Roadha Mihaaru
ހޯރަފުށީ އެއާޕޯޓް: ފޮޓޯތަކުން ފެންނަނީ ބޮޑެތި ގެއްލުން

ހޯރަފުށީ އެއާޕޯޓް: ފޮޓޯތަކުން ފެންނަނީ ބޮޑެތި ގެއްލުން

18 މެއި 2021

ހއ. ހޯރަފުށީ ފަޅުތެރެއިން ބިމެއް ހިއްކައިގެން ހެދި އެއާޕޯޓަށް، މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް ވި އިރު އެންމެ ބޮޑުވަރުވީ އެއާޕޯޓާއި ރަށާ ގުޅުވާލަން ހަދާފައި އޮތް މަގަށެވެ. ރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި މިދިޔަ ހުކުރު ދުވަހު އެ ރަށަށް އެރި އުދައިގެ ރާޅުތައް މައިތިރިވިއިރު، މި މަގުގެ ތާރުގަނޑުގެ މަތީ އޮތީ ދޮންވެއްޔާއި ގަލުގެ ފަށަލައެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުން 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މި އެއާޕޯޓްގައި މި ގަދަ ރާޅުތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ނުކުރާ ތަނެއް މަދެވެ.

މިދިޔަ ހުކުރު ދުވަހު އުދައަރައި ހޯރަފުށީ އެއާޕޯޓަށް ގެއްލުންވެފައި.

މިދިޔަ ހުކުރު ދުވަހު އުދައަރައި ހޯރަފުށީ އެއާޕޯޓަށް ގެއްލުންވެފައި.

މަގުގެ އަޑިން ވެސް ވެލިގަނޑު ކެހިފައި ހުރި މަންޒަރު ފޮޓޯތަކުން ފެނެ އެވެ. ތާރުގަނޑުގެ ބައެއް ބައިތައް ވެސް ކަނޑައިގެން ގޮސްފައި އެބަހުއްޓެވެ. އަދި މަގު އަލިކުރަން ހަރުކޮށްފައި ހުރި މަގު ބައްތިތައް ވެސް ހުރީ ވެއްޓިފަ އެވެ. ވަޅުލާފައި ހުރި ކަރަންޓު ކޭބަލްތައް ވެސް ހުރީ ފެންނާށެވެ.

މަތިންދާބޯޓު ޖައްސާ ރަންވޭއަށް މާ ބޮޑު ގެއްލުމެއް ނުވެ އެވެ. ނަމަވެސް، ހިއްކި ބިމުން ރިވެޓްމަންޓް ނުޖަހަ އޮތް، ރަންވޭގެ ހުޅަނގު ފަރާތު ސަރަހައްދަށް ރާޅު އަރައި އޮތީ ވެލިގަނޑު ވަރަށް ބޮޑަށް ގިރާލައިފަ އެވެ.

މިދިޔަ ހުކުރު ދުވަހު އުދައަރައި ހޯރަފުށީ އެއާޕޯޓަށް ގެއްލުންވެފައި

މިދިޔަ ހުކުރު ދުވަހު އުދައަރައި ހޯރަފުށީ އެއާޕޯޓަށް ގެއްލުންވެފައި

އުދައިގައި އެއާޕޯޓް ޓާމިނަލަށް ވެސް ފެން ވަދެ ވަނީ ގެއްލުންތައް ވެފަ އެވެ. ގަދަ ވައިގައި ޓާމިނަލުގެ ގޭޓު ވަނީ ވެއްޓިފަ އެވެ. ޓާމިނަލުގެ ކުރިމަތީގައި ރުއްތައް އިންދައިފައި ހުރި ސަރަހައްދުގެ ވެލިގަނޑު ވެސް އޮތީ ވަރަށް ބޮޑަށް ގިރާލައި އަލުން ވެލި އަޅަންޖެހޭ ވަރު ވެފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ވިއްސާރަށް ފަހު ހޯރަފުށީ އެއާޕޯޓް އޮތް ގޮތް

މިދިޔަ ހުކުރު ދުވަހުގެ ވިއްސާރަށް ފަހު ހޯރަފުށީ އެއާޕޯޓް އޮތް ގޮތް

ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް ބަލަން އެމްޓީސީސީގެ ޓީމެއް އެ ރަށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ކުރިން ވަނީ ވިދާޅުވެފަ އެވެ.

"މި ހަފުތާ ފަހުކޮޅު، ބުރާސްފަތިހާ ތަނުގައި، ލިބުނު ގެއްލުންތަކުގެ ތަފުސީލު ލިބޭނެ،" ރިޒްވީ ވިދާޅުވި އެވެ.

އެއާޕޯޓަށް ރާޅު އަރައި ވެލިގަނޑު ހަލާކުވެފައި

އެއާޕޯޓަށް ރާޅު އަރައި ވެލިގަނޑު ހަލާކުވެފައި

ހޯރަފުއްޓާއި އެ ރަށާ އެއް ފަޅުގައި ހުރި ރަށްތަކަށް މީގެ ކުރިން ދުވަހަކު ވެސް އުދައަރައިގެން މިހާ ބޮޑު ގެއްލުމެއް ލިބުނު ކަމެއް ނޭނގެ އެވެ.

ރިޒްވީ ކުރިން ވިދާޅުވެފައި ވަނީ ހޯރަފުށީ އެއާޕޯޓް އޮތީ އިންޝުއާ ވެސް ނުކޮށް ކަމަށާއި އެހެން ކަމުން ލިބުނު ގެއްލުންތައް ވަރަށް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އެއާޕޯޓަށް އެހާ ބޮޑަށް އުދަ އެރީ އެތަން ހެދިއިރު ވަށައިގެން ތޮށި ލާފައި ނެތުމުންނެވެ.

މިދިޔަ ހުކުރު ދުވަހު އުދައަރައި ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް.

މިދިޔަ ހުކުރު ދުވަހު އުދައަރައި ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް.

މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ކަމަށްވާ ހޯރަފުށީ އެއާޕޯޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައި ދެއްވީ ނޮވެމްބަރު 19، 2020 ގަ އެވެ.

މިދިޔަ ހުކުރު ދުވަހު އުދައަރައި ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް.

މިދިޔަ ހުކުރު ދުވަހު އުދައަރައި ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތައް.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.