Roadha Mihaaru
އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ފެނުނު

އަލީ ހަމީދާ ގުޅުން ހުރި ގެ އަކުން 38 މިލިއަން ރުފިޔާ ފެނުނު: ފުލުހުން

15 އެޕްރީލް 2018

"ބަޣާވާތް" ކޮށްގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުހުން ހުރި ގެ އަކުން 38 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

"ބަޣާވާތް" ކޮށްގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުހުން ހުރި ގެ އަކުން 38 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން، ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއެއް މިދިޔަ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ބަލައި ފާސްކުރުމުން 38 މިލިއަން ރުފިޔާ އަށް ވާ ޕައުންޑާއި ޑޮލަރާއި ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ.

އެ ގޭ ބަލައި ފާސްކުރިއިރު، ފުލުހުންނަށް ފެނުނު، އަލީ ހަމީދާ ގުޅުން ހުރި ކަމަށް ބުނާ ކަޅު ދަބަހަކާއި ފައިސާތަކުގެ ފޮޓޯ ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 215،000 ޔޫއެސް ޑޮލަރާއި 150،000ރ. އެވެ.

Fandiyaaru Ali Hameed ge dhabahakun 3.4 million rf fenifaivey: Police

Fandiyaaru Ali Hameed ge dhabahakun 3.4 million rf fenifaivey: Police

The most trusted news source in the Maldives

Mihaaru

އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނުނު ކަމަށް ބުނުން==

އަލީ ހަމީދުގެ ގެއަކުންނާއި ދަބަހަކުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭނާއާ އެއް ތުހުމަތެއްގައި ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލުމަށް ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާއެއް، ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެ ދެބޭފުޅުންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޝިފާން މިއަދު ވިދާޅުވީ މައުމޫން އިސްވެ ހުންނަވައިގެން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި މައްސަލައެއްގެ ތަހުގީގު މި އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ފުލުހުން ފަށާފައިވާ ކަމަށެވެ. އެގޮތުން ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް ރިޝްވަތު ދީފައިވާކަން ޔަގީން ކުރެވޭ ކަމަށް ޝިފާން ވިދާޅުވި އެވެ.

އެކަމުގައި އިސްކޮށް ހުންނެވީ މައުމޫނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ކަމަށް ޝިފާން ވިދާޅުވި އެވެ.