Roadha Mihaaru
ކެމިކަލް ހަމަލާ ތަހުގީގު ކުރަން ރަޝިޔާ އިން ދެކޮޅު

ކެމިކަލް ހަމަލާ ތަހުގީގު ކުރަން ރަޝިޔާ އިން ދެކޮޅު ހަދައިފި

18 އެޕްރީލް 2018

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 18) - ސީރިއާގެ ދޫމާގައި ދިން ކެމިކަލް ހަމަލާ ތަހުގީގު ކުރަން ސަލާމަތީ މަޖިލީހަށް ފްރާންސް އިން ހުށަހެޅުމުން ރަޝިޔާ އިން ދެކަމާ ދެކޮޅު ހަދައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 18) - ސީރިއާގެ ދޫމާގައި ދިން ކެމިކަލް ހަމަލާ ތަހުގީގު ކުރަން ސަލާމަތީ މަޖިލީހަށް ފްރާންސް އިން ހުށަހެޅުމުން ރަޝިޔާ އިން ދެކަމާ ދެކޮޅު ހަދައިފި އެވެ.

މިއީ ދޫމާގައި މި މަހު 7 ވަނަ ދުވަހު ކެމިކަލް ހަމަލާ ދިން ފަހު އެ މައްސަލާގައި ސަލާމަތީ މަޖިލީހުން ބޭއްވި ހަ ވަނަ ބައްދަލުވުމެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ކެމިކަލް ހަމަލާގައި ވަނީ 85 މީހުން މަރުވެފަ އެވެ.

ކެމިކަލް ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ، ފްރާންސް އަދި އިނގިރޭސި ވިލާތުން ވަނީ ސީރިއާ އަށް ވައިގެ ހަމަލާދީފަ އެވެ.

ރަޝިޔާގެ ސަފީރު ވިދާޅުވީ ސީރިއާގައި ކެމިކަލް ހަމަލާ ދިނުމުގައި ޒިންމާވާ ފަރާތެއް ހޯދަން ތަހުގީގެއް ހިންގުމުގެ ބޭނުމެއް ނެތް ކަމަށާއި އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން މިހާރު ވެސް އެ ވަނީ ޒިންމާ ފަރާތް ކަނޑައަޅާ އެ ފަރާތަށް ހަމަލާދީފައި ކަމަށެވެ.

ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި އެއްވެސް ޖަމާއަތަކާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ނުކުރާ ކަމަށް ރަޝިޔާ އާއި ސީރިއާ އިން ބުނެ އެވެ.

ސީރިއާގައި ކެމިކަލް ހަމަލާ ދިން ކަމަށް ބުނާ ސަރަހައްދަށް ބައިނަލްއަގުވާމީ ތަޖްރިބާކާރުން ވަނުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.