Roadha Mihaaru
އީ-ސިނގިރޭޓުން ލިބިދާނެ ބޮޑު ގެއްލުމެއްގެ އިންޒާރު

އީ-ސިނގިރޭޓުން ލިބިދާނެ ބޮޑު ގެއްލުމެއްގެ އިންޒާރު

20 މާޗް 2018

ސިނގިރޭޓަށް ވުރެ ސިއްހަތަށް ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައި އީ-ސިނގިރޭޓް ޕްރޮމޯޓްކުރި ނަމަވެސް އެއީ ވެސް ސިއްހަތަށް ގެއްލުން ލިބޭ އެއްޗެއްކަން ފަހުގެ ހޯދުންތަކުން އަންނަނީ ސާބިތުވަމުންނެވެ. އާ ދިރާސާއަކުން ދައްކަނީ އީ-ސިނގިރޭޓު ބުއިމުން ލިވަ އަށް ފެޓް ޖަމާވެ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމަށެވެ.

އެންޑޮކްރައިން ސޮސައިޓީގެ 100 ވަނަ އަހަރީ ބައްދަލުވުމަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ އީ-ސިނގެރޭޓުގެ ދުމަށް ހުށަހެޅޭ ގޮތަށް މީދާތަކެއް ގެންގުޅެގެން ކުރި ދިރާސާއިން މީދާތަކުގެ ލިވަ އަށް ފެޓް ޖަމާވާކަން އެނގުނު ކަމަށެވެ.

"އެހެންވެ އީ-ސިނގިރޭޓަކީ އެ ބުނާހާ ރައްކާތެރި އެއްޗެއް ނޫން ކަމަށް ދިރާސާގެ ނަތީޖާއަށް ބަލައި ނިންމީ،" ދިރާސާގައި އިސްކޮށް ހުންނެވި، ޗާލްސް އާރް. ޑްރޫ ޔުނިވަސިޓީ އޮފް މެޑިސިން އެންޑް ސައިންސްގެ ޕްރޮފެސަރު ތިއޮޑޯ ސީ. ފްރައިޑްމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީ-ސިނގިރޭޓާ މެދު ސިއްހީ ގޮތުން އަދި ރެގިއުލޭޓަރީ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ފްރައިޑްމަން ވިދާޅުވީ އީ-ސިނގެރެޓުގައި ވެސް ނިކޮޓިން ހުންނަ ކަމަށާއި އަދި އޭގައި ހުންނަ މާއްދާތަކުގެ ސަބަބުން ފެޓީ ލިވަ ޑިޒީޒް ޖެހޭ ކަމުގެ ހެކިތަކެއް މީގެ ކުރީގެ އެހެން ބައެއް ދިރާސާތަކުން ވެސް ލިބިފައިވާ ކަމަށެވެ. އެކަމަކު އީ-ސިނގިރެޓުން ދިގު މުއްދަތުގައި ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން އަދި އެހާ ރަނގަޅު ދިރާސާއެއް އަދި ނެތެވެ.

ދިރާސާ ޓީމުން ބުނީ އަލަށް ހެދި ދިރާސާއަކީ އީ-ސިނގިރޭޓުން ގެއްލުން ލިބޭތޯ ކުރެވޭ ބަހުސްގައި ވަކި ގޮތެއް ކަނޑައަޅަން ފަސޭހަވާނެ އަދި އެ ކަންކަމާ ގުޅުން ހުރި ސިޔާސަތު ކަނޑައަޅާ މީހުންނަށް ވެސް އެހީއަކަށް ވާނެ ދިރާސާއެއް ކަމަށެވެ.