Roadha Mihaaru
ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު ސަސްޕެންޑްކޮށްފި

ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު ސަސްޕެންޑްކޮށްފި

05 އެޕްރީލް 2018

ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި ނޫސްބަޔާން ނެރުމުން ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު އެލްޖީއޭއިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި ނޫސްބަޔާން ނެރުމުން ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު އެލްޖީއޭއިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް، އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި ވަނީ އެ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު އާއި ކުރީގެ ރައީސް އަދި މިހާރު މެމްބަރު މުހައްމަދު ހުސައިނެވެ. އެއީ އެމްޑީޕީގެ ދެ ކައުންސިލަރުންނެވެ.

އެ ދެ ކައުންސިލަރުން ސަސްޕެންޑް ކުރުމަށްފަހު އެ ކައުންސިލް ހިންގުން ހަވާލުކުރީ، ތިން މެމްބަރުންގެ އެ ކައުންސިލްގައި ދެން ހުންނެވި ޕީޕީއެމްގެ އިބްރާހިމް އާތިފަށެވެ.

އެލްޖީއޭއިން ސަސްޕެންޑް މި ކުރީ ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ ފެބްރުއަރީ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި ބަޔާން ނެރުމުންނެވެ.

Ithuru 3 councileh ge memberunthakeh anekka ves suspend koffi

Ithuru 3 councileh ge memberunthakeh anekka ves suspend koffi

The most trusted news source in the Maldives

Mihaaru

އެ މައްސަލާގައި އިތުރު ކައުންސިލަރުންތަކެއް ސަސްޕެންޑްކުރުން---

އެލްޖީއޭއިން އަތޮޅު ކައުންސިލަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭ ބާރާއި އިމްތިޔާޒުގެ ބޭރުން އެ ކައުންސިލުން ނޫސް ބަޔާން ނެރެފައިވާ ކަމަށެވެ. އެހެންވެ، ކައުންސިލްގެ ގާނޫނާ އެ ބޭފުޅުން ހިލާފުވެފައިވާތީ އެއް މަސް ދުވަހުގެ މުއްދަތަށް ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައި ވެ އެވެ. އަދި އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އެކައުންސިލް އުވާލަން ހުށަހަޅަން ޖެހިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކައުންސިލްގެ ރައީސް ސިމާއު ވިދާޅުވީ ސަސްޕެންޝަނުން ފެނިގެންދަނީ ރައީސް އަބްދުﷲ ޔާމީން "ގޮތްހުސްވި" ކަން ކަމަށާއި ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.

ޅ. އަތޮޅު ކައުންސިލްގެ އިތުރުން އެ މައްސަލާގައި އެލްޖީއޭއިން ވަނީ އައްޑޫ ސިޓީ ކައުންސިލާއި އެހެން އަށް ރަށެއްގެ ކައުންސިލަރުން ސަސްޕެންޑްކޮށްފަ އެވެ.