ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އެހީގައި 42 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.
29 ނޮވެމްބަރ 2021
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އެހީގައި 42 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެކި ސަބަބުތަކާ ހުރެ ލޭންޑް ޔޫސް ޕްލޭންގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެލްޖީއޭ އިން ވަނީ 42 ރަށެއްގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެ އިދާރާ އިން ހަދައިދިނުމަށް ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.
އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ، އެ ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ހަތަރު ފަހަރަށް މުއްދަތު އިތުރުކުރި ކަމަށެވެ. ނަމަވެސް އެ ދާއިރާ އިން ކިޔަވައި، ތަމްރީނު ލިބިފައި ތިބި މީހުން މަދުވުމުން އެކަމުގައި ގޮންޖެހުންތައް ދިމާވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެންމެ ފަހުން ކުރި އިއުލާނުގެ މުއްދަތު މި މަހުގެ އަށް ވަނަ ދުވަހު ހަމަވިއިރު، އެކަން ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން މިހާރު އަންނަނީ އެ ފޯމުތައް އިވެލުއޭޓުކުރުމުގެ މަސައްކަތްކުރަމުންނެވެ.
ލޭންޑޫ ޔޫސް ޕްލޭން ހެދުމަށް ރަށްތައް ބަހާލާފައިވަނީ ހަތް ޕެކޭޖަކަށެވެ. އެ ޕެކޭޖުގައި ހިމެނެނީ 4-8 އާ ދެމެދުގެ ރަށްތަކެވެ.
އެ މަސައްކަތްތަކަށް ޝައުގުވެރިވެ، ހުށަހަޅާއިރު އެއް ޕެކޭޖަށް ވުރެ ގިނަ ޕެކޭޖަށް ޝައުގުވެރިކަން ފާޅުކުރެވޭނެ އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، ޕްލޭންގެ މަސައްކަތުގެ އަޕްޑޭޓްތައް މިހާރު އަންނަނީ ކައުންސިލްތަކާ ހިއްސާ ކުރަމުންނެވެ. ނަމަވެސް އެކަން ކުރުމަށް އަދި ބަޔަކާ ހަވާލުނުކުރެވޭތީ، މަސައްކަތް ނިމޭނެ ދުވަހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން އެކުލަވައިލާ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެ އަށް އަމަލުކުރަން ފަށާނީ އެ ޕްލޭނަށް އަމަލުކުރުމަށް، ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި ފާސްކުރުމުންނެވެ. އަދި މި ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކު ވެސް އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
ކައުންސިލަށް އަވަހަށް މާލީ އެހީ ޖަމާކޮށްދޭން އެދިއްޖެ
"ބޭނުމީ އެލްޖީއޭ ހިންގާނެ ފުލްޓައިމް މިނިސްޓަރެއް"
އިތުރުކޮށްދިން މުއްދަތަށް ލޭންޑް ޔޫސް ޕްލޭން ނުނިމިދާނެ
ތަރައްގީގެ ދުވެލި ބަރުހެލީ ލާމަރުކަޒީ ކުރަން ނުކެރޭތީ
ސަސްޕެންޝަނަށް ފަހު ކައުންސިލަރުން މަސައްކަތަށް
ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު ސަސްޕެންޑްކޮށްފި
ކައުންސިލަރުން ސަސްޕެންޑް، ހިދުމަތްތަކަށް ހުރަސް!
އައްޑޫ މޭޔަރާއި ތިން ކައުންސިލަރަކު ސަސްޕެންޑްކޮށްފި
އިހަވަންދޫ ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް ކޮށްފި
މާފުށީ ކައުންސިލަރުންގެ ސަސްޕެންޝަން އުވާލައިފި