Roadha Mihaaru
ބާބެކިއު ހަދައިގެން މާގިނައިން ނުކާތި

ބާބެކިއު ހަދައިގެން މާގިނައިން ނުކާތި

27 މާޗް 2018

މަހުގެ ބާވަތްތައް ފިހެގެންނާއި ރޯސްޓްކޮށްގެން މާ ގިނައިން ކެއުމުން ސިއްހަތަށް ނުރައްކާވާ ކަމަށް އެމެރިކާގެ ހާވަޑް ޓީއެޗް ޗަން ޕަބްލިކް ހެލްތު ސްކޫލުން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަހުގެ ބާވަތްތައް ފިހެގެންނާއި ރޯސްޓްކޮށްގެން މާ ގިނައިން ކެއުމުން ސިއްހަތަށް ނުރައްކާވާ ކަމަށް އެމެރިކާގެ ހާވަޑް ޓީއެޗް ޗަން ޕަބްލިކް ހެލްތު ސްކޫލުން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

ދިރާސާގައި ބުނާ ގޮތުން މަހުގެ ބާވަތްތައް ސީދާ އަލިފާނަށް ލައިގެން އޭގެ ޓެމްޕޭޗަރު މަތިކޮށް ރޯފިލުވާއިރު، ލޭގެ ޕްރެޝަރު މަތިކޮށްދޭ ކެމިކަލެއް ކަމަށްވާ ހެޓްރޮސައިކްލިކް އެރޮމެޓިކް އެމީންސް (އެޗްއޭއޭ) މަހުގައި އުފެދޭ ކަމަށެވެ. އަދި އޭގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދާން މަގުފަހި ކުރާ ކަމަށެވެ.

ދިރާސާއިން މިހެން ދެއްކިޔަސް ކަންބޮޑުނުވާށެވެ. މަހެއް ފިހެލައިގެން ކާލިޔަކަށް މާބޮޑު ނުރައްކަލެއް ނެތެވެ. ދިރާސާގައި ބުނެފައިވާ ގޮތުގައި ބާބެކިއު ހަދައިގެން މަހެއްގެމައްޗަށް، 15 ވަރަކަށް ފަހަރު މަހުގެ ބާވަތްތައް ކެއުމުން ލޭގެ ޕްރެޝަރު މަތިވުމުގެ ނުރައްކާ 17 ޕަސެންޓަށް ބޮޑުވާ ކަމަށެވެ.

މި ދިރާސާގައި އިރުޝާދު ދީފައި ވަނީ ބާބެކިއު ހަދައިގެން މަސް ކެއުމުގެ ބަދަލުގައި އެހެން ގޮތްތައް ޚިޔާރު ކުރުމަށެވެ.