05 މާޗް 2018
ޖަރުމަނުގެ ބާލިންގައި މި މަހުގެ 7 އިން 11 އަށް އޮންނަ އައިޓީބީ ފެއާއަށް ރާއްޖެއިން 300 އަށް ވުރެ ގިނަ މީހުން ހިމެނޭ ވަފުދެއް ހިނގައްޖެ އެވެ.
ޖަރުމަނުގެ ބާލިންގައި މި މަހުގެ 7 އިން 11 އަށް އޮންނަ އައިޓީބީ ފެއާއަށް ރާއްޖެއިން 300 އަށް ވުރެ ގިނަ މީހުން ހިމެނޭ ވަފުދެއް ހިނގައްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ މި ފެއާގައި ރާއްޖޭގެ 104 ކުންފުންޏަކުން ބައިވެރިވާ ކަމަށެވެ. ރާއްޖެއިން ދިޔަ ވަފުދުގައި، ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީ އާއި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އިސްކޮށް ހަރަކާތްތެރިވާ ވަރަށް ގިނަ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ޔޫރަޕުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމުގައި ބާއްވާ ފެއާގައި ރާއްޖޭގެ ސްޓޯލެއް ވެސް ހުރެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާއަށް ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ގައުމުތަކުން ޓްރެވަލް އާއި ޓޫރިޒަމް ދާއިރާގެ އެތައް ހާސް ބަޔަކު ޖަމާވެ އެވެ. މިއީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް އެގްޒިބިޝަނެވެ.
އެމްއެމްޕީއާރުސީން ބުނީ މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ޕްރޮމޯޓްކުރަން ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށެވެ.
އައިޓީބީ ފެއާގައި ބައިވެރިވާ ގިނަ އަދަދެއްގެ ބަޔަކު ޖަރުމަނަށް ދިޔައިރު، މިދިޔަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން އެތައް ސަތޭކަ ބުކިންއެއް ކެންސަލްވެ، ޓޫރިޒަމް އިންޑަސްޓްރީއަށް ވަނީ އެތައް މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.
2026ގެ އައިޓީބީ ފެއާ ރާއްޖޭން ހޯސްޓުކުރުމުގެ އަމާޒު
އައިޓީބީއާ ގުޅިގެން ފޮރިންގެ އިސް ނެގުމަށް ތައުރީފު
އައިޓީބީގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ
އެކްސްޕީޑިއާ މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރަނީ
އައިޓީބީ ކެންސަލްވުމުގެ ގެއްލުން އެބަ ފެނޭ: ތޮއްޔިބު
ޖަރުމަނާއި އޮސްޓްރިއާގައި ރޯޑްޝޯއެއް ފަށައިފި
އައިޓީބީ ފެއާގައި އަންނަ އަހަރު ބޮޑުމަސް ފެންނާނެ
ޓޫރިޒަމް ޕްރޮމޯޓްކުރަން ޕީއާރް ކުންފުންޏެއް ހޯދަނީ
އައިޓީބީގައި ރާއްޖެ އަށް ދެ އެވޯޑް
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު