މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން އިދިކޮޅު ޕާޓީތަކުން ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
07 މާޗް 2018
މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން އިދިކޮޅު ޕާޓީތަކުން ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަންހެނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ މޭޔަރު، ޝިފާ މުހައްމަދު ވިދާޅުވީ މާދަމާ ހެނދުނު 6:45 ގައި މ. ކުނޫޒުން ފަށާ އެ ހިނގާލުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދޭ ކަމަށެވެ.
"މިއީ ސުލްހަވެރި އެއްވުމެއް. ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވާނެ ކަމަށް އުންމީދު ކުރަން،" ޝިފާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މިހާތަނަށް ބާއްވަން މަސައްކަތް ކުރި އެއްވުންތަކަށް ފުލުހުން ހުރަސް އަޅާފައިވާތީ، މާދަމާގެ ހިނގާލުން ކުރިއަށް ގެންދަނީ ހުއްދަ ނަގައިގެންތޯ ސުވާލު ކުރުމުން ޝިފާ ވިދާޅުވީ އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ ނައިބް ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ، އަންހެނުންނަށް މަސައްކަތް ކުރެވޭނީ ފިރިހެނުންނާއެކު ކަމަށާއި މާދަމާގެ ހިނގާލުމުގައި ފިރިހެނުން ވެސް ބައިވެރިވުމަށް ދައުވަތު ދޭ ކަމަށެވެ.
މާދަމާގެ ހިނގާލުމަށް ފަހު އިދިކޮޅު ފަރާތްތައް ގުޅިގެން ބާއްވާ ސައެއް ވެސް އޮންނާނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.
އަންހެނުން ދުވަހުގެ އެއްވުމަށް ފުލުހުން ހުރަސް އަޅައިފި
ގާނޫނީ ހުރަހެއް ނެތަސް މި މަންޒަރު ރީއްޗެއް ނޫން!
އެލްއާރުއޭޑީ ކުރިން ވެސް ބޭނުންކުރި: އިހުސާން
ނޮވެމްބަރު 17 ގައި އެމްޑީޕީ އަނެއްކާވެސް މުޒާހަރާއަށް
މުޒާހަރާއިން ހައްޔަރުކުރި ހަތް މީހަކު ބަންދަށް
ތޫނު އަޑު ފޮނުވާ ހަތިޔާރެއް ބޭނުންކުރުމުން ކަންބޮޑުވުން
ސިޔާސީ ބަދަލު އަންނަން ޖެހޭނީ ވޯޓުން: ޕީއެންސީ
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
ފުލުހުންނަށް ހުރަސްއެޅި މީހުންނަށް ފިޔަވަޅު އަޅަނީ
"އެމްޑީޕީގެ އެއްވުމަކީ ސުލްހަވެރި ހަރަކާތެއް ނޫން"