04 އެޕްރީލް 2018
މި އަހަރުގެ، މޯލްޑިވްސް ފައިނޭންސް ފޯރަމް މި މަހުގެ 30 ގައި ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
މި އަހަރުގެ، މޯލްޑިވްސް ފައިނޭންސް ފޯރަމް މި މަހުގެ 30 ގައި ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
މިއީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ޕެންޝަން އޮފީހުން ބާއްވަން އަންނަ ފޯރަމެކެވެ.
ކުރުނބާ މޯލްޑިވްސްގައި ބާއްވާ މި އަހަރުގެ ފޯރަމްގެ ތީމަކީ "އިގްތިސާދީ ތަރައްގީ އާއި ކުރިއެރުން ގެނައުމަށްޓަކައި ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސް ހޯދުމުގައި މާލީ މުއައްސަސާ ތަކުގެ ދައުރު" އެވެ.
މި ފަހަރުގެ ފޯރަމްގައި ބައިވެރިން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ، މުއައްސަސާތައް ގުޅިގެން އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ފަންޑު ހޯދުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމާއި މި ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރުމަށެވެ.
ރާއްޖޭގައި "ސިންޑިކޭޓް ފައިނޭންސިން" ކުރިއެރުވުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި މާލީ މުއައްސަސާތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމުގެ ގޮތުން ކުރެވޭނެ ކަންތައްތަކާއި މާލީ ނިޒާމް ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްތަކާ މެދު ފުޅާ ދާއިރާއެއްގައި މައުލޫމާތު ބަދަލުކޮށް ދިނުމަށް ފޯރަމްގައި މަޝްވަރާ ކުރާނެ އެވެ.
ޕެންޝަން އޮފީހުން އިންތިޒާމްކޮށް ކުރުނބާ މޯލްޑިވްސްގައި މިދިޔަ އަހަރު ބޭއްވި ފައިނޭންސް ފޯރަމްގެ ތެރެއިން.-- ފޮޓޯ: މިހާރު/ހުސެއިން ވަހީދު
"ޕެންޝަން ނިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގައި ރާއްޖޭގެ ފައިނޭންޝަލް މާކެޓު ތަރައްގީ ވުމުގެ މުހިންމު ކަން ވަރަށް ބޮޑު. އެހެން ކަމުން، މި ފޯރަމްގެ މައިގަނޑު މަގްސަދަކީ، މާލީ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން ބައްދަލުކޮށް މަޝްވަރާ ކުރެވޭނެ ފުރުސަތު ހޯދައިދިނުން،" ޕެންޝަން އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ރާއްޖޭގެ ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމަނައިގެން ކުރިއަށް ގެންދާ ފޯރަމްގައި ރާއްޖެ އާއި ބޭރުގެ މާލީ އިދާރާތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވާނެ އެވެ. އަދި ރާއްޖޭގެ މާލީ ދާއިރާތައް ކުރިއަރުވައި ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ފޯރަމްގެ ބައިވެރިން މަޝަވަރާ ކުރާނެ އެވެ.
މިދިޔަ އަހަރުގެ ފޯރަމްގައި އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ވަނީ، ވިޔަފާރި އާއި އިގްތިސާދު ފުޅާކޮށް ރާއްޖެ އިން ބޭރުގެ އިންވެސްޓަރުން ޝައުގުވެރި ކުރުވުމަށްޓަކައި ޕްރޮފެޝަނަލްކޮށް ފަންޑު މެނޭޖްކޮށް ނަފާ އިތުރުކޮށް، ރިސްކު މެނޭޖް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން، ރާއްޖެ އަށް އިތުރު އިންވެސްޓަރުން ޝައުގުވެރި ކުރުވުމަށާއި ރާއްޖޭގައި އިންވެސްޓްމަންޓްތައް އިތުރުކޮށް، އެ ކަމަށް މަގު ފަހިކުރަން ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އޮޑިޓާ ޖެނަރަލް ވިދާޅުވެފައި ވެ އެވެ.
މިދިޔަ އަހަރުގެ ފޯރަމްގައި ބައިވެރިވި ބޭރުގެ އިސް ބޭފުޅުންގެ ތެރޭގައި ސިންގަޕޯ ފިން ޓެކް އެސޯސިއޭޝަންގެ ރައީސް ޝިއާ ހޮކްލާ އާއި ވޯލްޑް ބޭންކުގެ ހެޑް އޮފް ގްލޯބަލް ޕެންޝަން އިންވެސްޓްމަންޓްސް ސުދީރު ރާޖްކުމާރު ހިމެނެ އެވެ.
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"
ރާއްޖޭގައި ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ދިގު
ފައިނޭންސް ފޯރަމް ހޯމަ ދުވަހު ބާއްވަނީ
ކޮރަޕްޝަން ނައްތާލައިގެން ވިޔަފާރި ފުޅާވާނެ: އަމީރު
އިންވެސްޓަރުން ޝައުގުވެރިކުރަން ޕެންޝަން ފަންޑު މުހިންމު
"ޕެންޝަނުން އިންވެސްޓުކުރަން ޑޮލަރު ހޯދަން އުނދަގޫ"
ދުވަސްވީ އާބާދީ އިތުރުވާތީ ތައްޔާރުވާންޖެހޭ: މިނިސްޓަރު
ޕެންޝަން ސްކީމްގެ އިދާރީ ފީ ކުޑަކޮށްފި
އިގްތިސާދު ފުޅާކުރަން ފެންޝަން ފަންޑުބޭނުންކުރޭ: އިނާޒް
ވަޒީފާ ގެއްލޭ މީހުންނަށް މާލީ އެހީދޭން ބިލެއް