Roadha Mihaaru
އެއާޕޯޓެއް ހަދަން ނިންމި މާފިނޮޅު ވަރުވާ އަށް

އެއާޕޯޓެއް ތަރައްގީކުރަން ނިންމި މާފިނޮޅު ވަރުވާ އަށް ދޫކުރަން އިއުލާންކޮށްފި

20 މާޗް 2018

ހއ. މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމައި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައި ވަނިކޮށް އެ ރަށް ވަރުވާ އަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހއ. މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމައި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައި ވަނިކޮށް އެ ރަށް ވަރުވާ އަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ވަރުވާ ދޫކުރަން އެ މިނިސްޓްރީން މިއަދު އިއުލާން ކުރި ފަޅުރަށްތަކުގެ ތެރޭގައި މާފިނޮޅާ އެކު 25 ރަށެއް ހިމެނެ އެވެ. އިއުލާނުގައިވާ ގޮތުން އެ ރަށްތައް ވަރުވާ އަށް ނަގަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ބިޑް ފޯމް ވިއްކަން ފަށާނެ އެވެ. އަދި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައިވާތީ 14.60 ހެކްޓަރުގެ އެ ރަށުގެ އީއައިއޭ ހަދައި ދޭނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް އިން އެންމެ ފަހުން އިއުލާން ކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އީއައިއޭ ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ މާދަމާގެ ނިޔަލަށް ހުޅުވާލައިފަ އެވެ. ހޯރަފުށި ކައިރީ އޮންނަ މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައިވާން އިއުލާން ކުރީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އަބްދުﷲ ޔާމީނެވެ.