އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ އިތުރު ތިން ކައުންސިލަރަކު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.
18 މާޗް 2018
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ އިތުރު ތިން ކައުންސިލަރަކު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.
އެލްޖީއޭ އިން ސަސްޕެންޑް ކުރީ އައްޑޫ މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި ޖަމްޝީދާ މުހައްމަދު އަދި އަލީ ފަހުމީ މުހައްމަދެވެ.
އައްޑޫ ކައުންސިލަށް އެލްޖީއޭއިން މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭ ބާރާއި އިމްތިޔާޒުގެ ބޭރުން އެތަނުން ނޫސް ބަޔާން ނެރެފައިވާ ކަމަށެވެ. އެހެންވެ، ކައުންސިލްގެ ގާނޫނާ އެ ބޭފުޅުން ހިލާފުވެފައިވާތީ އެއް މަސް ދުވަހުގެ މުއްދަތަށް ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.
އެލްޖީއޭއިން ވަނީ މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ އިތުރުން، ހިދުމަތެއް ހޯދުމަށް ނޫން ގޮތަށް އެ ބޭފުޅުން ކައުންސިލަށް ވަނުން ވެސް މަނާކޮށްފަ އެވެ. އެތަނުން ބުނިގޮތުގައި މި ވަގުތަށް ކައުންސިލް ހިންގާނީ ދެން ތިބި މެމްބަރުންގެ ދަށުންނެވެ.
ކައުންސިލުން ގަރާރެއް ފާސްކޮށްފައިވަނީ ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައިފަ އެވެ. އަދި އެއީ އައްޑޫ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި ވީހާ ވެސް އަވަހަކަށް އެ އަމުރު ތަންފީޒު ކުރުމަށް، މިދިޔަ މަހު ފަސް ވަނަ ދުވަހު ނެރެފައިވާ އެ ގަރާރުގައި ގޮވާލައިފައި ވެ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ ގަރާރުގައި ދެން ތިއްބެވި ބޭފުޅުންނަށް ސޮއި ނުކުރެއްވުނީ ރަސްމީ ދަތުރެއްގައި ރަށުން ބޭރަށް ވަޑައިގެން އުޅުއްވުމުންނެވެ.
ތިން ކައުންސިލަރުން ސަސްޕެންޑް ކުރުނުގެ އިތުރުން އެލްޖީއޭއިން ވަނީ އެފަދަ ކަމެއް ތަކުރާރު ކޮށްފި ނަމަ ކައުންސިލް އުވާލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ސަރުކާރުގެ ހުއްދަ ނުހޯދައި ބޭރުގެ ސަފީރަކާ ބައްދަލު ކުރައްވައިގެން، މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ގއ. އަތޮޅު ކައުންސިލްގެ ތިން މެމްބަރަކު ވެސް ވަނީ ތިން މަހަށް ސަސްޕެންޑްކޮށްފަ އެވެ. އަދި އޭގެ ފަހުން މާފުށީ ކައުންސިލަރުން ވެސް ސަސްޕެންޑްކޮށްފައި ވެ އެވެ.
އައްޑޫ މޭޔަރަކަަށް މި ފަހަރު ވެސް ސޯބެ
ހައްގު ބަސް ބުނުން ނުހުއްޓުވޭނެ: އައްޑޫ މޭޔަރު
އައްޑޫ ސިޓީ ކައުންސިލް އުވާލަފާނެ ކަމުގެ އިންޒާރު ދީފި
އައްޑޫ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދީފި
އައްޑޫ ކައުންސިލަށް 136 މިލިއަންގެ ބަޖެޓެއް
އައްޑޫގެ ފެން މީޓަރުން ނަގާ 30ރ. އުނިކޮށްފި
އައްޑޫގައި ވެސް މޭޔަރުގެ މަގާމް މިފަހަރު ވާދަވެރި!
ނުވެހުރި ކަންކަން ސަރުކާރަށް ހުށަހަޅާނަން: ސޯބެ
އައްޑޫ ރައްޔިތުންގެ އުދާސްތަކުން ބައްދަލުވުން ހޫނުވެއްޖެ
އައްޑޫ މޭޔަރުގެ މާޔޫސް ވާހަކަތައް!