ހޮލީވުޑްގައި ޖިންސީ ގޯނާގެ ވާހަކަތަކުގެ އަޑު ދުވަސްކޮޅަކަށް މަޑުވެފައި އޮތުމަށް ފަހު، ނުފޫޒު ގަދަ މީހެއްގެ މައްޗަށް އަނެއްކާ ވެސް ތުހުމަތުތަކެއްކޮށްފި އެވެ.
18 މާޗް 2018
ހޮލީވުޑްގައި ޖިންސީ ގޯނާގެ ވާހަކަތަކުގެ އަޑު ދުވަސްކޮޅަކަށް މަޑުވެފައި އޮތުމަށް ފަހު، ނުފޫޒު ގަދަ މީހެއްގެ މައްޗަށް އަނެއްކާ ވެސް ތުހުމަތުތަކެއްކޮށްފި އެވެ.
ފިލްމީ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާ އެވޯޑް އިންތިޒާމް ކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާޒް އާޓްސް އެންޑް ސައިންސް (އޭއެމްޕީއޭއެސް) ގެ ރައީސް ޖޯން ބެއިލީގެ މައްޗަށް މިދިޔަ ބުދަ ދުވަހު ފެންމަތިވި ޖިންސީގެ ގޯނާގެ ތިން މައްސަލައަކާ ގުޅިގެން ތަހުގީގުތައް ވެސް ވަނީ ފަށައިފަ އެވެ.
ބެއިލީއަކިީ އޭއެމްޕީއޭއެސްގެރައީސްގެ މަގާމާ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަވާލުވި މީހެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ބޮލުގައި އެޅުނު ތުހުމަތުތަކާ އެކު، މަގާމުން ދުރުވާން ޖެހިއްޖެ ނަމަ، އޭއެމްޕީއޭއެސްގެ ރައީސްކަމާ ދެން ހަވާލުވާނީ މިހާރު ނައިބްގެ މަގާމުގައި ހުރި ލޮއިޒް ބާވެލް އެވެ.
ބެއިލީގެ މައްޗަށް ތުހުމަތު ކުރި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން އޭނާ މިހާތަނަށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އޭނާއާ ބެހޭ ތިން މައްސަލައެއް އޭއެމްޕީއޭއެސް އިން މިހާރު އަންނަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. އެހެންވެ މިހާތަނަށް އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އުމުރުން މިހާރު 75 އަހަރުގެ ބެއިލީއަކީ މަޝްހޫރު ސިނަމޮޓޯގްރާފަރެއް ވެސް މެ އެވެ. އޭނާ ކެމެރާކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި އޭސް ގުޑް އޭސް އިޓް ގެޓްސް (1997)، ޗައިނާ މޫން (1994) އަދި ގްރައުންޑްހޮގް ޑޭ (1993) ފާހަގަކޮށްލެވެ އެވެ.
އޭއެމްޕީއޭއެސްގެ މެމްބަރެއްގެ ގޮތުގައި ހުއްޓައި 2010 ގައި ޖިންސީ ގޯނާގެ ދެ ތުހުމަތަކާ ގުޅިގެން އެކްޓަރު ކޭސީ އެފްލެކް ވެސް ވަނީ އޭރު މެމްބަރުކަމުން ވަކިކޮށްފަ އެވެ. ކޭސީއަކީ މަޝްހޫރު އެކްޓަރު ބެން އެފްލެކްގެ ކޮއްކޮ އެވެ.
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އަހަރުގެ އެންމެ މޮޅު ފިލްމަކީ "އޮޕެންހައިމާ"
އިންޑިއާގެ ނޫހަކުން ހެދި ޑޮކިއުމެންޓްރީއެއް އޮސްކާގައި
އިޒުރޭލު ސިފައިންނާ ދެކޮޅު ޑޮކިއުމެންޓްރީއަކަށް އޮސްކާ
އޮސްކާ ނޮމިނޭޝަންގެ ކުރީގައި ނެޓްފްލިކްސްގެ ފިލްމުތައް
އޮސްކާގެ ނޮމިނޭޝަންތަައް އިއުލާންކުރުން ފަސްކޮށްފި
އޮސްކާގެ އުއްމީދު "ލާޕަތާ ލޭޑީސް"އަށް ނާކާމިޔާބުވެއްޖެ
މިލިއަން ޑޮލަރުގެ ޕްރޮޑިއުސަރު ރަޑީ މަރުވެއްޖެ
ސްކޫލް ކުދިންނަށް ހޯމްވޯކް ހަދަން ނުޖެހޭ ދުވަހެއް
އޮސްކާ ނޮމިނޭޝަންތަކުގެ ކުރީގައި "އޮޕެންހައިމާ"