ދުނިޔޭގެ މަޝްހޫރު ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އެކްސްޕީޑިއާ މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
22 ޖެނުއަރީ 2021
ދުނިޔޭގެ މަޝްހޫރު ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އެކްސްޕީޑިއާ މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި ހާއްސަ ކެމްޕެއިންގައި ހަތަރު މަންޒިލެއްގައި ރާއްޖެ ޕްރޮމޯޓް ކުރާނެ އެވެ. އެގޮތުން ރަޝިޔާ އާއި އިންޑިއާ އާއި މެދުއިރުމަތި އަދި ޗައިނާގެ ޓޫރިސްޓުންނަށް އަމާޒުކޮށް ރާއްޖޭގެ ޖަޒީރާ ރީތިކަން އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.
އެމްއެމްޕީއާރްސީން ބުނީ މި ހާއްސަ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަނީ ވަކިވަކިން ކަމާއި އެހެންވުމުގެ ސަބަބުން ރައްތަކުގައި ހޭދަކުރާ ޗުއްޓީއަކީ ރައްކާތެރި އަމާން ދަތުރަކަށް ވާނެ ކަން ޓޫރިސްޓުންނަށް އަންގައިދޭނެ ކަމަށެވެ.
އެކްސްޕީޑިއާ އާއެކު ފެށި މި ކެމްޕެއިންގެ ތެރެއިން 23 މިލިއަން މީހުންނަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ.
މިއަހަރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށްޓަކައި އެމްއެމްޕީއާރްސީން މާކެޓިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރޭވިފައިވެ އެވެ. އެގޮތުން ޓްރެވަލް ޓްރޭޑް ފެއާތަކާއި ރޯޑްޝޯތަކާއި އިންފްލުއެންޒަރުންނާއި ސެލެބްރިޓީން ގެނެސްގެން ފެމިލިއަރައިޒޭޝަން ޓްރިޕްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެއަށް މިހާތަނަށް 57،000 ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިޔާ އާއި އިންޑިއާއިންނެވެ. މި ދެ ގައުމުން 23،000 ވުރެ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.
ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަށް ރާއްޖެ ނޮމިނޭޓްވެއްޖެ
ރާއްޖެ އިޝްތިހާރު ކުރަން ސުޕަ ޔޮޓް ކެމްޕެއިނެއް
އަމާޒަށް ދާން ބާކީ ހަތް ލައްކަ ޓޫރިސްޓުން ބޭނުންވޭ
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް
މާލީ ބުރަބޮޑުވެ އެމްއެމްޕީއާރްސީގެ ކުރިމަގާ މެދު ޝައްކު
ޑަބްލިއުޓީއޭގެ މުހިއްމު ދެ އެވޯޑެއް ރާއްޖެއަށް
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު