Roadha Mihaaru
މައިލޯ އާއި ބާސެލޯނާ ގުޅިގެން ހާއްސަ ކެމްޕޭނެއް

މައިލޯ އާއި ބާސެލޯނާ ގުޅިގެން ކުޑަކުދިން ފުޓްބޯޅައިން ކުރިއަރުވަނީ

18 މާޗް 2018

ސްޕެއިނުގެ ފުޓްބޯޅައިގެ ގަދަބާރު ބާސެލޯނާ އާއި ނެސްލޭ މައިލޯ ގުޅިގެން ކުޑަކުދިން ފުޓްބޯޅައިން ކުރިއަރުވަން "ރޯޑް ޓު ބާސެލޯނާ" ނަމުގައި ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ސްޕެއިނުގެ ފުޓްބޯޅައިގެ ގަދަބާރު ބާސެލޯނާ އާއި ނެސްލޭ މައިލޯ ގުޅިގެން ކުޑަކުދިން ފުޓްބޯޅައިން ކުރިއަރުވަން "ރޯޑް ޓު ބާސެލޯނާ" ނަމުގައި ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

މި ކެމްޕޭން ފެށުމަށް ހެންވޭރު ދަނޑުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނެސްލޭގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހުންނަވާ ދިޝާން ވިޖެޔަވަރުދަނާ ވިދާޅުވީ މިއީ ރާއްޖޭގައި ފުޓްބޯޅައިގެ ހުނަރު އިތުރަށް ވަރުގަދަ ކުރުމަށް ފެށި ހަަރަކާާތެއް ކަމަށެވެ. އަދި މިހަރަކާތާއި އެކު، ފުޓްބޯޅަ އިތުރަށް ކުރި އަރަައިގެން ދާނެ ކަން ޔަގީން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުޑަކުދިންނަށް އަމާޒު ކޮށްގެން މިކަން ކުރުމުން ހުނަރު ކުރި އަރަައިގެން ދާނެ ކަމަށް ގަބޫލު ކުރަން. އަދި ފުޓުބޯޅައިގެ ހުނަރުގެ އިތުރުން އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވެސް ވަރުގަދަވެގެން ދާނެ،" ދިޝާން ވިދާޅުވި އެވެ.

މައިލޯ ރޯޑް ޓް ބާސެލޯނާ ކެމްޕޭން ފެށުމަށް ބޭއްވި ހަރަކާތުގެ ތެރެއިން. -- ފޮޓޯ: މިހާރު

މައިލޯ ރޯޑް ޓް ބާސެލޯނާ ކެމްޕޭން ފެށުމަށް ބޭއްވި ހަރަކާތުގެ ތެރެއިން. -- ފޮޓޯ: މިހާރު

މި ކެމްޕޭންގައި ބަައިވެރިވެވޭނީ މައިލޯ ޕެކެޓާއި ދަޅު ވިއްކާއިރު ލިބޭ ސްކްރެޗް ކާޑުގައި ޖަހާފައިވާ ނަންބަރު 4411 އަށް އެސްއެމްއެސް ކުރުމުންނެވެ. ފުރުސަތު އޮތީ އުމުރުން ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ.

ކެމްޕޭނުގައި ބައިވެރިވާ ކުދިންނަށް އެފްއޭއެމްއާ ގުޅިގެން ޓްރެއިނިން ކޭމްޕްތަކެއް ބާއްވާނެ އެވެ. އެއަށް ފަހު، ކަނޑައެޅިފައިވާ ހާއްސަ ޓީމަކުން ކުދިން ސްކައުޓް ކުރުމަށް ފަހު އެންމެ ރަނގަޅު ހަތަރު ކުދިން ބާސެލޯނާ އަށް ފޮނުވައިގެން ޓްރެއިނިން ދޭނެ އެވެ.

އެފްއޭއެމް އިން ބުނީ ބައިވެރިވާ ކުދިންނަށް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހާއްސަ ޓްރެއިނިން ހަރަކާތްތައް ބާއްވާނެ ކަމަށެވެ.

މައިލޯ ރޯޑް ޓް ބާސެލޯނާ ކެމްޕޭން ފެށުމަށް ބޭއްވި ހަރަކާތުގެ ތެރެއިން. -- ފޮޓޯ: މިހާރު

މައިލޯ ރޯޑް ޓް ބާސެލޯނާ ކެމްޕޭން ފެށުމަށް ބޭއްވި ހަރަކާތުގެ ތެރެއިން. -- ފޮޓޯ: މިހާރު

މީގެ އިތުރުން މި ކެމްޕޭނުގެ ދަށުން، އެސްއެމްއެސް ކުރުމުން ޑެއިލީ އިނާމުތަކެއް ވެސް ލިބޭނެ އެވެ. އެގޮތުން ބާސެލޯނާގެ ރަސްމީ މާޗެންޑައިޒް، ކޮންމެ ދުވަހަކު ވެސް ގުރުއަަތުން ނެގޭ 10 ފަރާތަކަށް ދޭނެ އެވެ.

މައިލޯ އަކީ ބާސެލޯނާގެ ރަސްމީ ސްޕޮންސަރެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މައިލޯ އިން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.