14 މާޗް 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދުކޮށްފައިވާ މީހުންގެ ވަކީލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދޫނިދޫއަށް ދާއިރު، ވަކީލުންނަށް ވަގަށް ރެކޯޑްކުރީ ކިތައް ބައްދަލުވުން ކަމެއް ނޭނގޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދުކޮށްފައިވާ މީހުންގެ ވަކީލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދޫނިދޫއަށް ދާއިރު، ވަކީލުންނަށް ވަގަށް ރެކޯޑްކުރީ ކިތައް ބައްދަލުވުން ކަމެއް ނޭނގޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
މިހާރު ޖަލު ބަންދުގައި ހުންނެވި މައުމޫންގެ ވަކީލުންގެ ފަރާތުން ނޫސްބަޔާނެއް ނެރުނީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި ހިސާން ހުސެއިން މިއަދު ވަނީ ދޫނިދޫގައި ބައްދަލުވުން ބޭއްވި ކޮޓަރީގައި ގޮނޑިއެއްގައި ހަރުކޮށްފައި ހުރި ރެކޯޑަރެއް ފެނުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ހިސާން އެ ވާހަކަދެއްކެވުމުން ފުލުހުން ބުނެފައި ވަނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މައުމޫންގެ ވަކީލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދޫނިދޫގައި ތިބޭ ފުލުހުން ކުރާ ކޮންމެ އަމުރަކަށް ނުވަތަ ކޮންމެ އެދިވަޑައިގަތުމަކަށް ވަކީލުންގެ ފަރާތުން ފުރިހަމައަށް އިޖާބަދީ އަމަލު ކުރަމުން ދަނިކޮށް، ފުލުހުން ހިންގި ލަދުވެތި އަދި ހުތުރު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ބަލައި، އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އެ ވަކީލުން ގޮވާލާފައިވެ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާތަނަށް 45 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ފަރާތްތަކަށް ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރަމުން ދަނީ ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދަށްވުރެ މާމަދު އަދަދެެއްގެ ވަކީލުން ހިމެނޭ ޓީމަކުން ކަމަށެވެ.
"އެ ބޭފުޅުންނާ މެދު އެތައް ލާއިންސާނީ އަމަލެއް ހިންގަމުންދާ ކަމަށް އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުން ގެންދާއިރު، އެ ބޭފުޅުންނަށް މިހާތަނަށް އޮތް ހިތްހަމަޖެހުމަކީ، އެ ބޭފުޅުންނަށް ކުރިމަތިވަމުންދާ ކަންތައްތަކުގެ ވާހަކަ އާއި ބަންދުކުރެވިފައިވާ މައްސަލައިގެ ވާހަކަތައް އެ ބޭފުޅެއްގެ ގާނޫނީ ވަކީލާއެކު ސިއްރުވެރިކަމާއެކު ހިއްސާކުރެވެމުންދާ ކަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މައުމޫނަށް ސިއްހީ ނުރައްކަލެއްގެ ބިރު އެބައޮތް: ވަކީލު
މައުމޫނާ ބައްދަލުކުރަން ފުރުސަތެއް ނުދިން: ވަކީލު
މައުމޫންގެ ބޭސްތައް ފުލުހުން ވަނީ އަތުލާފައި: ވަކީލް
އަދީބަށް ވަކީލުންނާ ބައްދަލު ނުކުރެވޭތާ މަހެއް ވެއްޖެ
މައުމޫންގެ އާއިލީ ބައްދަލުވުމަށް އަލުން ހުއްދަ ދީފި
މައުމޫންގެ އާއިލީ ބައްދަލުވުންތައް ހުއްޓުވައިފި: ވަކީލް
ޖަލުގައި މައުމޫނަށް އެކަށީގެންވާ ފަރުވާ ނުލިބޭ: ވަކީލް
ފަރުވާ އަށް ފަހު މައުމޫން ދޫނިދު އަށް ގެންގޮސްފި
މައުމޫންގެ އަރިހުގައި އަޅުގަނޑު ބަހައްޓަވާ: ނަސްރީނާ
މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ޖަލަށް!