ދ. ވާނީގައި ފުލުހުންގެ އަސާސީ ތަމްރީންތަކެއް ހަދަމުން ދަނިކޮށް އިއްޔެ މަރުވި، ޒުވާން ފުލުސް މީހާ މަރުވީ ބްރެއިނިން އިންފެކްޝަނެއްގެ ސަބަބުން ކަމަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
09 އެޕްރީލް 2018
ދ. ވާނީގައި ފުލުހުންގެ އަސާސީ ތަމްރީންތަކެއް ހަދަމުން ދަނިކޮށް އިއްޔެ މަރުވި، ޒުވާން ފުލުސް މީހާ މަރުވީ ބްރެއިނިން އިންފެކްޝަނެއްގެ ސަބަބުން ކަމަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ވާނީގައި ތަމްރީން ހަދަން ހުއްޓައި ވެއްޓި ހޭނެތިގެން ވެއްޓުނު، ށ. ކޮމަންޑޫ، އަސަރީގޭ، އަހުމަދު ވިފާޤު، 25، މަރުވީ، ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ރޭ މާލެ ގެންނަނިކޮށް ދަތުރުމަތީގަ އެވެ.
ކުޑަހުވަދޫ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވިފާގު އިއްޔެ ތަމްރީންގައި ހުއްޓައި ވެއްޓިގެން އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވަރަށް ގަދައަށް ހުން ހުރި ކަމަށާއި އަދި އޭނާގެ ސިކުނޑީގައި އިންފެކްޝަނެއް އުފެދިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އޭނާ އަށް ފަރުވާ ދިނީ ކޯމާގައި އޮއްވައި. އެ އަށް ފަހު އިތުރު ފަރުވާ އަށް ހަމަ އިއްޔެ މާލެ ފޮނުވީ،" އޮފިޝަލް ވިދާޅުވި އެވެ.
ވިފާޤު މަރުވީ މާލެ ގެނައުމުގެ ދަތުރުމަތީގައި ރޭ 11:30 ކަންހާއިރު އެވެ.
އާއްމު ބަލިތަކުގެ ޑޮކްޓަރު އުސާމާ އުމަރު ވިދާޅުވީ ބްރެއިން އިންފެކްޝަން އާންމު ގޮތެއްގައި ޖެހެނީ ކަންފަތަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަންފަތް އިންފެކްޓްވެ، އޭގެ އަސަރު ސިކުނޑި އަށް ކޮށްގެން ކަމަށެވެ. އެގޮތަށް ދިމާވަނީ ރޯގާގެ ސަބަބުން ނުވަތަ އެހެން ވެސް ސަބަބަކުން ދިމާވާ އިންފެކްޝަންތަކަށް ފަރުވާނުކޮށް ލަސްކުރާތީ ކަމަށް އުސާމާ ވިދާޅުވި އެވެ.
އެގޮތަށް ދިމާވުމުން ދުރާލައި އެކަން ދެނެގަނެ އައިވީ އެންޓިބައިޓިކް ދީގެން ފަރުވާ ކުރެވިއްޖެ ނަމަ ރަނގަޅު ކުރެވޭނެ ކަމަށް އުސާމާ ވިދާޅުވި އެވެ.
ވިފާގުގެ މައްޗަށް ކަށު ނަމާދު ކުރަން ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ކުރިން ވިލާކޮލެޖްގެ އައިޓީގައި މަސައްކަތް ކުރި ވިފާގް ފުލުހުންގެ އަސާސީ ތަމްރީންތައް ހެދުމަށް ވާނީ އަށް ދިޔައީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.
ފުލުހުންގެ ތަމްރީންގައި އުޅުނު ޒުވާނަކު މަރުވެއްޖެ
ބޯޓެއް ފަރަށް އަރައި ހިނގި ހާދިސާގައި މީހަކު މަރު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ހިޔާ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
އައްޑޫ ދެމަފިރިންގެ ޖަނާޒާ މާދަމާ ބާއްވަނީ
އޮޓޮޕްސީއާ މެދު ގޮތެއް ނުނިމޭތީ ދެމަފިރިން ވަޅުނުލެވި
އައްޑޫގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ގެއްލުނު ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް