Roadha Mihaaru
ރާއްޖޭގައި އަލަށް ތްރީޑީ ލެޕަރޮސްކޯޕިކް ސާޖަރީ ހަދައިފި

ރާއްޖޭގައި ފުރަތަމަ ތްރީޑީ ލެޕަރޮސްކޯޕިކް ސާޖަރީ އޭޑީކޭގައި ހަދައިފި

31 މާޗް 2018

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީޑީ ލެޕަރޮސްކޯޕިކް ސާޖަރީއެއް އޭޑީކޭގައި ހަދައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީޑީ ލެޕަރޮސްކޯޕިކް ސާޖަރީއެއް އޭޑީކޭގައި ހަދައިފި އެވެ.

ލެޕަރޮސްކޯޕިކް ސާޖަރީއަކީ އޮޕަރޭޝަން ކުރާ ގުނަވަނުގެ ކުޑަ ތަންކޮޅެއް ކަފާލައި، ހައި ޑެފިނިޝަން ތްރީޑީ ކެމެރާއެއް އެތެރެއަށް ފޮނުވައިގެން ކުރާ އޮޕަރޭޝަނެކެވެ. ރާއްޖޭގައި ކުރި އެފަދަ ފުރަތަމަ އޮޕަރޭޝަން އޭޑީކޭގައި ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލްގެ ސަންރައިޒް ތިއޭޓަރުގަ އެވެ.

ތިން ގަޑިއިރުގެ އެ އޮޕަރޭޝަންގެ ފޮޓޯތައް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފަ އެވެ. އަދި އޮޕަރޭޝަން ކުރަމުން ދިޔަ ވަގުތު ބަލި މީހާގެ ހަށިގަނޑުގެ އެތެރެ ކުލަކޮށް، ތްރީޑީކޮށް ނަގާފައިވާ ފޮޓޯތަކެއް އަފްއާލް އާންމުކުރެއްވި އެވެ.

އަފްއާލްގެ ޓްވީޓް

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީޑީ ލެޕްރޮސްކޯޕިކް ސާޖަރީއެއް ހެދިއިރު، އެ ހޮސްޕިޓަލުން ދާދިފަހުން ވަނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ކެތު ލެބަކާއި އޮޕަރޭޝަން ތިއޭޓަރެއް ވެސް ހުޅުވައިފަ އެވެ.

އެ ތިއޭޓަރުގައި ބޭނުންކުރަން ފެށި އެއް ވަސީލަތް ކަމަށްވާ ސްޕައި މެޝިނަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެެރެއިން އިންޑިއާ ފިޔަވައި އެހެން ގައުމެއްގައި އެފަދަ މެޝިނެއް ބޭނުންކުރަން ފެށި ފުރަތަމަ ފަހަރެވެ.