Roadha Mihaaru
ނޫސްވެރިޔާ ވިސާމާއި އާމިރު ދޫކޮށްލައިފި

ނޫސްވެރިޔާ ވިސާމާއި އާމިރު ދޫކޮށްލައިފި

27 މާޗް 2018

ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު އިންޒާރު ދޭ ވީޑިއޯއެއް ހެދި ކަމުގެ ތުހުމަތަށް ހައްޔަރުކުރި، ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި އާމިރު ސަލީމް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު އިންޒާރު ދޭ ވީޑިއޯއެއް ހެދި ކަމުގެ ތުހުމަތަށް ހައްޔަރުކުރި، ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި އާމިރު ސަލީމް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވިސާމާއި އާމިރު މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއްގެ މައްސަލާގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ދެ މީހުން ދޫކޮށްލަން ކޯޓުން މިއަދު އެންގީ ކުރިން އެ މީހުންގެ ބަންދަށް އިތުރުކޮށްދިން 10 ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.

ރާއްޖެ ޓީވީން ބުނެފައިވާ ގޮތުގައި އެ ދެ ނޫސްވެރިން ހައްޔަރުކުރީ އެ ސްޓޭޝަން ބަންދު ކުރުމުގެ ނިޔަތުގަ އެވެ. ގާނޫނާ ޚިލާފް އެއްވެސް ކަމެއް ކުރަން އެ ސްޓޭޝަނުން ހިތްވަރު ނުދޭ ކަމަށް ވެސް ބުންޏެވެ.

އެ ވީޑިއޯގެ މައްސަލާގައި އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ. އެ މީހާ ވެސް ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ވަނީ ދޫކޮށްލައިފަ އެވެ.