ޕެސިފިކްގެ ކުޑަކުޑަ ރަށެއްގައި އެކަނި އުޅުނު، ދުނިޔޭގެ އެންމެ އެކަނިވެރި އަސްދޫނީގެ ގޮތުގައި މަޝްހޫރުވި ދޫނި މަރުވެ، އެތައް ބަޔަކު އެކަމާ ހިތާމަ ފާޅުކުރަމުން އެބަދެ އެވެ.
ޕެސިފިކްގެ ކުޑަކުޑަ ރަށެއްގައި އެކަނި އުޅުނު، ދުނިޔޭގެ އެންމެ އެކަނިވެރި އަސްދޫނީގެ ގޮތުގައި މަޝްހޫރުވި ދޫނި މަރުވެ، އެތައް ބަޔަކު އެކަމާ ހިތާމަ ފާޅުކުރަމުން އެބަދެ އެވެ.
ނިއު ޒީލެންޑާ ދޮޅު ހާސް މޭލު ދުރުގައި އޮންނަ ނިއުއީ އިން މި އަސްދޫނި ފެނި މަޝްހޫރުވީ މިދިޔަ އަހަރު އެރަށަށް ޒިޔާރަތްކުރި ނިއު ޒީލެންޑުގެ ނޫސްވެރިއެއްގެ ސަބަބުންނެވެ. ގުދުރަތީ ފެން ކޯރުތައް ނުހުންނަ ނިއުއީ އިން އެކަނިމާއެކަނި ފެނުނު މި އަސްދޫންޏަކީ އެ ރަށުގައި އުޅޭ ހަމައެކަނި އޭގެ ދޫނި ކަމަށްވެ އެވެ.
ތޫފާނެއްގައި ބެހިގެން ނިއުއީ އަށް ދެވުނު ކަމަށް ބެލެވޭ އަސްދޫންޏަށް ހާއްސަކޮށް ހަދާފައިވާ ފޭސްބުކް ޕޭޖެއްގައި ބުނީ އެސޮރު މަރުވީ ކުއްތާއެއްގެ ހަމަލާގައި ކަމަށެވެ.
ނިއުއީގެ ޗެމްބާ އޮފް ކޮމާސްގެ ޗީފް އެގްޒެކަޓިވް ރާއީ ފިންޑްލޭ ވެސް ވަނީ ޓްރެވާ މަރުވެއްޖެކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނީ މިއީ ނިއުއީ އަށް ހިތާމައިގެ ވަގުތެއް ކަމަށެވެ.
"ޓްރެވާ ވަނީ މި ރަށުގެ 1،600 މީހުންގެ ސަމާލުކަން ހޯދައި މި ރަށަށް އަހަރަކު 9،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރުމުގެ ސަބަބަކަށް ވެފައި،" އޭބީސީ ނިއުސް އަށް ފިންޑްލޭ ބުންޏެވެ.
އޭނާ ބުނީ ހިކިފައި އޮތް ފެންގަނޑު ކައިރީ އުޅޭ ކުކުޅު ހާ ވެސް، ޓްރެވާ ނެތުމުގެ ފަޅުކަން އިހްސާސްކުރާހެން ހީވާ ކަމަށެވެ.
ބްރަޔަންޓްގެ މަރު 2012 ވަނަ އަހަރުގެ ޓްވީޓެއްގައި
ނައިޖީރާ މީހަކު ބީއެމްޑަބްލިއު ކާރާ އެކު ވަޅުލައިފި
ދުނިޔޭގައި ހުއްޓަސް "މަރުވެފައި" ހުރި މީހެއް
ކޭޕޮޕް ލަވަކިޔުންތެރިޔާ ވީސަން މަރުވެއްޖެ
"ކޮތަރުތަކަށް ޖެހުނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް"
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ބޮލީވިއާގައި ހިނގި ދެ އެކްސިޑެންޓެއްގައި 70 މަރު
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް
މަޑިފުށީގައި ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ