Roadha Mihaaru
ނައިޖީރިއާގައި ކިޑްނެޕްކުރި ގިނަ ކުދިން ދޫކޮށްލައިފި

ނައިޖީރިއާގައި ކިޑްނެޕްކުރި ގިނަ ކުދިން ދޫކޮށްލައިފި

21 މާޗް 2018

އަބޫޖާ (މާޗް 21) - ނައިޖީރިއާގައި މިދިޔަ މަހު ކިޑްނެޕްކުރި 110 އަންހެން ދަރިވަރުންގެ ތެރޭން ގިނަ ކުދިން މިއަދު ދޫކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަބޫޖާ (މާޗް 21) - ނައިޖީރިއާގައި މިދިޔަ މަހު ކިޑްނެޕްކުރި 110 އަންހެން ދަރިވަރުންގެ ތެރޭން ގިނަ ކުދިން މިއަދު ދޫކޮށްލައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ޑަޕްޗީ އަވަށުން ވަގަށް ނެގި ކުދިންގެ ތެރޭން 101 ކުއްޖަކު މިއަދު ވަރަށް ހެނދުނާ އެ އަވަށަށް ދޫކޮށްލާފައިވާ ކަމަށެވެ. ސިފައިން ވަނީ ހަނގުރާމަވެރިން އެ އަވަށަށް ވަނުމުގެ ފުރުސަތު ދީފަ އެވެ. އަދި އެއްވެސް ހަމަލާއެއް ވެސް ދީފައެއް ނުވެ އެވެ. އެކަމަކު ހަނގުރާމަ ވެރިންނަށް އެއްވެސް އަގެއް ދިން ކަމަށް ސަރުކާރުން އެއްބަހެއް ނުވެ އެވެ. ބައެއް ބެލެނިވެރިން ބުނީ ވަގަށް ނެގި ކުދިން އަވަށަށް ދޫކޮށްލުމަށް ފަހު ހަނގުރާމަވެރިން ވަނީ ވަރަށް އަވަހަށް ނައްޓާލައިފައި ކަމަށެވެ. އަދި ކުދިން ސްކޫލަށް ނުފޮނުވުމަށާއި ފޮނުވާ ނަމަ ދެން ވެސް ކިޑްނެޕްކުރާނެ ކަމަށް އިންޒާރު ދިން ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކިޑްނެޕްކުރުމުގެ ތެރޭގައި ފަސް ކުއްޖަކު ވަނީ މަރުވެފަ އެވެ. އަދި ކްރިސްޓިއަން ކުއްޖަކު އަދިވެސް ވީ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ކަމަށްވެ އެވެ. އެ ކުއްޖާ ދޫކޮށްނުލީ އިސްލާމްވާން ދެކޮޅު ހެދުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ސަލާމަތްވި ކުއްޖަކު ފޯނުން ބުނެފައި ވަނީ ފަސް ކުދިން މަރުވެފައި ވަނީ ގަދަކަމުން ބަހަށް އަރުވާ ދުއްވާލަން އުޅުމުގެ ތެރޭގައި ވެހިކަލް ދަށުވެގެން ކަމަށެވެ. ސަލާމަތްވި ކުއްޖާ ބުނީ ވެހިކަލުގައި އެ މީހުން ގެންދިޔައީ ޖަންގައްޔަކަށް ކަމަށެވެ. އެ ކުދިންނަށް ރަނގަޅަށް ކާންދިންތޯ އެހުމުން ބުނީ ކައްކަން ޖެހުނީ އަމިއްލަ އަށް ކަމަށެވެ.

ސްކޫލް ކުދިންތައް ކިޑްނެޕްކުރީ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ. އެ ކުދިން ކިޑްނެޕްކޮށްފައި ވަނީ ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ކަމަށްވެ އެވެ.