ބާލިން (މާޗް 27) - ޖަރުމަން ފުލުހުން ހައްޔަރު ކުރި ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން ސްޕޭނަށް ފޮނުވުމާ މެދު ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ޖަރުމަނުގެ ކޯޓަކުން އިއްޔެ އަމުރު ކޮށްފި އެވެ.
27 މާޗް 2018
ބާލިން (މާޗް 27) - ޖަރުމަން ފުލުހުން ހައްޔަރު ކުރި ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން ސްޕޭނަށް ފޮނުވުމާ މެދު ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ޖަރުމަނުގެ ކޯޓަކުން އިއްޔެ އަމުރު ކޮށްފި އެވެ.
ކެޓޯނިއާގެ މިނިވަންކަން އިއުލާން ކުރަން އެ ގައުމުގެ ޕާލަމެންޓުން ނިންމި ހިސާބުން ޕުޖްޑެމޮން ހައްޔަރު ކުރަން ސްޕޭނުން ވަނީ އަމުރު ނެރެފަ އެވެ. ޕުޖްޑެމޮންގެ ގާނޫނީ ޓީމުން އޭނާ ދޫކޮށްލަން ހުށަހެޅި ނަމަވެސް ޖަރުމަނުގެ އުތުރުގެ ސަރަހައްދީ ކޯޓަކުން ވަނީ އޭނާ ސްޕޭނަށް ފޮނުވުމާ މެދު ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ގޮތެއް ނިންމަންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ޖަރުމަނުގެ ގާނޫނުތައް ބުނާ ގޮތުން އެ ގައުމުން ހައްޔަރު ކުރާ މީހަކު އެހެން ގައުމަކަށް ފޮނުވުމާ މެދު ގޮތެއް ނިންމަން 60 ދުވަސް ނަގާނެ އެވެ. ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްގެ ތަރުޖަމާނަކު އިއްޔެ ވިދާޅުވީ ޕުޖްޑޮމެން ސްޕޭނަށް ފޮނުވުމާ މެދު ގޮތެއް ނިންމުމުގެ ބާރު އޮތީ އޭނާ ހައްޔަރު ކުރި ސަރަހައްދުގެ ކޯޓުތަކަށް ކަމަށެވެ.
ސްޕޭނުގެ ބޮޑު ވަޒީރުގެ ނައިބް ސޮރަޔާ ސައެންޒް ޑި ސަންޓަމާރިއާ ވަނީ ޕުޖްޑެމޮން ހައްޔަރު ކުރުމުން ތައުރީފްކޮށްފަ އެވެ. އަދި ޝަރީއަތަށް ފިލައިގެން އެކަކަށް ވެސް އަބަދު ނޫޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕުޖްޑެމޮންގެ އިތުރުން ކެޓަލޯނިއާގެ ކުރީގެ ނުވަ ލީޑަރަކު މިހާރު ތިބީ ސްޕޭނުގެ ޖަލުގަ އެވެ.
ޕުޖްޑެމޮން ހައްޔަރު ކުރަން ސްޕޭނުން އޮކްޓޯބަރު މަހު ނެރުނު އަމަރު މިދިޔަ ހުކުރު ދުވަހު އަލުން އާ ކުރި އިރު އޭނާ ހެންނެވީ ފިންލެންޑުގަ އެވެ. ނަމަވެސް އަމުރު ނެރުމާ އެކު ވަނީ އެ ގައުމުން ފުރާވަޑައިގެންފަ އެވެ. އޭނާ ހައްޔަރު ކުރީ ޑެންމާކުން ޖަރުމަނަށް ވަދެ އެ ގައުމުގައި ދަތުރު ކުރައްވާފައި ދަނިކޮށެވެ. ޕުޖްޑެމޮން ވަޑައިގަންވަން އުޅުއްވީ ބެލްޖިއަމަށެވެ. ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލި ފަހުން ޕުޖްޑެމޮން ދިރިއުޅުއްވަނީ ބެލްޖިއަމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ.
ސްޕޭނުގެ ކެޓަލޯނިއާ އިން ދެލައްކަ މީހުން ލޮކްޑައުންއަށް
ކެޓަލޯނިއާގެ ލީޑަރުންނަށް ހުކުމް ކުރުމުން ހަމަނުޖެހުން
ޕުޖްޑެމޮން ހައްޔަރުކުރުމުގެ އަމުރު ސްޕޭނުން ބާތިލްކޮށްފި
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ސްޕޭނަށް ފޮނުވާލުމުގެ ހުއްދަދީފި
ބެލްޖިއަމަށް ވަޑައިގެންނެވޭނެ ކަމަށް ޕުޖްޑެމޮން އުއްމީދު ކުރައްވާ
ޖަލުން ނެރުނު ޕުޖްޑެމޮން މަޝްވަރާ އަށް ގޮވާލައްވައިފި
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކޯޓުން މިނިވަން ކޮށްފި
މިނިވަންކަމުގެ މަސައްކަތަށް ހުއްޓުމެއް ނެތް: ޕުޖްޑެމޮން
މިނިވަންކަން ހޯދާފައި ނޫނީ އަމާން ނުދޭނަން: ޕުޖްޑެމޮން
ކެޓަލޯނިއާގެ ކުރީގެ ރައީސް ޖަރުމަނުގެ ކޯޓަކަށް ހާޒިރުކުރަނީ