ނައިޖީރިޔާގެ ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު، އެ ގައުމުގެ މެދުތެރޭ ސްޓޭޓެއް ކަމަށްވާ ނައިޖަރްގައި ހިންގާ އިސްލާމީ މަދަރުސާއެއްގެ ދަރިވަރުންތަކެއް އިއްޔެ ވަގަށް ނަގައިފި އެވެ.
ނައިޖީރިޔާގެ ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު، އެ ގައުމުގެ މެދުތެރޭ ސްޓޭޓެއް ކަމަށްވާ ނައިޖަރްގައި ހިންގާ އިސްލާމީ މަދަރުސާއެއްގެ ދަރިވަރުންތަކެއް އިއްޔެ ވަގަށް ނަގައިފި އެވެ.
ހަތިޔާރު އެޅި ޖަމާއަތުގެ ބަޔަކު، ހަތިޔާރާއެކު އެ މަދަރުސާއަށް ވަދެގަތް އިރު، އެ މަދަރުސާގައި ދުއިސައްތައެއްހާ ދަރިވަރުން ތިއްބެވެ. އޭގެ ތެރެއިން، ވަގަށް ނަގައިގެން ގެންދިޔައީ ކިތައް ދަރިވަރުންކަން އަދި މުޅިން ސާފުނުވާ ކަމަށް، ނައިޖީރިޔާ ސަރުކާރުން ބުނެ އެވެ.
ނައިޖަރް ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު ބުނި ގޮތުގައި ހަތިޔާރު އެޅި ބަޔަކު ސައިކަލުތަކުގައި އައިސް މަދަރުސާއަށް ވަދެގަތުމަށް ފަހު، ތަނެއްދޮރެއް ނުބަލައި ބަޑިޖަހަން ފެށީ އެވެ. އެ ހާދިސާގައި މަދަރުސާގެ މުވައްޒަފަކު މަރުވެ އިތުރު މުވައްޒަފަކަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ.
ހަތިޔާރު އެޅި މީހުން މަދަރުސާ ތެރޭގައި ބަޑިޖަހަން ފެށުމާއެކު، ދަރިވަރުންނާއި މުވައްޒަފުން ފުރާނަ ސަލާމަތް ކުރުމަށް އެކި ދިމަދިމާލަން ދުވަން ފެށި އެވެ. އަދި ހަތިޔާރު އެޅި މީހުން، ބައެއް ދަރިވަރުން ހިފެހެއްޓި މަންޒަރު ވެސް ފެނުނެވެ. ހަތިޔާރު އެޅި މީހުން މަދަރުސާ ދޫކޮށް ދިޔައިރު، ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ގެއްލިފަ އެވެ.
މަދަރުސާގެ ވެރިޔާ އަބޫބަކުރު ތެގީނާ، ރޮއިޓާސްއަށް ކިޔައިދިން ގޮތުގައި ހަތިޔާރުއެޅި މީހުން މަދަރުސާގެ ތެރެއަށް ވަދެގަތީ 20-25 ސައިކަލުގަ އެވެ. ގިނަ އަދަދެއްގެ ހަތިޔާރާއެކު އެމީހުން މަދަރުސާއަށް ވަދެގަނެ، ބަޑިޖެހުމަށް ފަހު، ނުކުމެގެން ދިޔައިރު، 150 އަށް ވުރެ ގިނަ ދަރިވަރުން ގެންދިޔަ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ބުންޏެވެ.
އެ މަދަރުސާގެ އެހެން އޮފިޝަލަކު ބުނި ގޮތުގައި ހަތިޔާރު އެޅި ޖަމާއަތުން ރަހީނުކޮށްގެން ގެންދިޔަ 100 އަށް ވުރެ ގިނަ ދަރިވަރުންގެ ތެރެއިން، އުމުރުން 4-12 އަހަރުގެ 11 ވަރަކަށް ކުދިން ވަނީ ދޫކޮށްލައިފަ އެވެ. ހަތިޔާރު އެޅި ޖަމާއަތްތަކުގެ މީހުން، ސްކޫލްތަކަށާއި ޔުނިވަސިޓީތަކަށް ހަތިޔާރާ އެކު ވަދެގަނެ، ދަރިވަރުން ރަހީނުކޮށްގެން ގެންދިޔުމަކީ ނައިޖީރިއާގައި ވަރަށް އާންމު ކަމެކެވެ. އެގޮތަށް ދަރިވަރުން ރަހީނުކުރަނީ، އެކުދިން މިނިވަންކުރުމުގެ ބަދަލެއްގެ ގޮތުން، ބެލެނިވެރިންގެ އަތުން ފައިސާ ހޯދުމަށެވެ.
ހުސްވި ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް، އެކި ސްކޫލްތަކާއި ޔުނިވަސިޓީތަކުން 700 އަށް ވުރެ ގިނަ ދަރިވަރުން ރަހީނުކޮށް، ބެލެނިވެރިންގެ އަތުން ފައިސާ ހޯދުމަށް ފަހު މިނިވަންކޮށްފައިވެ އެވެ. މިހާދިސާ މި ހިނގީ، ނައިޖީރިޔާގެ ހުޅަނގު އުތުރުގައި ހުންނަ ޔުނިވަސިޓީއެއްގެ 14 ދަރިވަރަކު، ވަގަށް ނަގައިގެން 40 ދުވަސް ވަންދެން ގެންގުޅުމަށް ފަހު މިނިވަންކުރިތާ އެއް ދުވަސް ފަހުންނެވެ.
ނައިޖީރިއާ އިން ވަގަށް ނެގި ސްކޫލް ކުދިންގެ ވާހަކަ
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ބަންދުގައި އިތުރު ހަރަކާތް ނުބާއްވަން އަލުން އަންގައިފި
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ
"އާއިލާގެ ސަޕޯޓް ދަށްވެ ސްކޫލްގެ ޕްރެޝަރު ބޮޑުވެއްޖެ"
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 28 ގައި
އަންނަ އަހަރު ގްރޭޑް 1 އަށް ވައްދަން ހުޅުވާލައިފި