Roadha Mihaaru
ރިޔާޒުގެ ޕްރައިވެޓް ސެކިއުރިޓީގެ ފޯނު ހިފަހައްޓައިފި

މެމްބަރު ރިޔާޒުގެ ޕްރައިވެޓް ސެކިއުރިޓީ ނިޒާމްގެ ފޯނު ފުލުހުން ހިފަހައްޓައިފި

10 މާޗް 2018

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ ޕްރައިވެޓް ސެކިއުރިޓީ މުހައްމަދު ނިޒާމްގެ މޮބައިލް ފޯނު ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ ޕްރައިވެޓް ސެކިއުރިޓީ މުހައްމަދު ނިޒާމްގެ މޮބައިލް ފޯނު ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ފުލުހުން ނިޒާމްގެ ފޯނު އަތުލީ މެންދުރު ފަހު 3:00 ހާއިރު ކޯޓު އަމުރެއް ދެއްކުމަށް ފަހު ކަމަށެވެ. ކުރިން ފުލުހެެއްގެ ގޮތުގައި މަސައްކަތް ކުރި ނިޒާމްގެ ފޯނު އަތުލިއިރު، މި މަހުގެ ދެވަނަ ދުވަހު އިދިކޮޅު ޕާޓީތަކުން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވަނީ ހައްޔަރުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިޔާޒް ހައްޔަރުކުރި ނަމަވެސް ސަބަބެއް ނޭނގެ އެވެ.

ރިޔާޒްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އިދިކޮޅު ހަރަކާތުގެ ގިނަ ބަޔަކު މިހާރު ވެސް ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބަޔަކަށް ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި އެކަމަށްޓަކައި ރިޝްވަތު ދިނުމާއި ހިފުމުގެ ތުހުމަތެވެ. އަނެއް ބަޔަކަށް ކުރަނީ މާލޭގައި ހަމަނުޖެހުން ހިންގުމާއި މާލޭގައި ރޯކުރަން އުޅުމުގެ ތުހުމަތެވެ.