Roadha Mihaaru
ނަސްރުﷲ އަށް ކުރާ ދައުވާތަކުގެ އަޑުއެހުން ސިއްރުކޮށްފި

ނަސްރުﷲ އަށް ކުރާ ދައުވާތަކުގެ އަޑުއެހުން ސިއްރުކޮށްފި

17 އެޕްރީލް 2018

އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާއާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ބޭއްވި އަޑުއެހުން ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާއާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ބޭއްވި އަޑުއެހުން ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ ނަސްރުﷲ އާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބާއްވާ ޝަރީއަތަށް ނޫސްވެރިންނަށް ނުވަދެވެނީ އޭނާއާ ދެކޮޅަށް ބަދު އަހުލާގީ މައްސަލައެއްގެ ދައުވާ އުފުލާފައިވާތީ ކަމަށެވެ. ބަދު އަހުލާގީ މައްސަލަތަކުގެ ޝަރީއަތްތަކަށް މީގެކުރިން ވެސް ކޯޓަކަށް ނުވަދެވެ އެވެ.

ނަސްރުﷲ އާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި އަނބިދަރިންނަށް އަޅާނުލުމުގެ ދައުވާ ހިމެނެ އެވެ. އެކަމަކު، ނަސްރުﷲ ވަނީ މީގެކުރިން މި ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

މިދިޔަ އަހަރު ހަތަރު މީހަކު ހައްޖަށް ގެންދިޔަ މައްސަލާގައި އެނގި ހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ނަސްރުﷲ ގެ މައްޗަށް ކުރެ އެވެ. އެކަމަކު، އެ ދައުވާތަކަށް ވެސް ވަނީ އިންކާރުކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ 23 ގައި ނަސްރުﷲ "މިހާރު" އަށް ބުނީ ހުއްދަ ނުނަގައި އެއްވެސް ބަޔަކު ހައްޖަށް ފޮނުވައި ހާލުގައި ޖައްސާފައި ނުވާނެ ކަމަށެވެ. ހަތަރު މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބުނާ ބުނުމުގަ އާއި، އެ ހަތަރު މީހުން މައްކާގައި ހާލުގައި ޖެހުނު ކަމަށާއި ސައްހަ ނޫން ލިޔުމެއް އުފެއްދި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ބުންޏެވެ.