09 އެޕްރީލް 2018
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެެއްލުނު ދުވަސްވަރު، އެ މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ގެންގުޅުނު ކަމަށް ނޫރައްދީންގެ ރަހުމަތްތެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެެއްލުނު ދުވަސްވަރު، އެ މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ގެންގުޅުނު ކަމަށް ނޫރައްދީންގެ ރަހުމަތްތެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ޓެރަރިޒަމްގެ ދައުލަތުން ދައުވާކުރަނީ ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ އިތުރުން ހ. ހިލްޓަން އާލިފް ރައޫފްގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރާގޮތުން ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރެއް ހުޅުމާލެ އަށް ގެންގޮސް، އާލިފާއި ނޫރައްދީން ބައިވެރިވެ ރިލްވާން ގަދަކަމުން އެ ކާރަށް އަރުވައިގެން ގޮހެވެ.
ރަތް ކުލައިގެ ކާރެއް އެދުވަސްވަރު ނޫރައްދީން ހުޅުމާލޭގައި ދުއްވި ކަމަށް ބުނެ ކޯޓުގައި މިއަދު ހެކިބަސް ދިނީ އޭނާއާ އެކު ހުޅުމާލޭގައި ވޯޓާ ސްޕޯޓްސްގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހެކެވެ. ހެކިބަސް ދެމުން އޭނާ ބުނިގޮތުގައި އެދުވަސްވަރު ނޫރައްދީން ގެންގުޅުނު ރަތް ކުލައިގެ ކާރަކީ އާލިފްގެ ކާރެއް ކަމަށް އޭނާ ގާތު ނޫރައްދީން ބުންޏެވެ. އެކަމަކު އެ ކާރު ހުޅުމާލޭގައި ގެންގުޅުނު ދުވަސްވަރު ނޫރައްދީނާ އެކު އާލިފް އުޅެނިކޮށް ފެނިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ކާރު ބޭނުންކުރީ އެ މީހުންގެ ވިޔަފާރީގައި ޓޫރިސްޓުން އުފުލުމަށެވެ. އެ ކާރު ގެނައުމުގެ އަހަރެއްހާ ދުވަސްކުރިން ރީނދޫ ކުލައިގެ ކާރެއް ވެސް ނޫރައްދީން ގެންގުޅުނު ކަމަށާއި އެ ކާރު އެކްސިޑެންޓްވުމުން އޮތީ ބޭނުން ނުކުރެވި ކަމަށް އޭނާ ބުންޏެވެ.
ރިލްވާން ގެއްލުނު ރޭ ނޫރައްދީން އުޅުނު ގޮތާ ބެހޭގޮތުން ދިފާއީ ވަކީލް ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ އެރޭ ރޭގަނޑު 8 އިން ފެށިގެން މެންދަމު 3 ޖަހަންދެން ނޫރައްދީން އުޅުނީ ސައިކަލުގައި އޭނާއާ އެއްކޮށް ކަމަށެވެ. މެންދަމު 3 ޖަހާކަން ހާއިރު ނޫރައްދީން ގެއަށް ގެންދިޔައީ ވެސް ސައިކަލުގައި އޭނާ ކަމަށް އޭނާ ބުންޏެވެ. އަދި އެރޭ އެއްވެސް ވަރަކަށް ކާރު ބޭނުން ނުކުރާ ކަމަށާއި އެރޭ ކާރު އޮންނާނީ އާންމުކޮށް މަގުމަތީގައި އެ ކާރު ބާއްވާ ތަނުގައި ޕާކް ކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.
ނޫރައްދީނާ އެކު ވިޔަފާރީގައި މަސައްކަތް ކުރާ އޭނާގެ އިތުރު ރަހުމަތްތެރިއަކު ވެސް މިއަދު ވަނީ އޭނާ ރަތް ކުލައިގެ ކާރެއް ހުޅުމާލޭގައި ގެންގުޅުނު ކަމަށް ހެކިބަސް ދީފަ އެވެ. އޭނާ ވެސް ބުނިގޮތުގައި އެ ކާރު އެ މީހުން ގެންގުޅުނީ ފަތުރުވެރިން އުފުލުމަށެވެ. އެކަމަކު އެ ކާރުގެ އަސްލު ވެރިފަރާތަކީ ކާކުކަން އޭނާ އަކަށް ނޭނގެ އެވެ.
މިއަދު ދެން ހެކިބަސް ދިނީ އޮގަސްޓް، 2014 ގައި ރަތް ކުލައިގެ ކާރެއް މާލެއިން ހުޅުމާލެ އަށް ގެންދިޔަ ދޯނީގެ ކެޕްޓަނާ ހުޅުމާލެއިން މާލެއަށް އަށް ރަތް ކުލައިގެ ކާރެއް އަނބުރާ ގެނައިއިރު އެ ދޯނީގެ ކެޕްޓަނެވެ.
ރަތް ކުލައިގެ ކާރެއް ހުޅުމާލެ އަށް ގެންދިއުމަށް ފަހު މާލެ އަނބުރާ ގެނައި ކަމަށް އެ ދެ މީހުން ބުންޏަސް އެއީ ކާކުގެ ކާރެއް ކަމެއް އެ މީހުންނަކަށް ނޭނގެ އެވެ. އަދި ގެންދިއުމަށް ފަހު އަނބުރާ ގެނައީ އެއް ކާރެއް ކަން ވެސް އެ މީހުންނަކަށް ބުނެދޭކަށް ނޭނގުނެވެ. އެކަމަކު ހުޅުމާލެ އަށް ގެންދިޔައީ އަދި އަނބުރާ މާލެ ގެނައީ ވެސް ޕްރައިވެޓް ކާރެއް ކަން ޔަގީންކަމާ އެކު އެ މީހުން ބުންޏެވެ. ކާރު އަނބުރާ މާލެ ގެނައިއިރު ދޯނީގެ ކެޕްޓަނަށް ހުރި މީހާ ބުނިގޮތުގައި ކާރު މާލެ ގެނައީ އޮގަސްޓް، 13 ވަނަ ދުވަހުގެ ރޭ އެވެ.
ޝަރީއަތުގައި ދައުވާލިބޭ އާލިފާއި ނޫރައްދީން ދެއްކުމަށް ފަހު، ދޯނީގައި ކާރު ގެންދިއުމުގައި ނުވަތަ އަނބުރާ ގެނައުމުގެ ހަރަކާތްތެރިވި މީހާ އެތަނުގައި އެބަހުރިތޯ ދައުލަތުން ސުވާލު ކުރުމުން ވެސް އެ މީހުން ބުނިގޮތުގައި ދައުވާލިބޭ ދެ މީހުންގެ ތެރެއިން އެކަކު ވެސް އެކަމުގައި ހަރަކާތްތެރިވެފައެއް ނުވެ އެވެ.
މީގެކުރިން ބޭއްވި އަޑުއެހުމުގައި ރިލްވާންގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަސް ނަގަން ދައުލަތާއި ދިފާއީ ވަކީލާ ދެމެދު ޚިޔާލު ތަފާތުވުމުން އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ނިންމަވާފައިވަނީ އެކަމާ މެދު މިއަދު ގޮތެއް ނިންމުމަށެވެ. އެކަމަކު މިއަދުގެ އަޑުއެހުމުގައި ގާޒީ އާރިފް ވިދާޅުވި ގޮތުގައި އެކަމުގައި ގޮތެއް ނިންމަވާނީ ދެ ފަރާތުން މިހާރު ހުށަހަޅާފައި ތިބި ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިންމުމަށް ފަހު އެވެ.
މޫސާ ރިލްވާންގެ ހެކިބަސް ނެގުމާ މެދު ދެ ފަރާތުގެ ދެމެދުގައި ޚިޔާލު ތަފާތުވީ ހެކި ހުށަހެޅުމުގެ މަރުހަލާގައި ދައުލަތުން ހެކިން ހުށަހެޅިއިރު މޫސާ ރިލްވާންގެ ނަން ހުށަނާޅައި އޮތުމަށް ފަހު، ކުރީގެ އަޑުއެހުމެއްގައި އޭނާގެ ހެކިބަސް ނަގަން ދައުލަތުން އެދުނު ހިސާބުންނެވެ.
ހެކި ހުށަހެޅުމުގެ މަރުހަލާގައި މޫސަގެ ނަން ހުށަހަޅާފައި ނެތުމުން ދިފާއީ ވަކީލް ވިދާޅުވަމުން ގެންދަވަނީ މޫސާ ރިލްވާންގެ ހެކިބަސް މިހާރު ނުނެގޭނެ ކަމަށެވެ. އެކަމަކު ދައުލަތުން ބުނާގޮތުން އެ މައްސަލާގައި އިންސާފަށް ވާސިލްވުމަށްޓަކައި އޭނާގެ ހެކިބަސް ނެގުން ކޮންމެހެން މުހިންމެވެ.
އޭނާގެ ނަން ދައުލަތުން ހުށަހަޅަނީ އާލިފްގެ ކާރުން ފެނުނު ކަމަށް ބުނާ ޑީއެންއޭއާ ރިލްވާނާ ގުޅުވާލުމަށްޓަކަ އެވެ. އެ ޑީއެންއޭއާ ރިލްވާނާ ގުޅުވުމަށްޓަކައި ރިލްވާންގެ އާއިލާގެ ދެން ތިބި ހުރިހާ މެމްބަރުން ހެކިން ގޮތުގައި ދައުލަތުން ކުރިން ހުށަހެޅުމުން އެ މީހުންގެ ހެކިބަސް ނަގައި ވަނީ ނިންމާލައިފަ އެވެ. ރިލްވާންގެ ބޭބެ ހެކިބަސް ނެގުމަށް ދައުލަތުން އެދުނީ އޭގެ ފަހުންނެވެ.
ރިލްވާންގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަނީ
ރިލްވާންގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ
ރިލްވާންގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ޑީއެންއޭއާ ގުޅޭގޮތުން ރިލްވާންގެ ބޭބެގެ ހެކިބަސް ނަގާނެ
"އިސްތަށީގެ ޑީއެންއޭ ދިމާވަނީ ރިލްވާންގެ މަންމައާ"
ރިލްވާންގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
"ރިލްވާންގެ ފްލެޓް ކައިރިން ހަޅޭކުގެ އަޑު އިވުނު"
"އާލިފްގެ ކާރު ހުޅުމާލެއަށް ގެންދިޔަކަމެއް ނޭނގޭ"
ރިލްވާން މައްސަލާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް
ރިލްވާން ގެއްލުނު މައްސަލައިގެ އަޑުއެހުން ކެންސަލް