Roadha Mihaaru

މާލީ ދާއިރާއަށް ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމެއް ޕެންޝަން އޮފީހުން ތައާރަފުކޮށްފި

މާލީ ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ޕެންޝަން އޮފީހުން ސްކޮލާޝިޕް ޕްރޮގްރާމެއް ތައާރަފުކޮށްފި އެވެ.

ޕެންޝަން އޮފީހުން ސްކޮލާޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފި

މާލީ ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ޕެންޝަން އޮފީހުން ސްކޮލާޝިޕް ޕްރޮގްރާމެއް ތައާރަފުކޮށްފި އެވެ.

އެ އޮފީހުން އިއްޔެ ބުނީ، މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާ އަށް ބޭނުންވާ ތަފާތު ރޮނގުތަކުން މަތީ ތައުލީމު ހާސިލުކޮށް، ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރުވެރި ދިވެހިންނަށް އެ ފުރުސަތު ހޯދައިދީ، މާލީ ދާއިރާގައި މަސައްކަތް ކުރާނެ ގާބިލު މީހުން ބިނާކުރުން ކަމަށެވެ.

މެރިޓް ބޭސްޑް ޕްރޮގްރާމެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، ދުނިޔޭގެ ޔުނިވާސިޓީ ރޭންކިން އަށް ބަލައި، ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން އަންޑާގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމުތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ، ފުލީ ފަންޑެޑް ސްކޮލާޝިޕް ޕްރޮގްރާމެއް ކަމަށް ވެސް ޕެންޝަން އޮފީހުން ބުންޏެވެ.

މި ޕްރޮގްރާމުގެ ދަށުން ކިޔެވުމަށް ކަނޑައަޅާ ދާއިރާތަކާއި ސްކޮލަަޝިޕްގެ އަދަދު ޕެންޝަން އޮފީހުން އަހަރަކު އެއްފަހަރު އިއުލާންކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރަށް ވަނީ އަންޑަގްރެޖުއޭޓް އެއް ސްކޮލާޝިޕް އިއުލާންކޮށްފަ އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ، ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް، އިކޮނޮމެޓްރިކްސް ނުވަތަ އެކްޗުރިއަލް ސައިންސްގެ ތެރެއިން އެއް ދާއިރާއިން ކިޔެވުމަށެވެ.

މި އަހަރުގެ ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ އަންނަ މާޗް މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. ސްކޮލާޝިޕަށް ޝޯޓްލިސްޓުވާ މީހުން އިންޓަވިއު ކުރާނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.