Roadha Mihaaru
އޮޅުންބޮޅުން: މާލޭގެ މަގުމަތީގެ ތޮއްޖެހުން

އޮޅުންބޮޅުން: މާލޭގެ މަަގުމަތީގެ ތޮއްޖެހުން

03 އެޕްރީލް 2018

މާލޭގެ މަގުމަތީގެ ތޮއްޖެހުމުގެ ހައްލެއް ހޯދުމަށް ކަމަށް ބުނެ ސަރުކާރުން ދޭތެރެދޭތެރެ އިން ފިޔަވަޅު އަޅަ އެވެ. މައާފް ކުރައްވާށެވެ. އަޅުގަނޑުގެ ނަޒަރުގައި "އަމާ ބުނާތީ ވެ ފަރަށް ދާ އުޞޫލު" ންނެވެ. މަގުމަތީގެ މައްސަލަތައް މީޑިއާގައި އެކި ގޮތްގޮތަށް ހާމަކުރަން ފެށުމުން ކޮންމެވެސް ކަމެއް ކޮށްފާނެ އެވެ. ވަގުތީ ހައްލެއް ކޮންމެވެސް މިންވަރަކަށް އެ ދިމާއަކުން ލިބިދާނެ އެވެ. ނަމަވެސް އެ އަޅާ ފިޔަވަޅެއްގެ ސަބަބުން މާލޭގެ މަގުމައްޗަށް ކަމެއް ވީ ހެނެއް ވެސް ހީއެއް ނުވެ އެވެ.

މާލޭގެ މަގުމަތީގެ ތޮއްޖެހުމުގެ ހައްލެއް ހޯދުމަށް ކަމަށް ބުނެ ސަރުކާރުން ދޭތެރެދޭތެރެ އިން ފިޔަވަޅު އަޅަ އެވެ. މައާފް ކުރައްވާށެވެ. އަޅުގަނޑުގެ ނަޒަރުގައި "އަމާ ބުނާތީ ވެ ފަރަށް ދާ އުޞޫލު" ންނެވެ. މަގުމަތީގެ މައްސަލަތައް މީޑިއާގައި އެކި ގޮތްގޮތަށް ހާމަކުރަން ފެށުމުން ކޮންމެވެސް ކަމެއް ކޮށްފާނެ އެވެ. ވަގުތީ ހައްލެއް ކޮންމެވެސް މިންވަރަކަށް އެ ދިމާއަކުން ލިބިދާނެ އެވެ. ނަމަވެސް އެ އަޅާ ފިޔަވަޅެއްގެ ސަބަބުން މާލޭގެ މަގުމައްޗަށް ކަމެއް ވީ ހެނެއް ވެސް ހީއެއް ނުވެ އެވެ.

މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް "މި ސަރުކާރުން" ހައްލެއް ހޯދައެއް ނުދެވޭނެ އެވެ. ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަމުން އަންނަ ގޮތުންނެވެ. ރާއްޖޭގެ އެންމެން މާލެ އަށް އަންނަން ދަޢުވަތު ދީގެން ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެ އަށް ޖަމާވުމުން، ފަސް ކިލޯ މީޓަރުގެ މާލެ އިން އެ އެންމެން ހަރަކާތްތެރި ވުމަށް ޖާގަ ދޭނީ ކިހިނެއްތޯ އެވެ؟

މާލޭގެ މަގުމަތީގެ ގިނަ ކަންތައްތައް ހައްލު ކުރުމަށް ވެސް ހަވާލުކޮށްފައި އޮންނަނީ ހައުސިން މިނިސްޓްރީއާ އެވެ. ތެދުފުޅެކެވެ. ޓްރާންސްޕޯޓް އޮތޯރިޓީއެއް އޮވެ އެވެ. ނަމަވެސް އެ ބޭފުޅުންގެ މަސައްކަތްތައް ވެސް ފަހަރަކު ކަމެއް ހައުސިން މިނިސްޓްރީއާ ހަވާލުކުރަމުން ގެންދެ އެވެ. މާލޭގައި މައްސަލަތައް ހުރި މަސައްކަތްތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުން އެ ތަނުން ވަރަށް ރަނގަޅަށް، ހަލުވިކޮށް، ދެ ފުށް ފެންނަ ގޮތަށް، އެއްވެސް އެއްޗެއް ފޮރުވުމެއް ނެތި އެ މަސައްކަތެއް ކުރާނެ ކަމާ މެދު އަޅުގަނޑުމެންގެ ކުޑަވެސް ޝައްކެއް ނެތެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ މާލޭގެ ގެދޮރު ނެތް މީހުންނަށް ދިނުމަށް ފްލެޓްތައް ހަވާލުކުރެވޭ ގޮތެވެ. ވަކި ޕާޓީއެއްގެ ބަޔަކު އެންގުމުން، ވަކި ބޭފުޅަކު އެދިވަޑައިގަންނަވައިގެން، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުފޫޒު ގަދަ ބައެއް މެންބަރުންގެ އެދިވަޑައިގަތުމަށް ފްލެޓް ދޫކުރާ އުޞޫލެއް ނުއޮވެ އެވެ. ފްލެޓް ދޫކުރުމަށް މީހުން ހޮވެނީ ޕޮއިންޓް ދީގެންނެވެ. އެންމެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ. މިކަމުގެ އެއްވެސް ފޮރުވުމެއް ނުއޮންނާނެ ކަން ކަށަވަރު ވަނީ ފްލެޓް ކާމިޔާބުވާ މީހުންގެ މާކްސްތައް ޢާއްމު ކުރެވޭތީ ވެ އެވެ. ބައެއް ފަހަރު ފްލެޓް ލިބޭ މީހާގެ މަޢުލޫމާތަކީ އެ މީހެއްގެ އަމިއްލަ ޒާތީ މައުލޫމާތަކަށް ވެދާނެތީވެ އެ މަޢުލޫމާތެއް އާންމުނުކުރެވި އޮވެދާނެ އެވެ. ނަމަވެސް އެއީ ވެސް އިންސާފަށްޓަކައި ކުރެވޭ ކަމެކެވެ.

އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައީ ރާއްޖޭގެ އެންމެނަށް މާލެ ސަރަހައްދުން ފްލެޓް ދިނުމުން އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ކޮންމެވެސް ވަގުތެއްގައި ބިމަށް ފޭބުމުން މަގު މައްޗަށް ވާނެ ގޮތެކެވެ. މަގުމަތީގެ ބާރު ބޮޑުވާނެ ވާހަކަ އެވެ. އެ މީހަކު ދާން ބޭނުންވާ ތަނަކަށް ހިނގާފައި ދާނީ ވަރަށް މަދު ބައެކެވެ. މަގުމަތި ތޮއްޖެހިފައި އޮންނަ ވަރުން ހިނގާ ބިނގާ އުޅުން އުދަގޫ ވާނެތީވެ އެވެ. ކޮންމެ މީހަކު ވެސް ބޭނުން ވާނީ މޮޓަ ސައިކަލެއްގައި ނުވަތަ ކާރެއްގައި ދާށެވެ. ސްކެންޑެނޭވިއާގެ ގައުމުތަކުގައި ބައިސްކަލް ދުއްވާ މީހުން ގިނަވިޔަސް މިހާރު މާލޭގައި ބައިސްކަލް ދުއްވަނީ ބަންގާޅު "ކުދިން"ނެވެ. ނަމަވެސް މާލޭގައި ވެސް ބައިސްކަލް ދުއްވާ މީހުންގެ ކްލަބެއް އޮންނަ ކަމާ މެދު އަޅުގަނޑުމެން އުފާކުރަން ޖެހެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ދާދި ފަހުން އިއުލާން ކުރި މާލޭގެ މަގުމަތީގައި ވިޔަފާރި ބޭނުމަށް، އެއްޗެތި ދުއްވާ ގަޑިތައް ކަނޑައެޅުމުގެ އުޞޫލަށް އަޅުގަނޑަށް ތާއީދުކުރެވެ އެވެ. ނަމަވެސް އެ އުސޫލު ވެސް ކަނޑައަޅާފައި ވަނީ "މި ސަރުކާރުން" ގެންގުޅޭ އެ ކަމެއްގެ މައިގަނޑު ބައިވެރިންނާ މަޝްވަރާ ކުރުމެއް ނެތި އަވަސް އަރައިގެން ނިންމާ އުސޫލަށެވެ. އެ ކަމުގެ ނަތީޖާއަކަށް ވީ ވިޔަފާރީގެ ބޭނުމަށް މަގުމަތީގައި ދުއްވާ އެއްޗެތި ދުއްވުުމުގެ ވަގުތު ކޮންޓްރޯލު ކުރުމުން، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް، ދުއްވާ އެއްޗެތީގައި އަބަދު މަގުމަތި ބޭނުންކުރަން ޖެހޭ ގިނަ ބަޔަކަށް އުނދަގޫ ވެގެން ޝަކުވާ ކުރުމެވެ. ވިޔަފާރިވެރިންނަށް އެ ގަވައިދާ ހުރެ އެހާ ދަތިވާ ނަމަ މި މޫސުމުގައި އެ ފަރާތްތަކުން ބޭނުންވާ ކޮންމެވެސް ބަދަލެއް އައުމަކީ ވަރަށް ގާތް ކަމެކެވެ. މުދާ އުފުލުމުގެ މައިގަނޑު މަސައްކަތްތައް ހަވީރު 6:00 އިން ހެނދުނު 6:00 އަށް ބަދަލުވުމުން އާއްމު ރައްޔިތުންނަށް ވެސް އުނދަގޫތަކެއް އުފުލަން ޖެހިދާނެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ގޭގެ އަށް އަމިއްލަ ބޭނުމުގައި ފެނަށް އޯޑަރު ދޭ މީހުން ނަގަމާތޯ އެވެ. ފެން ގެންނާނެ ވަގުތެއް ނޭނގިގެން ރޭގަނޑުގެ ބޮޑު ބައެއް ހޭލާ ހުންނަން ޖެހިދާނެ އެވެ. ނަމަވެސް އެ ގޮތަށް ފެނުގެ އިންތިޒާރުގައި ހުންނަން ޖެހޭނީ ހަފްތާއަކު އެއް ފަހަރު ނުވަތަ ދެ ދުވަހުން އެއް ދުވަހުގައި ކަމަށް ވެސް ބެލެވިދާނެ އެވެ.

މާލޭގެ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި އަޅާ ފިޔަވަޅަކުން މުޅި ރާއްޖޭގެ މުދަލުގެ އަގު ބޮޑުވެދާނެ ގޮތެއް މެދުވެރިވިޔަ ދީގެން ނުވާނެ އެވެ. ހަމަ އެ ބޭނުމުގައި، މަސައްކަތް ކުރުމުގައި މުޅި ރަށް، ރޭގަނޑު ދުވާލަށް ބަދަލު ވާނެ ގޮތަށް ހެދުމަކީ ވެސް ގިނަ ބަޔަކަށް ފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެ އެވެ.

ޖުމްހޫރީ ޕާޓީން އަޅުގަނޑުމެންގެ ރާއްޖެ އަށް ދިން އެންމެ ބޮޑު ގެއްލުމަކީ އެ ޕާޓީގެ އިސް ބޭފުޅަކު ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް އޭނާ އެ މަގާމުން ދުރުކުރުމުން އެ މިނިސްޓްރީ ވެސް ހިފައިގެން އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމެވެ. އެމަނިކުފާނަށް ފަހު ޓްރާންސްޕޯޓް މިނިސްޓްރީ ވަނީ އާދައިގެ އޮފީހަކަށް ބަދަލުކޮށްފަ އެވެ.

މިއީ ރާއްޖެ ޓޯކިއޯގައި އޮންނަ ގޮތާ އެއްގޮތަށް ބަދަލު ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ވާ ނަމަ މި ފިޔަވަޅާ އަޅުގަނޑު ގަބޫލެއް ނޫނެވެ. ޓޯކިއޯ އަކީ ދިރިއުޅުމަށް، މި ވަގުތު ދުނިޔޭގައި އޮތް އެންމެ އަގު ބޮޑު ސިޓީ އެވެ. ޓޯކިއޯއާ އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، މަގުމަތި ކޮންޓްރޯލް ކުރުން ފަދަ ކަންތައްތައް ސިންގަޕޫރުގައި އޮންނަ ގޮތަށް ބަދަލު ކުރެވިއްޖެ ނަމަ ވެސް ވަރަށް ބޮޑު ތަން ރަނގަޅު ވެގެން ދިއުމަކީ ކައިރި ކަމެކެވެ. އޮފީސްތައް ނިމޭ ގަޑި އާއި ސްކޫލްތައް ނިމޭ ގަޑިގަޑީގައި މުދާ އުފުލާ ބޮޑެތި ދުއްވާ އެއްޗެތި ވަކި މަގުތަކަކުން ދަތުރު ކުރުން މަނާ ކުރެވިފައި އޮތުން ފަދަ ފިޔަވަޅުތައް އެޅުމެވެ.

އެފްރިކާގައި ބުނާ ހަރު ބަހަކަށް "މި ސަރުކާރުން" ވިސްނާލުން ރަނގަޅެވެ. "އަވަހަށް ދާން ބޭނުމިއްޔާ އެކަނި ދާށެވެ! ދުރަށް ދާން ބޭނުމިއްޔާ އެކީގައި ދާށެވެ" ވިޔަފާރީގެ މަސައްކަތަށް މަގުމަތީގައި ދުއްވާ އެއްޗެތިތައް، މަގުމަތި ބޭނުން ކުރުމަށް ކަނޑައެޅުނު ވަގުތުތަކަކީ، އެ ގަވައިދުގެ ސަބަބުން އަސަރު ކުރާނެ ފަރާތްތަކާ މަޝްވަރާ ކުރުމެއް ނެތި ހެދިފައި އޮތް ގަވައިދެއް ކަން މިހާރު ސާފުވެއްޖެ އެވެ. ވިޔަފާރިވެރިންގެ ޝަކުވާތައް އޮއްސެން ފެށުމުންނެވެ.

އެ ކަމެއްގެ ސަބަބުން އެތަކެއް ބައެއްގެ މަސައްކަތަށް، ނުވަތަ ދިރިއުޅުމަށް އަސަރު ކުރާ ކަމެއް ނިންމުމުގެ ކުރިން އެކަމަކާ މެދު އެ ބަޔަކު ދެކޭ ގޮތެއް ބަލާލުމަކީ އެފަދަ ނިންމުމެއް ހަރުދަނާ ވެގެން ދާނެ ކަމެކެވެ. އެ ނިންމުމެއް ތަންފީޒު ކުރުމުގައި ފަސޭހަ ވެގެން ދާނެ ކަމެކެވެ. އެ ނިންމުމެއް ދިގު މުއްދަތަކަށް ދެމިއޮތުމުގެ ބާރަކަށް ވެގެންދާނެ ކަމެކެވެ. "މި ސަރުކާރު" ގެ ގޮތް ދޫނުކުރުމާއި ހަރުކަށިކަން ދެއްކުމުގެ އުޞޫލަށް ބަދަލެއް އަތުވެދާނެ ކަމަށް ފެނިދާނެ ކަމަށް ހީވާ ނަމަ އެ ބަދަލެއް ވެސް ނާންނާނެ ގޮތަކަށް ކަންތައް ކުރެވިދާނެ އެވެ. ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ވެސް "މި ސަރުކާރަށް" ފެންނަ ގޮތަކަށް އެ ކަމެއް ނިންމުމެވެ. ލިބުނު ލަފައަކާ މެދު އަޅާލުމެއް ނެތި އެވެ. މިގޮތަށް ކަންތައް ކުރުމުން ވެސް އެ ކަމެއް ކުރުމުގެ ސަބަބުން ނުކުމެދާނެ ނަތީޖާ ކުރިން އެނގޭނެ އެވެ. އަޅާނެ ފިޔަވަޅަކާ މެދު ތައްޔާރުވެ ތިބެވިދާނެ އެވެ.

ޖުމްހޫރީ ޕާޓީން އަޅުގަނޑުމެންގެ ރާއްޖެ އަށް ދިން އެންމެ ބޮޑު ގެއްލުމަކީ އެ ޕާޓީގެ އިސް ބޭފުޅަކު ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް އޭނާ އެ މަގާމުން ދުރުކުރުމުން އެ މިނިސްޓްރީ ވެސް ހިފައިގެން އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމެވެ. އެމަނިކުފާނަށް ފަހު ޓްރާންސްޕޯޓް މިނިސްޓްރީ ވަނީ އާދައިގެ އޮފީހަކަށް ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީން ކުރަމުން ގެންދިޔަ ގިނަ މަސައްކަތްތައް ހަވާލު ކޮށްފައިވަނީ ރާއްޖޭގެ އެންމެ އުނދަގޫ ބޮޑު، ޝަކުވާތައް ގިނަ، ޝުކުރު ނުލިބޭނެ ފަދަ މަސައްކަތްތަކެއް ކުރާ ތަނަކާ އެވެ. މިހެން ވުމުގެ ސަބަބުން ކަނޑުދަތުރުކުރާ އެއްޗެއްސަށާއި އެއްގަމުގައި ދުއްވާ އެއްޗެތިތަކާ މެދު ރައްކާތެރިކަމާ ބެހޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު އެކަށީގެންވާ މިންވަރަކަށް ވިސްނާ ސަމާލު ކަމެއް ދެވޭ ކަމަކަށް ނުފެނެ އެވެ. "މި ސަރުކާރުން" މިކަން ޤަބޫލު ނުކުރިޔަސް މިއީ ހިނގަމުން ދާ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށް ފަހު އަޅުގަނޑަށް ނެރެވުނު ނަތީޖާއެކެވެ. އައްޑު އަތޮޅުގެ ލިންކް ރޯޑްގައި ހިނގާ އެކްސިޑެންޓްތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދަށް ބައްލަވާށެވެ. ދުވަހަކު ވެސް އެކަމެއް ނުހުއްޓުވުނެވެ. އެފަދަ ހާދިސާތައް ހިނގާ ގޮތް ބަލާ، ދިރާސާކޮށް ފިޔަވަޅު އެޅުމަށް ޓެކްނިކަލް ބޭފުޅުންގެ ބޭނުން ނުކުރެވެނީ އެވެ. ޓެކްނިކަލް ބޭފުޅުން ނެތީއަކީ ނޫނެވެ.