ރާއްޖެ ޓީވީގައި ރޯކޮށްލި މީހާ ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
16 ޑިސެމްބަރ 2021
ރާއްޖެ ޓީވީގައި ރޯކޮށްލި މީހާ ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މީގެ ހަތް އަހަރު ކުރިން އޮކްޓޫބަރު، 2013 ގައި ރާއްޖެ ޓީވީ ހިންގި އިމާރާތަށް ބަޔަކު ވަދެ، އެތަނުގައި ރޯކޮށްލުމުން އެތަނުގައި ހުރި ހުރިހާ ސާމާނެއް ވަނީ އަނދައި ހުލިވެފަ އެވެ. އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ދައުވާއަށް މީއާދު އިންކާރު ކުރިޔަސް، ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ. އެގޮތުން ހާދިސާ ހިނގި ރޭ އިތުރު ބަޔަކާ އެކު މީއާދު އެ އިމާރާތަށް ވަން ކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދިި އެ ހާދިސާ ހިނގިފަހުން އެ ސަަރަހައްދުން ފެނުނު އަންގިއަކުން އޭނާގެ ޑީއެންއޭ ފެނިފައިވާއިރު، އަލިފާނުގެ އަސަރު ކުރުމުން ފެންނާނެ ފަދަ ލަކުނުތަކެއް އޭނާގެ ހަށިގަނޑުން ފެނިފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެހެންވެ، އެ ކުށުގެ އަދަބެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ ދަށުން އޭނާ ދެ އަހަރަށް ޖަަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު އޭނާ އެ މައްސަލާގައި 63 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ ހުކުމުގެ މުއްދަތުން އެ ބައި އުނިކުރަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ކުރީ ޓެރަރިޒަމްގެ ދައުވާ ކަމަށް ވާއިރު، އޭރު އަމަލުކުރި ގާނޫނުގައި އެ ކުށަށް އޮންނަނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. އެކަމަކު އޭނާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އައީ އެ ހާދިސާ ހިނގިފަހުން ގާނޫނުލް އުގޫބާތު ވުޖޫދަށް އައިއިރު އެ ގާނޫނުގައި އެ ކުށަށް ލުއި އަދަބެއް ހިމަނާފައިވާތީ އާއި ފަހުން އަންނަ ގާނޫނުގައި ލުއި އަދަބެއް އޮވެއްޖެ ނަމަ، އެ މީހަކަށް ދޭންޖެހޭނީ ލުއި އަދަބު ކަމަށް ގާނޫނު އަސާސީގައި އޮންނާތީ އެވެ.
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި
"ކުނޫޒްގައި އޮތް ޖަލްސާއެއްގައި ބޮމެއް ގޮއްވަން ރޭވި"
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
ފަރުވާއަށް ދޫކުރި މުނީޒް ޝަރުތާ ހިލާފުވުމުން ބަންދަށް
އަދުހަމްގެ މައްޗަށް އަންގާރަ ދުވަހު ހުކުމް ކުރަނީ
ބޮމުގެ ހަމަލާ: އިތުރު ތިން މީހަކު ދައުވާއަށް އިންކާރު
ނަޝީދަށް ހަމަލާ ދިން ކަމަށް އަދުހަމް އެއްބަސްވެއްޖެ
ބޮމުގެ ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް 30ދުވަސް
ހަރުކަށި ފިކުރުގެ ބަޔަކު ހަމަލާއެއް ރާވާކަމުގެ ތުހުމަތު