04 މާޗް 2018
ޖުމްްހޫރީ ޕާޓީ (ޖޭޕީ)ގެ މައި ޖަގަހަ، މ. ކުނޫޒަށް ކޮންމެ ރެއަކު ވެސް ގްރޫޕަކުން ވަދެ އެތަނުގައި ތިބޭ މީހުންނަށް ޖެއްސުންކޮށް، މާރާމާރީ ހިންގަމުންދާ ކަމަށް ބުނެ، އެ ޕާޓީން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖުމްްހޫރީ ޕާޓީ (ޖޭޕީ)ގެ މައި ޖަގަހަ، މ. ކުނޫޒަށް ކޮންމެ ރެއަކު ވެސް ގްރޫޕަކުން ވަދެ އެތަނުގައި ތިބޭ މީހުންނަށް ޖެއްސުންކޮށް، މާރާމާރީ ހިންގަމުންދާ ކަމަށް ބުނެ، އެ ޕާޓީން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ވެރިކަން ކުރާ ޕީޕީއެމަށް ނިސްބަތްވާ ބަޔަކު، ދަންވަރު ގަޑީ ކުނޫޒަށް ވަދެ އެކި ގޮތްގޮތަށް އުނދަގޫކޮށް، ބައެއް ރޭރޭ މާރާމާރީ ހިންގާތާ މިހާރު ދެތިން ހަފުތާ ވެއްޖެ ކަމަށެވެ. އެ ޒުވާނުންގެ ތެރޭގައި ޕީޕީއެމްގެ ބައެއް ޖަގަހަތަކުގައި އިސްކޮށް އުޅޭ މީހުންނާއި ބައެއް ކުންފުނިތަކުގެ ކޯޑިނޭޓަރުން ވެސް ހިމެނޭ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ސަމީރު ވިދާޅުވި ގޮތުގައި ސައިކަލުތަކުގައި އެ މީހުން ގޮސް، ކުނޫޒުގައި ތިބޭ މީހުންނާ ދިމާއަށް އަވަގުރާނަ ގޮވައި، ބައެއް ރޭރޭ މާރާމާރީ ހިންގަ އެވެ. އެގޮތުން ރޭ ވެސް ދެ ފަހަރެއްގެ މަތިން ކުނޫޒުގައި ތިބި މީހުންނަށް ހަމަލާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭ އެންމެ ފުރަތަމަ 12:30ގައި އައިސް، ކުނޫޒުގައި ތިބޭ މީހުންނާއި ކައުންސިލް މެމްބަރުންނާ ދިމާއަށް އެއްޗެހި ކިޔައި، ގަޔަށް އަތްލާން ފެށީ. އޭގެ ތެރެއިން މެމްބަރެއްގެ އަތުގައި އޮތް ފޯނު ވެސް އަތުލައި ބިންމައްޗަށް ޖެހި. ފަހުން އަނެއްކާ ފަތިހު ވެސް އެ މީހުން އައިސް ކުނޫޒު ބޭރު ދޮރުގައި ތަޅައި، ކެރެންޏާ ނުކުމެބަލާށޭ ގޮވާ ހެދީ،" ސަމީރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒު ބޭރުން ނަގާފައިވާ ފޮޓޯއެއް
އޭނާ ވިދާޅުވީ މިއިން ކޮންމެ ރެއަކު ވެސް ފުލުހުންނަށް ގުޅައި އެހީތެރިކަމަށް އެދޭ ކަމަށާއި އެކަމަކު ފުލުހުންނަށް އާދެވެނީ ގުރޫޕުގެ މީހުން އެނބުރިދާތާ އެތައް އިރެއް ފަހުން ކަމަށެވެ. އެހެންވެ، މިއީ ފުލުހުންގެ ވާގިއާއެކު ސަރުކާރަށް ނިސްބަތްވާ ބަޔަކު ކުރާ ކަމެއް ކަމަށް ވެސް ސަމީރު ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ރެއަކު އެމީހުން ކުނޫޒަށް ހަމަލާދެނީ ކީއްވެކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި އެކަމަކު އެ މީހުންގެ މަގްސަދަކީ ހަމަނުޖެހުން ނަގާލުން ކަމަށެވެ. އަދި އާއްމުންގެ ގިނަ ބަޔަކު ގޮސް އުޅޭ ތަނަކަށް، ގުރޫޕަކުން މިހެން ގޮސް ބިރު ދައްކާއިރު ފުލުހުންގެ ރައްކާތެރިކަން ނުލިބޭތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
"ކޮންމެރެއަކުހެން ގާތްގަނޑަކަށް އަށެއްކަ މީހުން މި އަންނަނީ. އެ މީހުން އަންނަ ކޮންމެ ފަހަރަކު ކޮންމެވެސް ހަމަނުޖެހުމެއް ނޫނީ ފުރައްސާރައެއް ކޮށްފައި ނޫނީ ނުދާނެ. އެކަމަކު ދުވަހަކު ވެސް ފުލުހުންނަށް މިއީ ކޮންބައެއްކަމެއް ނޭނގޭ. އަދި އެއިން މީހަކު ހައްޔަރެއް ވެސް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް މިކަން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ޕީޕީއެމަށް ނިސްބަތްވާ ބަޔަކު ހިންގާ މި އަމަލުތައް ސީރިއަސްކަމާއެކު ބަލައިދިނުމަށް ވެސް ޕާޓީތަކުން ވަނީ އެދިފަ އެވެ.
އަލީ ސޯލިހަށް ހަމަލަދިނީ މަރާލާނެ ކަމުގެ އިންޒާރާއެކު!
ފުލުހުންނަށް އިންޒާރުދިން، އިދިކޮޅު ސަޕޯޓަރަކު ހައްޔަރު
އިންޒާރު ދިނަސް ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް
މުޒާހަރާގައި ފުލުހުންގެ ގަޔަށް ހައްޕުނޑު ޖަހައިފި
ޕީޕީއެމް/ޕީއެންސީން މަޖިލިސް ބޮއިކޮޓް ދޫކޮށްލައިފި
ޝިޔާމް ތަޅުމުން ނެރުނު ގޮތާ މެދު ލަފައަކަށް އެދިއްޖެ
މަޖިލީހުގެ ހަމަނުޖެހުންތައް ބަލާނަން: މިނިސްޓަރު
މާރާމާރީ ހިންގި ކަމަށް ބުނެ އިދިކޮޅުން ޕޮލިހަށް
މާލޭގައި ނެގި ޖޭޕީގެ ބޮޑު ދިދައެއް ފުލުހުން ބާލައިފި
"ހަމަހަމަ ފުރުސަތެއް ނުދޭނެ، އެއީ އެޅުވި އަނދުނެއް"