އެމެރިކާގެ ތާރީހު ދުށް އެންމެ މޮޅު އެއް ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ކަމަށްވާ ކޯބީ ބްރަޔަންޓް، ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާއެއްގައި އާދީއްތަ ދުވަހު މަރުވެފައި ވާއިރު އޭނާ ނިމިގެން ދާނީ މިގޮތަށް ކަމަށް ބުނެ 2012 ވަނަ އަހަރު މީހަކު ކޮށްފައިވާ ޓްވީޓަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
އެމެރިކާގެ ތާރީހު ދުށް އެންމެ މޮޅު އެއް ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ކަމަށްވާ ކޯބީ ބްރަޔަންޓް، ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާއެއްގައި އާދީއްތަ ދުވަހު މަރުވެފައި ވާއިރު އޭނާ ނިމިގެން ދާނީ މިގޮތަށް ކަމަށް ބުނެ 2012 ވަނަ އަހަރު މީހަކު ކޮށްފައިވާ ޓްވީޓަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
ކޯބީ ބްރަޔަންޓާއި އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅާއި އިތުރު ހަތް މީހަކު މަރުވީ އެ މީހުން ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓިގެންނެވެ.
ދުނިޔެ ސިހުނު މި ޚަބަރާ އެކު އެންމެ ބޮޑަށް ވައިރަލްވީ ބްރަޔަންޓް ނިމިގެން ދާނީ ހެލިކޮޕްޓަރެއް ވެއްޓިގެން ކަމަށް ނޮވެމްބަރު 14، 2012 ގައި މީހަކު ކޮށްފައި އޮތް ޓްވީޓެކެވެ.
"ކޯބީގެ ނިމުން އަންނާނީ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއަކުން،" ނޯސޯ ނަމަކަށް ކިޔާ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައިވެ އެވެ.
Kobe is going to end up dying in a helicopter crash
— .Noso (@dotNoso) November 13, 2012
ކޯބީ ބްރަޔަންޓް މަރުވާނީ ހެލިކޮޕްޓަރެއް ވެއްޓިގެން ކަމަށް ބުނެ ކޮށްފައިވާ ޓްވީޓް
ޓްވީޓެއް ކުރުމަށް ފަހު އެޑިޓް ކުރެވޭނެ ގޮތެއް ނޯންނާތީ، މިއީ ހާދިސާގެ އަށް އަހަރު ކުރިން ކޮށްފައިވާ އޮތް ޓްވީޓެއްކަން ކަށަވަރުވެ އެވެ.
މި ޓްވީޓާ މެދު އެއްބަޔަކު ބިރުން ވާހަކަ ދެއްކި އިރު އަނެއް ބަޔަކު ބުނަނީ މިއީ ބޮޑު ފޭކެއް ކަމަށާއި އިއްތިފާގު ނޫން އެއްވެސް ކަމެއް ނެތް ކަމަށެވެ.
ސަމާލުކަން ލިބުނު ޓްވީޓް ދެ ލައްކައެއްހާ ފަހަރު ރިޓްވީޓްކޮށް އެތައް ލައްކަ ލައިކެއް ލިބިފައިވެ އެވެ. މި ޓްވީޓް ކުރި މީހާ، ކޯބީގެ މަރަށް ފަހު، ޓްވީޓާ މެދު ހިތާމަކޮށް މާފަށް އެދިފައިވެ އެވެ.
"އެންމެ އެކަނިވެރި" އަސްދޫނި މަރުވެއްޖެ
ނައިޖީރާ މީހަކު ބީއެމްޑަބްލިއު ކާރާ އެކު ވަޅުލައިފި
ދުނިޔޭގައި ހުއްޓަސް "މަރުވެފައި" ހުރި މީހެއް
ކޭޕޮޕް ލަވަކިޔުންތެރިޔާ ވީސަން މަރުވެއްޖެ
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ބޮލީވިއާގައި ހިނގި ދެ އެކްސިޑެންޓެއްގައި 70 މަރު
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް
މަޑިފުށީގައި ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ