ކޮންމެ ސަރުކާރަކުން ވެސް އައްޑު އަށް ބޮޑެތި ވައުދުތަކެއްވެ ދެއްކީ ހުވަފެންތަކެއް ކަމަށާއި މި ސަރުކާރުގެ އަމަލުތަކުން ވެސް އައްޑޫ ރައްޔިތުން މާޔޫސްވަމުންދާ ކަމަށް ބުނެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮއްސާލުމުން ބައްދަލުވުން ހޫނުވެއްޖެ އެވެ.
25 އޯގަސްޓް 2019
ކޮންމެ ސަރުކާރަކުން ވެސް އައްޑު އަށް ބޮޑެތި ވައުދުތަކެއްވެ ދެއްކީ ހުވަފެންތަކެއް ކަމަށާއި މި ސަރުކާރުގެ އަމަލުތަކުން ވެސް އައްޑޫ ރައްޔިތުން މާޔޫސްވަމުންދާ ކަމަށް ބުނެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮއްސާލުމުން ބައްދަލުވުން ހޫނުވެއްޖެ އެވެ.
އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުންނާ އެކު އައްޑޫ ސިޓީ ކައުންސިލުން ސިލްސިލާކޮށް ބާއްވާ ބައްދަލުވުމުގެ ތެރެއިން ރޭ ވަނީ މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާ ބައްދަލުކޮށްފަ އެވެ. ކައުންސިލުން މާލޭގައި ފުރަތަމަ ފަހަރަށް މި ބޭއްވި ބައްދަލުވުމުގައި، އައްޑޫ ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އައްޑޫގެ އެކި ދާއިރާތަކުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
މާލެ ފިޔަވައި ރާއްޖޭގައި އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ހާލަތާ މެދު، އެއް ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރި އެވެ. އޭގެތެރޭގައި އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތުގައި ނުލިބުމާއި ސިއްހީ ޚިދުމަތްތަކަށް ހުރި ގޮންޖެހުންތަކާއި މަގު ހެދުމާއި އެއާޕޯޓުގެ ތަރައްގީ ލަސްވުމާއި ވަޒީފާގެ ދަތިތަކާއި އިގްތިސާދީ އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެ ޝަކުވާ ކުރި އެވެ.
އެކަކު ބުނިގޮތުގައި އައްޑޫ ރައްޔިތުން ވެސް މާލޭގައި ދިރިއުޅެނީ މަޖުބޫރުވެގެންނެވެ. ބިކަ ހާލުގައި މާލޭގައި ދިރިއުޅެން ބޭނުން ނުވާ ކަމަށާއި އެ ރައްޔިތުންނަށް ރަށަށް ބަދަލުވެވެން އޮތީ ވަޒީފާތައް އުފެދިގެން ކަމަށް އޭނާ ބުންޏެވެ. މި ސަރުކާރު ގެނައީ އެ އުއްމީދުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.
ބައިވެރިން ހުށަހެޅި ކަންކަމަށް ޖަވާބު ދެއްވަމުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ސަރުކާރުން އިސްކަންދޭ ކަމަށާއި ޕްލޭނަކާ އެކު މި މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަަމެވެ. އޭނާ އެހެން ވިދާޅުވުމާ އެކު އެ ޕްލޭނަކީ ކޮބައިތޯ އެކަކު ބާރަށް ގޮވާލި އެވެ.
މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނަށް ބޭއްވި ބައްދަލުވުމުގައި މޭޔަރު ސޯބެ ވާހަކަ ދައްކަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
ވާހަކަ ކުރިއަށް ގެންދަވަމުން ރޮޒައިނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އައްޑޫގެ އިތުރުން މާލޭގައި ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް އެ ދާއިރާއެއްގައި ފަސޭހައިން ދިރިއުޅެވޭނެ ގޮތެއް ހޯދައި ދިނުމެވެ.
"އައްޑޫ ރައްޔިތުންނަށް އައްޑޫގައި ދިރިއުޅެވޭނެ ގޮތެއް ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރެވެމުން ދަނީ،" ރޮޒައިނާ ވިދާޅުވި އެވެ.
"Nuhanu foni ummedhaa bura masakkathun misarakaar genai..majlis 7godi ves dheefeem. Misarkaarun Addu tharagge mukoifinama evves sarkaarakaun Addu alhaa nulaane.minoon gothe hoadhan thedhuvan jehayne mi 5aharu nimay iru Addu rayyithun ummeedhu tha haasil nuvejjeyya" Addu Rayyithun pic.twitter.com/SNlqqCb0EZ
— Naibthuth (@naibuthuthu3) August 25, 2019
އައްޑޫގެ ތަރައްގީ އަށް އިސްކަންދީ މަޝްރޫއުތައް އެކުލަވާލަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ރާއްޖެ އަށް އިންޑިއާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭން ނިންމާފައިވާ 800 މިލިއަން ޑޮލަރުގެ ތެރެއިން 180 މިލިއަން ޑޮލަރު ވަނީ އައްޑޫގެ ތަރައްގީ އަށް ހަމަޖައްސައިފަ އެވެ.
މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރި އިރު، މިދިޔަ މަހުގެ ފަހުކޮޅު ކައުންސިލުން ވަނީ އައްޑޫގެ އެކި އަވަށްތަކުގެ ރައްޔިތުންނާ އެކު ވެސް ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ އައްޑޫގެ ތަރައްގީގެ މަޝްރޫތަކާއި އަންނަ އަހަރަށް އެކުލަވާލާ ބަޖެޓް ފަދަ ކަންކަމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
އައްޑޫ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދީފި
އައްޑޫގެ ފެން މީޓަރުން ނަގާ 30ރ. އުނިކޮށްފި
އައްޑޫގައި ވެސް މޭޔަރުގެ މަގާމް މިފަހަރު ވާދަވެރި!
ނުވެހުރި ކަންކަން ސަރުކާރަށް ހުށަހަޅާނަން: ސޯބެ
އައްޑޫ މޭޔަރުގެ މާޔޫސް ވާހަކަތައް!
ރައީސް، އައްޑޫ މެމްބަރުންނާއި ކައުންސިލާއެކު ބައްދަލުވުމެއް
ހައްގު ބަސް ބުނުން ނުހުއްޓުވޭނެ: އައްޑޫ މޭޔަރު
އައްޑޫ ސިޓީ ކައުންސިލް އުވާލަފާނެ ކަމުގެ އިންޒާރު ދީފި
އައްޑޫ މޭޔަރާއި ތިން ކައުންސިލަރަކު ސަސްޕެންޑްކޮށްފި