މަރުވެފައިވާ ކަމަށް ރަޖިސްޓްރީވެފައި އޮތުމުން އެއީ ދޮގެއްކަން ސާބިތުކޮށްދޭން ކޯޓަށް ހާޒިރުވުމުން ވެސް އެކަން ބަދަލުކުރެވެން ނެތް ކަމަށް ރުމޭނިއާ މީހެއްގެ މައްޗަށް ހުކުމް ކޮށްފި އެވެ.
މަރުވެފައިވާ ކަމަށް ރަޖިސްޓްރީވެފައި އޮތުމުން އެއީ ދޮގެއްކަން ސާބިތުކޮށްދޭން ކޯޓަށް ހާޒިރުވުމުން ވެސް އެކަން ބަދަލުކުރެވެން ނެތް ކަމަށް ރުމޭނިއާ މީހެއްގެ މައްޗަށް ހުކުމް ކޮށްފި އެވެ.
ކޮންސްޓަންޓިން ރެލިއު، 63، މަރުވެފައިވާ ކަމަށް ރުމޭނިއާގެ ރަސްމީ ލިޔުންތަކުގައި ލިޔެފައި ވަނީ އޭނާ 1992 ވަނަ އަހަރު ތުރުކީ އަށް ގޮސް އެއްވެސް ޚަބަރެއް ނުވާތާ އެތައް އަހަރެއް ވުމުންނެވެ. ރެލިއުގެ އަނބިމީހާ ބުނެފައި ވަނީ 1999 ވަނަ އަހަރުގެ ފަހުން ފިރިމީހާގެ ޚަބަރެއް ނުވާ ކަމަށެވެ. އެހެންވެ ފިރިމީހާ މަރުވީ ކަމަށް ކަނޑައަޅައި 2016 ވަނަ އަހަރު ވަނީ މަރުގެ ސެޓްފިކެޓް ހައްދައިފަ އެވެ.
ރެލިއު މަރުނުވާކަން އެނގުނީ ވިސާ ހަމަވި ފަަހުން ތުރުކީގައި އުޅެނިކޮށް ހައްޔަރުކޮށް ޑިޕޯޓްކޮށްލުމުންނެވެ. އެކަމަކު ރުމޭނިއާއަށް ދިއުމުން އެނގުނީ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމެވެ. އެހެންވެ އެއްވެސް ތަނަކުން ވަޒީފާއެއް ވެސް ނުލިބުނެވެ.
ރެލިއު މި މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް އޭރު އޮތީ މައްސަލަ އިސްތިއުނާފު ކުރުމަށް އޮތް މުއްދަތު ވެސް ހަމަވެފަ އެވެ.
"ރަސްމީކޮށް ބަލާއިރު އަހަރެން މި ހުރީ މަރުވެފައި. އެކަމަކު މަރެއް ނުވޭ. މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ވާތީ އާމްދަނީ ލިބޭނެ ގޮތެއް ވެސް ނެތް. ކުރެވޭނެ އެއްވެސް ކަމެއް ނެތް،" ރެލިއު ބުންޏެވެ.
ރެލިއު ބުނީ ތުރުކީގައި އޭނާގެ އަމިއްލަ ވިޔަފާރިއެއް ފަށާފައިވާ ކަމަށާއި އެކަމަކު އަލުން ތުރުކީއަށް ދެވެން އޮތީ މަރުނުވާކަން ސާބިތުކޮށް އައިޑެންޓިޓީއެއް ލިބިގެން ކަމަށެވެ.
ބްރަޔަންޓްގެ މަރު 2012 ވަނަ އަހަރުގެ ޓްވީޓެއްގައި
"އެންމެ އެކަނިވެރި" އަސްދޫނި މަރުވެއްޖެ
ނައިޖީރާ މީހަކު ބީއެމްޑަބްލިއު ކާރާ އެކު ވަޅުލައިފި
ކޭޕޮޕް ލަވަކިޔުންތެރިޔާ ވީސަން މަރުވެއްޖެ
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ބޮލީވިއާގައި ހިނގި ދެ އެކްސިޑެންޓެއްގައި 70 މަރު
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް
މަޑިފުށީގައި ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ