިވަސިޓީ ހިމެނޭ ގޮތަށް ބޭރުގެ ގިނަ މުއައްސަސާތަކުން ބައިވެރިވެ އެވެ. އަދި ގައުމުތަކުގެ އިސް ބޭފުޅުންނާއި މަޝްހޫރު ދީނީ އިލްމުވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ކުރުނބާ ރިސޯޓުގައި ކުރިއަށް ގެންދާ އިސްލާމިކް ކޮންފަރެންސްގެ ބައެއް ބައިވެރިން. --ފޮޓޯ/އިސްލާމިކް މިނިސްޓްރީ
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ އިސްލާމްދީނަކީ ހައްދުފަހަނާޅާފައިވާ އަދި އަނިޔާވެރިކަމަށް ގޮވާލާ ދީނެއް ނޫން ކަމަށެވެ. އިސްލާމްދީނަކީ ސަލާމަތާއި ރައްކާތެރިކަމުގެ ދީން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިސްލާމްދީން ގޮވާލަނީ ސަލާމަތާއި ރައްކާތެރިކަމަަށް. އިސްލާމްދީން ގޮވާލަނީ އެކުވެރިކަމާއި އެއްބަޔަކު އަނެއް ބަޔަކަށް ތައާރަފްވުމަށް. އެހެންކަމުން، އަޅުގަނޑުމެންނަކީ އެކުވެރިކަމަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭ،" ޒިޔާދު ވިދާޅުވި އެވެ.
އެ ބައްދަލުވުން ޝަރަފްވެރިކޮށްދެއްވައި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަނާޅައިދިއުމަކީ އިސްލާމްދީން މަނާކުރާކުރާ ކަންކަން ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުގައި އެއްވެސް ހައްގަކާއި ނުލައި މީހުން މެރުމާއި ޓެރަރިޒަމްގެ ހަމަލާތައް ދެމުންދާއިރު، ހަގީގަތް ބެލުމެއް ނެތި އެކަންކަމާ ގުޅިގެން މުސްލިމުން ބަދުނާމުކުރަމުންދާ ކަމަށް ވިދާޅުވެ މިނިސްޓަރު ކަންބޮޑުވުންފާޅުކުރެއްވި އެވެ.
ދީނީ ޚިޔާލުތަފާތުވުންތަކާ ހެދި މުސްލިމުން ބަދުނާމުކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ ގައުމަކަށް ވެފައި އިސްލާމްދީން ކުރިއަރުވަން މަސައްކަތް ކުރާތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންވިއަސް ދީނީ މިނިވަންކަމަށް ދިވެހިރާއްޖޭގައި ޖާގައެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދީނީ ހިޔާލުތަފާތުވުންތައް ނައްތާލަން މަޝްވަރާ ކުރާ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. --ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދިވެހިރާއްޖެ ދެމިއޮންނާނީ، އިސްލާމްދީނުގެ މެދުމިނުގެ އުސޫލްތައް ކުރިއަރުވައި، އަމާންކަމާއި ސުލްހަވެރިކަން ކުރިއަރުވާ ގައުމެއްގެ ގޮތުގައި ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
ޓެރަރިޒަމާއި ދީނީ ހައްދުފަހަނާޅައި ދިއުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރެއް 2016 ގައި އުފައްދައި ގިނަ މަސައްކަތްތަކެއް ޓެރަރިޒަމާ ދެކޮޅަށް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. މި ސެންޓަރުން މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު އޮތް ގޮތަށް ކުރިން އެ ރިޕޯޓެއް ނެތް: ޒިޔާދު
އިމާމުންނާ ހެދި، މިސްކިތަށް ދާ މީހުންގެ އަދަދު މަދުވޭ
ފަތުވާމަޖިލީހުން ބައިނަލްއަގްވާމީ ބައްދަލުވުމެއް ބާއްވަނީ
ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރެނީ
އެމްއޭސީއެލްގެ ރޯދަ ހަދިޔާއަށް އެޕްލިކޭޝަނެއް
ރޮހިންޖާ ފަންޑަށް ވީ ގޮތެއް ނޭނގުނު
ޚުތުބާ އިސްލާމީ ޝަރީއަތާ ހިލާފެއް ނުވާނެ: ޒިޔާދު
"މައްސަލަތައް ހައްލުކުރަން އިލްމުވެރިންގެ ހިއްސާ ބޮޑު"
ސޯޝަލްމީޑިއާގަ ދީނަށް ފާޑުކިޔާ މީހުންނަށް ފިޔަވަޅުއަޅަނީ
ރޮހިންޖާފަންޑަށް ލިބުނު އެހީ ހަފުތާއެއް ތެރޭ ފޮނުވަނީ