ނައިޖީރިއާގެ ހުޅަނގު އުތުރު ސަރަހައްދުގައި އުޅޭ ހަތިޔާރު އެޅި ގުރޫޕަކުން ރަހީނުކުރި 100 މީހަކު އިއްޔެ ސަލާމަތްކޮށްފައިވާ ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
ނައިޖީރިއާގެ ހުޅަނގު އުތުރު ސަރަހައްދުގައި އުޅޭ ހަތިޔާރު އެޅި ގުރޫޕަކުން ރަހީނުކުރި 100 މީހަކު އިއްޔެ ސަލާމަތްކޮށްފައިވާ ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
ހަތިޔާރު އެޅި ގުރޫޕުގެ މީހުން، މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހު ރަހީނުކޮށްގެން ގެންދިޔަ 100 މީހުން މިނިވަންކުރި އިރު، އޭގެ ތެރޭގައި ގިނައީ ގާތުން ކިރުދޭ މައިންނާއި ކުޑަކުދިންނެވެ. ނައިޖީރިއާގެ ރަސްމީ އިދާރާތަކުން ބުނި ގޮތުގައި އެމީހުން ސަލާމަތްކުރަން ކުރި މަސައްކަތުގެ ތެރޭގައި، ހަތިޔާރު އެޅި ގުރޫޕުގެ ހަތަރު މީހަކު މަރުވި އެވެ.
ހުޅަނގު އުތުރު ނައިޖީރިއާގެ ސްޓޭޓެއް ކަމަށްވާ ޒަމްފަރާގެ ސަރަހައްދީ ސަރުކާރުން ބުނި ގޮތުގައި ރަހީނުކުރެވުނު މީހުން ސަލާމަތް ކުރީ، ހަތިޔާރު އެޅި މީހުންނަށް އެއްވެސް ފައިސާއެއް ނުދީ އެވެ. ނަމަވެސް އެމީހުން ސަލާމަތްކުރީ ކިހިނެއް ކަމެއް ޒަމްފަރާގެ ސަރުކާރުން ނުބުނެ އެވެ.
ސަލާމަތް ކުރެވުނު މީހުން، އެމީހުންގެ އާއިލާތަކާ ހަވާލު ކުރުމުގެ ކުރިން، އެމީހުންގެ ސިއްހީ ހާލަތު ވަޒަންކޮށް ކައުންސެލިން ދޭނެ ކަމަށް އިދާރާތަކުން ބުނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް، އެ ސަރަހައްދުން 1000 އަށް ވުރެ ގިނަ މީހުން ރަހީނުކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުން ސަލާމަތްކުރެވިފައިވާ އިރު، ގިނަ މީހުން ސަލާމަތްކުރީ، ހަތިޔާރު އެޅި މީހުން އެދުނު މިންވަރަށް ފައިސާ ދީގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ފައިސާ ނުދެވުނު ބައެއް މީހުން ވަނީ މަރާލައިފަ އެވެ.
ރަހީނުކުރުމުގެ ހާދިސާތައް އިތުރުވަމުން ދާތީ، ޒަމްފަރާ އާއި ކަޑޫނާ ސްޓޭޓް އަދި ކަޓްސީނާ ސްޓޭޓްގެ ރަށްފުށު ސަރަހައްދުތަކުގައި އުޅޭ ހަތިޔާރު އެޅި ގުރޫޕުތައް ނައްތައިލުމަށް، ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވަނީ ސިފައިންނަށް އަމުރު ކުރައްވައިފަ އެވެ.
ހަތިޔާރު އެޅި ގުރޫޕްތަކާ ދެކޮޅަށް މިދިޔަ ހަފުތާގައި، ނައިޖީރިއާގެ ވައިގެ ސިފައިން ދިން ހަމަލާތަކެއް ކުރިއަށް ދަނިކޮށް، ހަތިޔާރު އެޅި ގުރޫޕްގެ ބަޔަކު ދިން ހަމަލާއެއްގައި، އަސްކަރިއްޔާގެ މަތިންދާބޯޓެއް ވަނީ ވައްޓާލައިފަ އެވެ.
ނައިޖީރިއާގެ މާރުކޭޓަކަށް ބަޑިޖަހައި 20 މަރު
ނައިޖީރިއާ ސްކޫލެއްގެ 140 ދަރިވަރުން ރަހީނުކޮށްފި
އިންނަން އެއްބަސްވި އަންހެން އޮފިސަރަކު ހައްޔަރުކޮށްފި
ނައިޖީރިޔާ ސްކޫލެއްގެ ދަރިވަރުންތަކެއް ވަގަށް ނަގައިފި
ނައިޖީރިއާ އިން ވަގަށް ނެގި ސްކޫލް ކުދިންގެ ވާހަކަ
ފޭކް ކިޑްނެޕަކުން ދެ ލޯބިވެރިން ޖަލަށް
ނައިޖީރިއާގައި ކިޑްނެޕްކުރި ގިނަ ކުދިން ދޫކޮށްލައިފި
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި
ނައިޖީރިއާގައި ޕެޓްރޯލް ޓޭންކަރެއް ގޮވައި 70 މަރު