ކުއާލަ ލަމްޕޫރު (މާޗް 8) - މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް 239 މީހުންނާ އެކު ދަތުރުކުރި އެމްއެޗް370 ގެއްލުނުތާ މިއަދަށް ހަތަރު އަހަރު ފުރުނީ އެވެ.
08 މާޗް 2018
ކުއާލަ ލަމްޕޫރު (މާޗް 8) - މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް 239 މީހުންނާ އެކު ދަތުރުކުރި އެމްއެޗް370 ގެއްލުނުތާ މިއަދަށް ހަތަރު އަހަރު ފުރުނީ އެވެ.
ބޯޓު ގެއްލުނު ހާދިސާގެ ފުރިހަމަ ރިޕޯޓް އަދި މިހާތަނަށް ނެރެފައި ނުވި ނަމަވެސް އޮފިޝަލުން މިއަދު ބުނެފައި ވަނީ އެ ރިޕޯޓް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ. ރިޕޯޓް ނެރުން ފަސްކޮށްފައި ވަނީ އެމްއެޗް370 ހޯދަން އެމެރިކާގެ އޯޝަން އިންފިނިޓީ ކުންފުން މިހާރު ކުރާ މަސައްްކަތް ނިމެންދެންނެވެ. ބޭނުމަކީ މިހާރު ކުރަމުންދާ މަސައްކަތް ވެސް ރިޕޯޓުގައި ހިމެނުމެވެ. މެލޭޝިއާގެ އޮފިޝަލުން ބުނެފައި ވަނީ ކަނޑު އަޑި ބެލުމުގެ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ސީބެޓް ކޮންޓްރެކްޓާ އިން ޖެނުއަރީ މަހު ފެށި މަސައްކަތް ޖޫން މެދުތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
މާޗް 8، 2014 ގައި މެލޭޝިއާ އެއާލައިންސްގެ ބޯއިން 777 ގެ ބޯޓު ގެއްލުމަކީ ދުނިޔޭގެ އޭވިއޭޝަން ތާރީޚުގެ އެންމެ ބޮޑު ހައިރާން ކަމެއް ގެނުވި ހާދިސާ އެވެ.
ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 އިން ދަތުރުކުރި މީހުންގެ ހަނދާނުގައި ކުއާލަ ލަމްޕޫރުގައި ބޭއްވި އިވެންޓެއްގައި މީހަކު ބައިވެރި ވަނީ. --ފޮޓޯ:އޭއެފްޕީ
މެލޭޝިއާ ސަރުކާރާ އެކު އެއްބަސްވެފައިވާ ގޮތަށް ބޯޓު ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނެ އެންމެ ބޮޑު އަގަކީ 70 މިލިއަން ޑޮލަރެވެ. އެމްއެޗް370 ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭ އަގު ކަނޑައަޅާނީ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފައި ކަމަށެވެ. މި ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ.
އެމްއެޗް370 ހޯދުމަށް އޯޝަން އިންފިނިޓީން ބަލާނީ ކުޑަ ސަރަހައްދެކެވެ. އެއީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯމީޓަރު (9،700 އަކަ މޭލު)ގެ ސަރަހައްދެކެވެ. ސީބެޓް ކޮންޓްރެކްޓާ އިން މިހާރު ވަނީ ކަނޑުއަޑީގެ 16،000 އަކަ ކިލޯ މީޓަރު (6178 އަކަ މޭލު) ގެ ސަރަހައްދެއް ބަލައިފަ އެވެ.
ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 އިން ދަތުރުކުރި މީހުންގެ ހަނދާނުގައި ކުއާލަ ލަމްޕޫރުގައި ބޭއްވި އިވެންޓެއްގައި ބަޔަކު ބައިވެރި ވަނީ. --ފޮޓޯ:އޭއެފްޕީ
އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް މިހާރު ވެސް ވަނީ ބަލައިފަ އެވެ. އެކަމަކު އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް ޖަމިއްޔާ އިން މިދިޔަ އެޕްރީލް މަހު ބުނެފައި ވަނީ ބޯޓު އޮންނާނެ ކަމަށް ލަފާކުރެވެނީ ބޯޓު ހޯދަން ކުރިން ބެލި ސަރަހައްދުގެ އުތުރުގައި ކަމަށެވެ.
އެމްއެޗް370 ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.
ހުށަހެޅުމެއް ލިބިއްޖެ ނަމަ އެމްއެޗް370 ހޯދަން ފަށާނެ
އެމްއެޗް370 ގެއްލުނުތާ 5 އަހަރު: ބޯޓާ ބެހޭ 5 ތިއަރީ
އެމްއެޗް370 ޕައިލެޓް ވައްޓާލީ ކަމަށް ނުބެލެވޭ
އެމްއެޗް370 ހޯދަން އުޅެނިކޮށް ދެ އާގު ބޯޓު ފެނިއްޖެ
އެމްއެޗް370 ހޯދުން ޖޫން މަހު ނިންމާލެވޭނެ: އޮފިޝަލް
އެމްއެޗް370 ހޯދާ ބޯޓު ނުގެއްލޭ، ދިޔައީ ތެޔޮ އަޅަން
އެމްއެޗް370 ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރު
އެމްއެޗް370 ހޯދަން ފެށުމުގެ ހުއްދަ އަލުން ދީފި
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަމިއްލަ ބަޔަކު ފަށަނީ
މަތިންދާ ބޯޓެއް ގެއްލުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން