ރާއްޖޭގެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިންޑަސްޓްރީގެ އިސްބޭފުޅުންނާއެކު ބާއްވާ އެންމެ ބޮޑު ފޯރަމް، "ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖަސް ފޯރަމް"ގެ މިފަހަރުގެ ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ 40 އަށްވުރެ ގިނަ ކުންފުނިން 150 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާނެ ކަމަށް ބުނެފި އެވެ.
02 އެޕްރީލް 2018
ރާއްޖޭގެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިންޑަސްޓްރީގެ އިސްބޭފުޅުންނާއެކު ބާއްވާ އެންމެ ބޮޑު ފޯރަމް، "ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖަސް ފޯރަމް"ގެ މިފަހަރުގެ ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ 40 އަށްވުރެ ގިނަ ކުންފުނިން 150 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާނެ ކަމަށް ބުނެފި އެވެ.
ހޮޓެލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ އެއް ދުވަހުގެ ބައްދަލުވުން މިފަހަރު ބާއްވަން ހަމަޖައްސާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގަ އެވެ.
ޖީއެމް ފޯރަމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އެންމެ އިސްވެރިންގެ މެދުގައި ބާއްވާ މިފަދަ އެންމެ ބޮޑު ބައްދަލުވުމެވެ. އެ ފޯރަމްގައި ޓޫރިޒަމް ދާއިރާއާ ގުޅުންހުރި މައުލޫތަކަށް ބައިވެރިން ވާހަކަދައްކަވައި، ޕްރެޒެންޓޭޝަން ހުށަހެޅުއްވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ވެސް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެ އެވެ.
"މީގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ ހާލަތާއި ކުރިމަގުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ހިއްސާކޮށް މަޝްވަރާކުރުން. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ނެގޭ ޓެކްސްއާއި ފަތުރުވެރިން އުފުލުމުގެ ވަސީލަތްތަކާއި ދުޅަހެޔޮކަމުގެ ދާއިރާއިން ނަފާ ހޯދެން ހުރި ފުރުސަތުތަކާއި ޑެސްޓިނޭޝަން މާކެޓިން ޓެރެންޑްސް ފަދަ މައުލޫތައް މިއަހަރުގެ ފޯރަމްގައި ހިމެނެ،" ހޮޓެލިއާ މޯލްޑިވްސް އިން ބުންޏެވެ.
އެ ފޯރަމަށް ވަޑައިގަންނަވާ ބޭފުޅުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ކުރު ހަފުލާއެއް ވެސް ބާއްވަން ހަމަޖައްސާފައިވެ އެވެ.
ހޮޓެލިއާ އިން ބުނި ގޮތުގައި އެ ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ވެސް ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ކޮކޯ ކަލެކްޝަން، ޝަންގްރިލާ ހޮޓެލްސް، ސޮނޭވާ، ވަން އެންޑް އޮންލީ، އައިއެޗްޖީ ހޮޓެލްސް، ބެލިއޯނީ ހޮޓެލްސް، ލިލީ ހޮޓެލްސް، ކޮންސްޓެންސް ހޮޓެލްސް އެންޑް ރިޒޯޓްސް، ފެއަމޮންޓް، ޑައެމަންޑް ރެޒޯޓްސް، ޖުމެއިރާ، ސިނެމަން، އަދާރަން، ޔުނިވާސަލް ރިސޯޓްސް އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ހިމެނެ އެވެ.
ހޮޓެލިއާ މޯލްޑިވްސް އިން ބުނީ މިއަހަރުގެ ފޯރަމްގައި ވާހަކަފުޅު ދައްކަވާ ބޭފުޅުންގެ ތެރޭގައި ސީޕްރިޔާ ގްރޫޕްގެ ފައުންޑިން ޕާޓްނަރު އަދި ސޮލަރެލް އިންޝުއަރެންސްގެ ޗެއާމަން އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި ހިލްޓަން އޭޝިއާ ޕެސިފިކް، ލަގްޒަރީ އެންޑް ލައިފްސްޓައިލްގެ ވައިސް ޕްރެޒިޑެންޓް ޑެނިއެލް ވެލްކް ވެސް ހިމެނޭ ކަމަށެވެ.
ރިސޯޓުތަކުގެ އިސްވެރިންގެ ފޯރަމް ފަށައިފި
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަދީފި
ނުހަދާ ހުރި ރަށްތަކަށް މުއްދަތު އިތުރުކޮށްދޭ އިސްލާހެއް
ކްރައުން އެންޑް ޗަމްޕާގެ "ނަލަ މޯލްޑިވްސް" ހުޅުވައިފި
ނާގޯށީގެ މަސައްކަތް ފަށަން ވަޒީފާތަކަށް އިއުލާންކޮށްފި
މާލެ ކައިރީގައި ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ހުޅުވަނީ
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
ލިވަޕޫލް-މެންޔޫ މެޗްގައި 10 ބަހަކުން ރާއްޖޭގެ ނަން