Roadha Mihaaru
ރިލްވާންގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް

ރިލްވާން ގެއްލުނު މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

09 މެއި 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި ދައުލަތުން ދައުވާކުރާ ދެ މީހުންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި ދައުލަތުން ދައުވާކުރާ ދެ މީހުންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ މައްސަލާގައި މިއަދު ހެނދުނު ބާއްވަން ހަމަޖެއްސި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލާގައި މިހާރު ކުރިއަށް ގެންދަނީ ހެކިންގެ ހެކިބަސް ނެގުމެވެ. އެ މައްސަލާގައި ދައުލަތުން 29 ހެއްކަކު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން މީހުންގެ ހެކިބަސް ކޯޓުން މިހާރު ވަނީ ނަގައިފަ އެވެ. ހެކިން ހާޒިރު ނުކުރެވިގެން މީގެކުރިން ބައެއް އަޑުއެހުންތައް ކެންސަލް ކޮށްފައިވެ އެވެ.

އާލިފާއި ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އަންގާފައި ވިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.