Roadha Mihaaru
އިސްލާހުކުރަން މިއީ ރަނގަޅު ވަގުތެއް: ފާއިޒް

އޮނިގަނޑަށް ނުފެތޭ ކަންކަން ރަނގަޅުކުރަން މިއީ ރަނގަޅު ވަގުތެއް: ކުރީގެ އުއްތަމަފަނޑިޔާރު

09 އެޕްރީލް 2018

ޝަރުއީ ދާއިރާގެ ތެރޭގައި އޮނިގަނޑަށް ނުފެތި، ކުރަމުން އަންނަ ކަންކަން އިސްލާހު ކުރަން މިއީ ރަނގަޅު ވަގުތެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޝަރުއީ ދާއިރާގެ ތެރޭގައި އޮނިގަނޑަށް ނުފެތި، ކުރަމުން އަންނަ ކަންކަން އިސްލާހު ކުރަން މިއީ ރަނގަޅު ވަގުތެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ފާއިޒު މިހެން ވިދާޅުވީ ވަކީލުންނާ ބެހޭ ބިލް ސަރުކާރުން ޑްރާފްޓްކޮށްފައި ވަނީ ވަކީލުން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލެއް އުފައްދާ ގޮތަށް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވި ޚަބަރާ އެކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ފާއިޒް ލިޔުއްވާފައިވާ ގޮތުގައި އަނިލް އެޓާނީ ޖެނެރަލްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބައްދަލުވި ފުރަތަމަ ދުވަހު ވެސް ގާނޫނުގެ ދަށުން ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް "ބާ" އެއް އުފެއްދެވުމަށް ވާނީ ހުށަހަޅުއްވައިފަ އެވެ. އޭރު ފާއިޒް ހުންނެވީ އުއްތަމަފަނޑިޔާރުގެ މަގާމުގަ އެވެ.

އެގޮތަށް ދެންނެވީ އޭނާ މަގާމުގައި ނެތް ދުވަހަކުން ވަކީލުންގެ އާންމު އިދާރީ ކަންކަން ޖުޑީޝަރީގެ ދަށަށް ގެންދާނެކަން އެނގިވަޑައިގަންނަވާތީ ކަމަށް ފާއިޒް ވިދާޅުވެފައިވެ އެވެ. އަދި ވަކިބޭފުޅެއްގެ ނަން ވިދާޅުނުވެ ފާއިޒް ވިދާޅުވީ ވަކީލުންގެ ކަންކަން އެގޮތަށް ރެގިއުލޭޓް ކުރުމުގެ ވިސްނުން އޭރުވެސް ބައެއް ބޭފުޅުން ގެންގުޅުއްވި ކަމަށެވެ.

Vakeelun ge bill ge draft othy Bar Council eh ufahdhaa gothah: Anil

Vakeelun ge bill ge draft othy Bar Council eh ufahdhaa gothah: Anil

The most trusted news source in the Maldives

Mihaaru

ބާ ކައުންސިލެއް އުފައްދަވާނެ ކަމަށް އަނިލް ވިދާޅުވުން--

"ކޯޓް ހިންގުން ވަކި ބޭފުޅަކާ ހަވާލުކުރުމަށް ފަހު ރަސްމީ ދަތުރެއް ނިންމާފަ އައިއިރު އޭޖީ އޮފީހުގެ ކުރީގެ ބައެއް އިސްވެރިންނާ ބައްދަލުކޮށް ވަކީލުން ރެގިއުލޭޓް ކުރުން ސްޕްރީމްކޯޓުގެ ދަށަށް ގެނައުމަށް މަޝްވަރާ ކުރުމާއި، އެ ފަހުން ވެސް މަސައްކަތް ކުރަމުން ދިޔަ،" ފާއިޒް ލިޔުއްވާފައިވެ އެވެ. ފާއިޒް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލުންގެ ދަފްތަރު ބެލެހެއްޓުން ފިޔަވާ ވަކީލުންގެ އިދާރީ ކަންކަމާ ބެހޭ މަސައްކަތް އެ ކޯޓުން ކުރާގޮތަށް ކުރިން ހަމަޖެހިފައެއް ނޯންނާނެ އެވެ. ކޯޓުތަކާ ބެހޭ ގާނޫނުން ބައެއް މާއްދާތައް އުނިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ސުޕްރީމް ކޯޓުގެ ދަށަށް ގެންދިޔަ މައްސަލައަށް އިޝާރާތް ކުރައްވަމުން ވިދާޅުވެފައި ވަނީ ޑީޖޭއޭ އިން ޖަސްޓިސް މިނިސްޓްރީގެ ދައުރު އަދާކުރާގޮތަށް ވެސް ހަމަޖެހިފައި ނޯންނާނެ ކަމަށެވެ.

އެވާހަކަތަކަށް ފަހު ފާއިޒް ކުރެއްވީ ސުވާލެކެވެ؛ މިއީ މިފަދަ ކަންކަން އިސްލާހުކޮށްލަން ރަނގަޅު ވަގުތެއް ނޫންތޯ އެވެ؟

ރާއްޖޭގައި ވަކީލުން ރެގިއުލޭޓް ކުރަމުން އައީ އެކި ދުވަސްވަރު އެކި އިދާރާތަކުންނެވެ. ކުރިން ޖަސްޓިސް މިނިސްޓްރީން ވަކީލުން ރެގިއުލޭޓް ކުރަމުން އައުމަށް ފަހު އޭގެ ފަހުން ވަކީލުން ރެގިއުލޭޓް ކުރީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ. މިހާރު ވަކީލުން ރެގިއުލޭޓް ކުރަނީ ސުޕްރީމް ކޯޓުންނެވެ.

އެހެންވެ ބައެއް ވަކީލުން ބާ އެސޯސިއޭޝަނެއް ނުވަތަ ވަކީލުންގެ ޖަމިއްޔާއެއް އުފެއްދުމަށް ހުށަހަޅުއްވައި އެކަން ކާމިޔާބު ވޭތޯ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. ނަމަވެސް ބާ އެސޯސިއޭޝަނެއް ރަޖިސްޓްރީކުރުމުގެ ހުއްދަ އަދި މިހާތަނަށް ދީފައެއް ނުވެ އެވެ.